Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޔާމީން

ކޮމިޝަންތަކަށް ބާރު ދީފިނަމަ ސުޕްރީމް ކޯޓަށް ދާނަން: ޔާމީން

ދެ ކޮމިޝަނަށް ބާރުތައް ލިބޭ ބިލް، ޤާނޫނު އަސާސީއާއި ހިލާފުކަމަށް ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2018 | ހޮނިހިރު 16:21
އަބްދުﷲ ޔާމީން: ދެ ކޮމިޝަނަށް ބާރުތައް ލިބޭ ބިލް، ޤާނޫނު އަސާސީއާއި ހިލާފުކަމަށް ވިދާޅުވޭ

އަބްދުﷲ ޔާމީން: ދެ ކޮމިޝަނަށް ބާރުތައް ލިބޭ ބިލް، ޤާނޫނު އަސާސީއާއި ހިލާފުކަމަށް ވިދާޅުވޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދީފިނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ މެމްބަރުންނާ ހަވާލުކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާއަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކޮމިޝަންތަކަށް ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ޤާނޫނު އަސާސީ އާއި ހިލާފު ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، އެ ބިލް ފާސްކޮށްފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ވެސް އެ ޤާނޫނަށް ތާއީދުކޮށްފި ނަމަ، ޤާނޫނަށް ތަބާވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނަށް އެއަށްފަހު އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެއްވެސް ތަހުޤީޤީ އިދާރާ އަކަށް ވަޑައިގެން ހަނު ނުހުންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ ޚިލާފު ކަންތައްތަކެއް ހިމަނައިގެން މަޖިލީހުން ބިލެއް ފާސް ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ މަޖިލީހަށް މެންޑޭޓް ވެސް އޮތް ކަމެއް ނޫން. މަޖިލީހަށް ވެސް އެކަމެއް ނުކުރެވޭނެ ގާނޫނު އަސާސީ އިސްލާހު ނުކޮށެއް. އެހެން ނަމަވެސް އެކަން އެގޮތަށް އޮއްވާ ވެސް މަޖިލީހުން އެކަން ކުރައްވައިފި ކަމަށް ވަންޏާ، ދެން އަޅުގަނޑުމެންނަށް ހިނގަން އޮންނާނެ މަގަކީ ދުސްތޫރީ ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް،" ރާއްޖެ.އެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ބިލުގައި ނެތް ބައެއް ކަންކަން ބިލްގައި ހުރިކަމަށް ވިދާޅުވެ، ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން މީހުން ހައްޔަރު ކުރުމާއި ތަންތަން ފާސް ކުރުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު އެ ދެ ކޮމިޝަނަށް ލިބޭ ގޮތަށް ބިލްގައި އެބައޮތް ކަމަށާއި އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް ކަންކަން ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ހުށަހެޅި އެ ބިލްގައި ބުނެފައިވާ ގޮތުން ކޮމިޝަންތަކުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކުރަން ޖެހިއްޖެނަމަ އެކަން ކުރަން ޖެހޭނީ ކޯޓު އަމުރެއް ހޯދަައިގެން، ފުލުހުންގެ މުއައްސަސާ މެދުވެރިކޮށެވެ.

ސަރުކާރުގެ ފަރާތުން "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު"ގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ ދަށުން ގާނޫނީ ބާރު ލިބެނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އަށެވެ.

އެ ދެ ތަނުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ވެސް ބިލުގައި ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާފައިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.

ބިލު ފަރުމާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު