Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ

13 ޑިސެމްބަރު 2018 | ބުރާސްފަތި 16:19

މައްސަލައިގެ ތަހުގީގަށް 5681 ޑޮކިއުމެންޓު ކޮމިޝަނުން ދިރާސާ ކުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 ޑިސެމްބަރު 2018 | ބުރާސްފަތި 16:19
އޭ.ސީ.ސީ ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު

އޭ.ސީ.ސީ ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މައްސަލައަކީ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަކަމަށާއި، އެފައިސާ 155 މީހެއްގެ އެކައުންޓަށް ވަންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއައްވިޒް ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް މައްސަލައަކީ އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަކަމަށާއި، އެ މައްސަލަ ތަހުގީގު ކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެފައި ވާކަމަށެވެ. ޓުއަރިޒަމް މިނިސްޓްރީ, އެމް.އެމް.ޕީ.އާރު.ސީ އަދި އަމިއްލަ ފަރާތްތަކެއްގެ މައްޗަށް މި މައްސަލަ ތުހުމަތު ކުރެވިފައިވާ ކަން ފާހަގަކުރައްވައި މުއައްވިޒް ވިދާޅުވީ ފަޅު ރަށްތަކާއި ފަޅުތަކާއި ގުޅޭ 57 ތަނެއް 49 އެގްރީމެންޓުގެ ދަށުން ކުއްޔަށް ދެވުނުކަމަށާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިކަންތައް ކުރިޔަށް ގެންދިޔަކަމަށެވެ. މީގެއިތުރުން މުއައްވިޒު ވިދާޅުވީ މިކަންތައް ކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ގަވާއިދާއި އެމް.އެމް.ޕީ.އާރު.ސީގެ މެންޑޭޓުން ބޭރުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށާއި އަދި އެފައިސާ އަމިއްލަ 155 ފަރާތެއްގެ އެކައުންޓަށް ޖަމާވިކަން ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށެވެ. މީގެ އިތުރުން ނަގުދު ފައިސާ އިން ވެސް ކުންފުނީގެ އެކައުންޓުން ނަގަފައިވާކަމަށް މުއައްވިޒް ވިދާޅުވިއެވެ. ގިނަ ރަށްތަކަކީ އެގްރީމެންޓެއް ހަދައި އެކުއިޒިޝަން ފީއެއް ދެއްކުމަށްފަހު އެއްބަސްވުން ހެދިފައިވާ ރަށްތަކެއް ކަމަށާއި 3 ރަށަކާއި 2 ފަޅެއް އެއްވެސް ފީ އަކައި ނުލައި އެގްރީމެންޓު ހަދާފައިވާ ކަމަށް ވެސް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގެ ކޮމިޝަނުން، ތަހުގީގަށް 5681 ޑޮކިއުމެންޓު ދިރާސާ ކޮށްފައިވެއެވެ. މީގެއިތުރުން 163 ފަރާތެއްގެ އެކައުންޓު ބަލައި 28،448 އެކައުންޓުގެ ސްޓޭޓްމެންޓު ދިރާސާކޮށް މުހިންމު ހެކިތައް 73 އިދާރާއަކުން ހޯދައި ދައުލަތުގެ 6 އިދާރާއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް މަސަތްކަތް ކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ. 27 އޮކްޓޯބަރ 2015 ގައި މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު 57 ތަނެއްގެ ތަހުގީގު ފުރިހަމަ ކޮށް ޕްރެސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވަނީ 10 އޮގަސްޓް 2017 ގައެވެ. މި މައްސަލަ ދިރާސާ ކުރުމަށް 118 ފަރާތެއްގެ 564 ބަޔާން ނެގުމުގައި ކޮމިޝަނުގެ އިންވެސްޓިގޭޓަރުން 700 ގަޑިއިރު ހޭދަކުރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް