Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާ - ދިވެހިރާއްޖެ

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ދެކުނު އޭޝިއާ ސަރަހައްދާއި ބެހޭ އިސްވެރިޔާ އާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ހައްޤުތަކާއި އަދި ހެޔޮވެރިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 13 ޑިސެމްބަރު 2018 | ބުރާސްފަތި 12:26
މިނިސްޓަރ ޝާހިދު (ކ) ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ރޭންޒް (ވ) އާއިއެކު

މިނިސްޓަރ ޝާހިދު (ކ) ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ރޭންޒް (ވ) އާއިއެކު

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ދެކުނު އަދި މެދުތެރޭ އޭޝިއާ އާއި ބެހޭ އެންމެ އިސްވެރިޔާ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޑޭވިޑް ޖޭ. ރޭންޒް އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު ޚާރިޖީ ވުޒާރާގައެވެ. ޚާރިޖީ ވުޒާރާ އިން މައުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ހައްޤުތަކާއި އަދި ހެޔޮވެރިކަމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ޝާހިދުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ވެސް ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ރޭންޒް ބައްދަލުކުރައްވާނެއެވެ. އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ހޯމަ ދުވަހުއެވެ. ރޭންޒް، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީކަމާއި ހަވާލުވެވަޑައިގަތީ އޮކްޓޯބަރު މަހުއެވެ.

ރޭންޒް އާއިއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ފޮރިންގ މިނިސްޓްރީ

އެމެރިކާއިން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަހަރު ހިނގި ކަންކަން ވަރަށް ކައިރިން ބަލާފައެވެ. އެގޮތުން 1 ފެބްރުއަރީގެ ކޯޓު އަމުރާއި، އޭގެ ފަހުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއި އެކަމާއި ގުޅިގެން ހިނގި ކަންކަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރަމު ދިޔަގޮތާއި މެދު ހިތްހަމަނުޖެހިގެން އެމެރިކާއިން އިންޒާރުތައް ދީ، ބަޔާންތައް ނެރެފައިވެއެވެ.

ރޭންޒްގެ އިތުރުން އެހެން ބައެއް ފަރާތްތަކާއިއެކުވެސް މިނިސްޓަރ ޝާހިދު ވަނީ އަންގާރަ ދުވަހު ބައްދަލުކުރައްވާފައެވެ. އެގޮތުން ޔޫ.އެން.އެފް.ޕީ.އޭގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ރިޓްސޫ ނަކެންއާއި ބައްދަލުކުރައްވައި، އެޖަމްއިއްޔާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު، ރިޓްސޫ ނަކެންއާއިއެކު. ފޮޓޯ: ފޮރިންގ މިނިސްޓްރީ

އަދި މީގެ އިތުރން މޯލްޑިވްސް - އިންޑިއާ ކޮންސިއުލަރ ޓޯކްސްގެ ދެވަނަ ބުރުގައި އިންޑިއާ ސަފީރާއި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާކުރެއްވިއެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ

05 މެއި 2017
ދެކުނު އޭޝިއާ ސެޓެލައިޓަކީ ސާކްގެ ރައްޔިތުންގެ ބޭނުންތަކަށް ދޭ އަހައްމިއްޔަތުގެ މިސާލެއް: މޯދީ
29 އެޕްރީލު 2017

އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި

29 އެޕްރީލު 2017
އެމްޑީޕީން މާފަންނު ދެކުނު ދައިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވައިފި
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
27 އެޕްރީލު 2017

ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި

27 އެޕްރީލު 2017
ޔާމީން ރަޝީދުގެ އާއިލާއިން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށްފި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު