Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2018

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި

ޕެޝަންފަންޑުން ދައްކާނީ 50 ޕަސެންޓް ފައިސާ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2018 | އަންގާރަ 07:05
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕޫގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ހައްޖަށް ދިއުމަށް ދައްކާ ފައިސާގެ 50 ޕަސެންޓް ދައްކާނީ ޕެންޝަން ފަންޑުން ކަމަށެވެ.

ޕެންޝަން ގާނޫނަށް ގެނެވޭ ދެ މުހިންމު ބަދަލުގެ ތެރެއިން މުހިންމު އެއް ބަދަލަކީ މޯލްޑިވްސް ރިޓަރޔަމަންޓް ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ ކޮންމެ މީހަކަށް އޭނާގެ ސްކީމްގެ ސޭވިންގ އެކައުންޓުން ފަރްޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަން ހުށަހެޅުނު ބަދަލެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕެންޝަންގެ ފާއިސާއިން އެކި ކަންކަން ކުރަން ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުން އަބަދުވެސް ބޭނުންވެފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުކަންވެސް އަދާކުރައްވަމުން އަންނަ އަސްލަމް ވިދާޅުވީ ޕެންޝަން ސްކީމްގެ ބައިވެރިވެންނަށް ހަމަޖެހިގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ ސްކީމްގެ ބައިވެރިންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފާއިސާ ދެއްކުމުގެ ފުރުސަތު ހަމަޖެހިގެން ދިއުން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"ހައްޖުގެ އަޅުކަން އަދާކުރަން ކޮންމެ މީހަކު ބޭނުންވޭ. އެ މީހަކު ކުރާ ބުރަ މަސައްކަތުން އާމްދަނީ އެއްކޮށްގެން ސޭވްކޮށްގެން ދާން ބޭނުންވަނީ. މި ފަދަ ސްކީމެއްގެ ދަށުން މިކަން ކޮއްދޭކަމުގައިވަނީ ނަމަ ހަގީގަތަކީ ކޮންމެ މީހަކަށްމެ މި ފުރުސަތު ހުޅުވާލެވިގެން މި ދަނީ" އަސްލަމް ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.

ދެ ވަނަ ބަދަލެއްގެ ގޮތުގައި ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ ބަދަލަކީ އަސާސީ ޕެންޝަންގެ ގޮތުގައި އިސްރަށްވެހިންނަށް ދޭން މިހާތަނަށް ގާނޫނުގައި ލިޔެފައިވާ 2000 ރުފިޔާ 5000 ރުފިޔާއަށް ބަދަލުކޮށް ގާނޫނުގައި ލިޔެ ބަޔާންކުރުމަށް ގެނެވުނު ބަދަލެވެ.

އަސްލަމް ވިދާޅުވީ މިހާރު އިސްރަށްވެހިންނަށް ދެމުން އަންނަ 5000 ރުފިޔާ ދެމުން އައީ ގާނޫނުން ބޭރުން ކަމަށާއި، ގާނޫނުގެ ބޭރުން ކަން ކުރަމުން އަންނަ އުސޫލަކީ މި ސަރުކާރުން ދަންނަ އުސޫލެއް ނޫން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވަމުން އަންނަ އަސްލަމް ވިދާޅުވީ މީގެ ފަހުން ގާނޫނެއްގެ ތެރެއިން އިސްރަށްވެހިންނަށް 5000 ރުފިޔާ ލިބެމުންދާނެ ކަމަށާއި، މީގެ ކުރިން 5000 ރުފިޔާ ދެމުން އައީ ރިޔާސީ ވައުދެއްގެ ތެރެއިން ގާނޫނުގައި ނުލިޔެ ކަމަށެވެ.

"އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް ފެނިވަޑައިގަންނަވާނަމަ ދެއްވަންވީ، ފެނިވަޑައިނުގަންނަވާނަމަ ނު ދެއްވަންވީ. އަދި ވަރަށް ބޮޑަށް ދެކެވެމުން އަންނަ ވާހަކައެއް އެ 5000 ރުފިޔާއެއް ދެން އާންމުކޮށް ލިބެމުން ނުދާނެޔޭ މި ވެރިކަމުގައި. އެއީ ރިޔާސީ ކެމްޕޭން ތެރެއިން އިވުނު އަޑުތަށް. ނަމަވެސް ކަންމިވީ އެހެނެއް ނޫން. ކަންމިވީ އޯގާތެރިވެރިއެއްގެ އޯގާތެރި ސަރުކާރެއް އައުމުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ވަނީ ގާނޫނަށް ބަދަލު ގެންނަވާފައި" އަސްލަމް ވިދާޅުވިއެވެ.

މިހާރު ގާނޫނަށް ގެނެވުނު ބަދަލަކީ އަސާސީ ޕެންޝަންގެ އަދަދު 5000 ރުފިޔާގެ ގާނޫނުގެ ލިޔެ ގާނޫނެއްގެ ތެރެއަށް އެ އަދަދު ފެއްތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިސްރަށްވެހިންނަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެމުން އައި 2000 ރުފިޔާ 5000 ރުފިޔާއަށް ބަދަލުކޮށް ދެއްވަން ފެއްޓެވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު