Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އިޝާ އަންބާނީގެ ސަންގީތްގައި ބިޔޯންސޭ އާއި ބޮލީވުޑް ތަރިން ޕާރފޯމްކޮށްފި

މި ހަފްލާއަށް ބިޔޯންސޭ ގޮސްފައިވަނީ އިންޑިއާ ވަންތަ ރަތްކުލައިގެ ހެދުމެއްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 ޑިސެމްބަރު 2018 | ބުދަ 15:51
އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސް

އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސް

އިންޑިއާގެ މަހުޖަނެއް ކަމަށްވާ މުކޭޝް އަންބާނީގެ އަންހެން ދަރިފުޅު އިޝާ އަންބާނީގެ ކައިވެނީގެ ސަންގީތް ހަފްލާގައި އެމެރިކާގެ ޕޮޕް ލަވަކިއުންތެރިޔާ ބިޔޯންސޭ އާއި ބޮލީވުޑްގެ ގިނަ ތަރިން ޕާރފޯމް ކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އުދައިޕޫރުގައި ކުރިއަށް ދިޔަ މި ހަފްލާއަށް ބިޔޯންސޭ ގޮސްފައި ވަނީ އިންޑިއާ ވަންތަ ރަތްކުލައިގެ ހެދުމެއްގައެވެ.

ބިޔޯންސޭ ވަނީ އޭނާގެ އިންސްޓަގްރާމުގައި އަބޫޖާނީ ސަންދީޕް ހޯސްލާ ފަރުމާ ކޮށްފައިވާ މި ހެދުމުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ.

ބައެއް ފޮޓޯތަކުގައި ރަތްކުލައިގެ ހެދުމާއި އެކު ބޭނުން ކޮށްފައިވާ ރަން ކުލައިގެ ގަހަނާތައް ފެނިގެން ދެއެވެ.

ފޮޓޯތަކުގެ އިތުރުން ބިޔޯންސޭ ވަނީ އޭނާގެ އިންސްޓަގްރާމުގައި ސަންގީތް ހަފްލާގައި ޕާރފޯމް ކުރަނިކޮށް ނަގާފައިވާ ކުރު ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ބިޔޯންސޭ ފެނިގެން ދަނީ ރަން ކުލައިގެ ހެދުމެއްގައެވެ. ބިޔޯންސޭގެ އިތުރުން ވެސް ގިނަ ސެލެބްރިޓީން ވަނީ މި ހަފްލާގައި ބައިވެރި ވެފައެވެ. މީގެ އިތުރުން މި ހަފްލާއަށް ދިޔަ ޕަބްލިކް ފިގާއިންގެ ތެރޭގައި ހިލަރީ ކްލިންޓަން ހިމެނެއެވެ.

ދާދި ފަހުން ކައިވެނި ކުރި ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފްލާއަށް ވަނީ އަމްބާނީގެ އާއިލާ ގޮސްފައެވެ. އަދި އިޝާ ވަނީ އެ ވެޑިންގައި ބްރައިޑްސްމެއިޑް އަކަށް ވެފައެވެ.

މީގެ އިތުރުން ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ވެޑިން ރިސެޕްޝަނަށް ވެސް އަމްބާނީގެ އާއިލާ ވަނީ ގޮސްފައެވެ.

އުދައިފޫރުގައި މިދިޔަ ހަފްތާ ބަންދާއި ދިމާކޮށް ދެ ދުވަހަށް ކުރިއަށް ދިޔަ މި ސަންގީތް ހަފްލާގައި ޝާހުރުކް ޚާން، ސަލްމާން ޚާން، އާމިރު ޚާން، އައިޝަވަރިޔާ ރާއީ ބައްޗަންގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޕާރފޯމް ކޮށްފައެވެ.

އިޝާގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މުމްބާއީގައި ހުންނަ އަމްބާނީ ރެޒިޑެންސްގަ އެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް

02 މާރިޗު 2017
ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު