Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބިޔޯންސޭ-ބޭލް ގެރެތު

ގެރެތު ބޭލްގެ ކައިވެނީގައި ލަވަކިޔުމަށް ބިޔޯންސޭއަށް

ބެލްގެ ކައިވެނީގެ ހަފްލާގައި ލަވަކިޔައިދިނުމަށް ބިޔޯންސޭ ހުށައެޅީ 1.5 މިލިއަން ޕައުންޑް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ނޮވެމްބަރު 2017 | ހޯމަ 07:23
ބޭލް އަދި ބިޔޯންސޭ

ބޭލް އަދި ބިޔޯންސޭ

ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ކުޅުންތެރިޔާ ގެރެތު ބޭލްގެ ކައިވެނި ޕާޓީގައި ލަވަ ކިޔުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ބެލްގެ ކައިވެނީގެ ހަފްލާގައި ލަވަކިޔައިދިނުމަށް ބިޔޯންސޭ ހުށައެޅީ 1.5 މިލިއަން ޕައުންޑްއަށެވެ. މިއަގަށް ބޭލް އާއި އޭނާގެ ލޯބިވެރިޔާ އެއްބަސް ވެފައިވާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

ބޭލް ކައިވެނި ކުރަނީ އޭނާގެ ލޯބިވެރިޔާ އެމާ ޖޯންސްއާއެވެ.

ބޭލް ބޭނުންވަނީ އޭނާގެ ކައިވެނި ހަފްލާ ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ކަމަށާއި ބިޔޯންސޭއަކީ އެމާއާއި ބޭލްގެ އެންމެ ފޭވަރިޓް ލަވަކިޔުންތެރިޔާއަށް ވުމުން އޭނާ ބޭނުންވާ އަގަކަށް ޕާޓީގައި ލަވަކިޔުމަށް ހަމަޖެއްސީކަމަށް ސްޕެއިންގެ ޚަބަރުތަކުގައި ވަނީ ބުނެފައެވެ.

ބޭލް އާއި އޭނާގެ ލޯބިވެރިޔާ އެމީ

ބޭލްއާއި އެމީ ދިރިއުޅެނީ ސްޕެއިންގެ މެޑްރިޑްގައެވެ. އެދެމީހުންނަށް ވަނީ ކައިވެނި ނުކޮށް ދެ އަންހެން ކުދިން ލިބިފައެވެ.

ބެލް އާއި އެމީގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ތައްޔާރުވަމުން ދަނީ އިޓަލީގެ ވޭލްސްގެވެ. އެދެމީހުން ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

ރެއާލްގައި ބޭލް މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު އޭނާ ވަނީ އެ ޓީމާއެކު 10 ތަށި ކާމިޔާބު ކޮށްފައެވެ. އަދި ރެއާލްއަށް ކުޅުނު 103 މެޗުގައި އޭނާވަނީ 55 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2018

އިޝާ އަންބާނީގެ ކައިވެނީގައި ބައިވެރިވުމަށް ބިޔޯންސޭ އިންޑިއާގައި

10 ޑިސެމްބަރު 2018
އިޝާ އަންބާނީގެ ކައިވެނީގައި ބައިވެރިވުމަށް ބިޔޯންސޭ އިންޑިއާގައި
18 ޖޫން 2017

ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

18 ޖޫން 2017
ބިޔޯންސޭއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު