Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިޔޯންސޭ ނޯލްސް

އިޝާ އަންބާނީގެ ކައިވެނީގައި ބައިވެރިވުމަށް ބިޔޯންސޭ އިންޑިއާގައި

އާދިއްތަ ދުވަހު މެންދުރު އުދައިޕޫރު އެއަރޕޯޓުން ބިޔޯންސޭ ވަނީ ފެނިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ޑިސެމްބަރު 2018 | ހޯމަ 14:28
ބިޔޯންސޭ ނޯލްސް

ބިޔޯންސޭ ނޯލްސް

އިންޑިއާގެ މަހުޖަނެއް ކަމަށްވާ މުކޭޝް އަންބާނީގެ އަންހެން ދަރިފުޅު އިޝާ އަންބާނީގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ބިޔޯންސޭ ނޯލްސް އިންޑިއާ އަށް ގޮސްފިއެވެ.

އާދިއްތަ ދުވަހު މެންދުރު އުދައިޕޫރު އެއަރޕޯޓުން ޕަޕަރާޒީންނަށް ވަނީ ބިޔޯންސޭ ފެނިފައެވެ.

ޕިންކް ވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބިޔޯންސޭގެ ޓީމްގައި ހިމެނޭ 60 ނެށުންތެރިން ވަނީ ބިޔޯންސޭގެ ކުރިން އުދެއިޕޫރަށް ގޮސްފައެވެ.

އަދި އީޝަގެ ކައިވެނީގެ ކުރިން، އާދިއްތަ ދުވަހުގެ ރޭ އޮންނަ ހަފްލާއެއްގައި ބިޔޯންސޭ ޕާރފޯމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެނާ އެނބުރި އެމެރިކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝާ އަންބާނީގެ ކައިވެނީގެ ސަންގީތު ހަފްލާ ވަނީ ހޮނިހިރު ދުވަހުގެ ރޭ ބާއްވަފައެވެ. އެ ހަފްލާގައި ބޮލީވުޑްގެ ބޮޑެތި ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މި ހަފްލާގައި ބައިވެރިވި މަޝްހޫރު ފަންނާނުންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްޅާ، ނިކް ޖޯނަސް، އާމިރު ޚާން، އައިޝްވަރިޔާ ރާއީ ބައްޗަން، ވިދްޔާ ބާލަން، ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް، އަދި ވިޔަފާރިވެރިޔާ އެލް އެން ނިއްތަލް ހިމެނެއެވެ. މި ފަރާތްތަކާ އިއެކު ގާތްގަނޑަކަށް 1200 ގެސްޓުން ވަނީ އެޕާޓީ އަށް ގޮސްފައެވެ.

މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ގިނަ މެހެމާނުން މި ހަފްލާ އަށް ގޮސްފައި ވަނީ ޗާޓަރޑް 48 ފްލައިޓްގައި ކަމަށް މިހަފްލާ ރާވައި ހިންގުމަށް އުޅުނު މީހަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

މުކޭޝް އަދި ނީތާ އަންބާނީގެ އަންހެންދަރިފުޅު އިޝާ އާއި އަޖޭ އަދި ސްވާތީ ޕިރަމަލްގެ ފިރިހެން ދަރިފުޅު އާނަންދު ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މުމްބާއީގައެވެ.

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

ނުވަ އަހަރަށް ފަހު ބިޔޯންސޭ ބިލްބޯޑް ޗާޓުގެ އެއްވަނަ އަށް

14 ޑިސެމްބަރު 2017
ނުވަ އަހަރަށް ފަހު ބިޔޯންސޭ ބިލްބޯޑް ޗާޓުގެ އެއްވަނަ އަށް
27 ނޮވެމްބަރު 2017

ގެރެތު ބޭލްގެ ކައިވެނީގައި ލަވަކިޔުމަށް ބިޔޯންސޭއަށް

27 ނޮވެމްބަރު 2017
ގެރެތު ބޭލްގެ ކައިވެނީގައި ލަވަކިޔުމަށް ބިޔޯންސޭއަށް
27 ސެޕްޓެމްބަރު 2017

ބިޔޯންސޭ އަނެއްކާ ވެސް ގެއެއް ގަނެފި

27 ސެޕްޓެމްބަރު 2017
ބިޔޯންސޭ އަނެއްކާ ވެސް ގެއެއް ގަނެފި
29 އޯގަސްޓު 2017

"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ

29 އޯގަސްޓު 2017
"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު