Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯ

ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިނުވާނެ: އަމްރު

6 ޑިސެމްބަރު 2018 | ބުރާސްފަތި 05:06

ކާޑުގެ ސްޓޮކްތައް ސަލާމަތް ކުރެވުނު

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޑިސެމްބަރު 2018 | ބުރާސްފަތި 05:06
އެސްޓީއޯގެ ކާޑު ގުދަނަށް ފެން ވަދެފައި

އެސްޓީއޯގެ ކާޑު ގުދަނަށް ފެން ވަދެފައި

މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯގެ ކާޑު ގުދަންތަކަށް ފެންވަދެފައިވީ ނަމަވެސް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި، ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިނުވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއާ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މާލެއަށް ބުދަ ދުވަހު ކުރި ވިއްސާރާގައި ފެންވަދެ ގިނަ ގެއްލުންތައް ލިބުނު ކަމުގައި ވިޔަސް އެސްޓީއޯގެ މުވައްޒަފުންގެ ހުށިޔާރުކަމާއި ހީވާގިކަމުން ކާޑުގެ ސްޓޮކްތައް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމްރު ވިދާޅުވީ ގުދަންހުރި މަގުގެ ކަކުލާ ހަމައަށް ފެން ބޮޑުވި ކަމަށާއި، ނަމަވެސް ބެލި ބަސްތާ ޖަހައިގެން ގުދަނަށް ފެންވަނުން ކޮންޓްރޯލް ކުރެވުނު ކަމަށެވެ.

މީގެ އިތުރަށް އަމްރު ވިދާޅުވީ މާލޭގެ އެއްވެސް ތާކަށް އަދި ރަށަކަށް ވެސް ކާޑުގެ ބާވަތްތައް ބޭރު ނުކުރެވޭ ކަމަށާއި، ނަމަވެސް ކާޑުގެ ބާވަތްތައް ނުލިބިގެން ރައްޔިތުން އުޅެން ނުޖެހޭނެ ކަމަށެވެ.

"މިކަހަލަ ކަންތައްތައް ތަކަށް ވަރަށް ބޮޑަށް ރައްކާތެރިވެގެން މުއައްޒަފުން ތިބީ. ދެން ރަށްރަށުގައި ގުދަންތަކުގައި ވެސް ހުންނާނެ ކާޑުގެ ބާވަތްތައް. މިކަހަލަކަމުން ދެތިން ދުވަހު ޑިލޭވިއަސް އެއްވެސް ކަހަލަ ބުރުލެއް ނާރާ ރައްޔިތުންނާއި ހަމައަށް ކާޑު ބާވަތްތައް ފޯރުކޮށްދެވޭނެ އިރާދަކުރެއްވިއްޔާ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ މުއައްޒަފުން އަބަދު ވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. މީގެ އިތުރަށް އަމްރު ވިދާޅުވީ އެސްޓީއޯގެ ކާޑުގެ ގިނަ ގުދަންތައް ހުންނަނީ މާލޭގެ އެންމެ ފެން ބޮޑުވާ ސަރަހައްދުގައި ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެސްޓީއޯގެ ގިނަ އަދަދެއްގެ ކާޑު ގުދަންތައް ހުންނަނީ މާފަންނު ސަރަހައްދުގައެވެ. ބުދަ ދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީވެސް މާފަންނުގެ ސަރަހައްދު ތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2018

ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟

11 މާރިޗު 2018
ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟
03 ޖެނުއަރީ 2018

ބަޖެޓްގައި ސަބްސިޑީ ހިމެނިޔަސް، ކާޑުގެ ބާވަތްތަކުގެ އަގެއް ހެޔޮނުކުރި!

03 ޖެނުއަރީ 2018
ބަޖެޓްގައި ސަބްސިޑީ ހިމެނިޔަސް، ކާޑުގެ ބާވަތްތަކުގެ އަގެއް ހެޔޮނުކުރި!
26 ޑިސެމްބަރު 2017

ދިވެހިން ބޭނުންވާ ގައުމު ދިވެހިންނަށް ލިބުމުގައި މާ ގިނަ ދުވަހެއް ނެތް: ޤާސިމް

26 ޑިސެމްބަރު 2017
ދިވެހިން ބޭނުންވާ ގައުމު ދިވެހިންނަށް ލިބުމުގައި މާ ގިނަ ދުވަހެއް ނެތް: ޤާސިމް
19 ޑިސެމްބަރު 2017

އިންޑިއާގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ

19 ޑިސެމްބަރު 2017
އިންޑިއާގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ
06 ޑިސެމްބަރު 2017

ޗައިނާއާއި އެކު ހަދާފައިވާ އެފްޓީއޭ އިން ރައްޔިތުންނަށް ވަޒީފާ ލިބުމުގައި އިތުރު ދަތިތަކެއް!

06 ޑިސެމްބަރު 2017
ޗައިނާއާއި އެކު ހަދާފައިވާ އެފްޓީއޭ އިން ރައްޔިތުންނަށް ވަޒީފާ ލިބުމުގައި އިތުރު ދަތިތަކެއް!
26 އޮކްޓޯބަރު 2017

މިއީ ވަރަށް ފަސޭހައިން ހެއްލޭ ސަރުކާރެއް: އަމްރު

26 އޮކްޓޯބަރު 2017
މިއީ ވަރަށް ފަސޭހައިން ހެއްލޭ ސަރުކާރެއް: އަމްރު
07 ޖޫން 2017

ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

07 ޖޫން 2017
ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
26 ފެބުރުއަރީ 2017

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް