Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައްޔިބުގެ މެސެޖް

ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟

11 މާރިޗު 2018 | އާދީއްތަ 11:04

ސިމްކާޑް އެކްސެސް ދިނީ ކޯޓުން އެންގުމުން ކަމަށް ދިރާގުން ބުނޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 11 މާރިޗު 2018 | އާދީއްތަ 11:04
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމްގެ ދިރާގުގެ ސިމް ކާޑްގެ އެކްސެސް ފުލުހުންނަށް ދިނުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުގެ ބަދަލުގައި ވަގުތުން ތަންފީޒުކުރީ ކީއްވެތޯ ސާފު ކުރުމަށް ތައްޔިބުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ދިރާގުގައި އެދިއްޖެ އެވެ.

ތައްޔިބު ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގައި ތައްޔިބު އެދުމުން އެ ކުންފުނިން ބުނެފައިވަނީ ކޯޓުން ކޮށްފައިވާ އަމުރަކާ އެއްގޮތަށް ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދީފައިވާ ކަމަށެވެ. މި މަހުގެ 8 ވަނަ ދުވަހު ދިރާގުން ތައްޔިބަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ ތައްޔިބުގެ ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދިނީ ކްރިމިނަލް ކޯޓުން އެ ކުންފުނީގެ މައްޗަށް އެގޮތަށް އަމަލު ކުރަން އަމުރު ކުރުމުން ކަމަށެވެ.

Advertisement - newsAdvertisement

އެ ސިޓީއާ ހަވާލާދީ ތައްޔިބުގެ ގާނޫނީ ވަކީލް މަހްފޫޒު ސައީދު މި މަހުގެ ނުވަ ވަނަ ދުވަހު ދިރާގަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޓެލްކޮމިއުނިކޭޝަންގެ ގާނޫނުގެ 50 ވަނަ މާއްދާގެ(ހ)ގެ 5 ވަނަ ނަމްބަރާއި 6 ވަނަ ނަމްބަރުގެ ދަށުން މީހެއްގެ ސިމް ކާޑުގެ އެކްސެސް އެގޮތަށް އެހެން ފަރާތަކަށް ދޫނުކުރެވޭނެ ކަމަށެވެ.

ހަމަ އެހެންމެ އެ ކުންފުންޏަށް ކޯޓުން އަމުރު ކުރެވޭނީ އަދި ކޯޓު އަމުރެއްގެ ދަށުން ދިނުން ލާޒިމް ވާނީ ވެސް ތައްޔިބުގެ މުއާމަލާތްތަކާއި ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތައް އެކަނި ކަމަށްވެސް ތައްޔިބުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ތައްޔިބުގެ ނަމުގައި ދޫކޮށްފައިވާ ސިމް ކާޑު ހިދުމަތް ބޭނުން ކޮށްގެން ފުލުހުން މިހާރު ކުރަމުން ގެންދާ މުއާމާލަތްތަކުގެ ހިދުމަތުގެ ފީއަށް ތައްޔިބު ޒިންމާވާން ޖެހޭނެކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް ވެސް ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދިރާގުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ތައްތިބާ ގުޅުން ހުރި އަމުރަކަށްވާތީ އެ އަމުރުގެ ކޮޕީއެއް ފޮނުވާދޭން ވެސް ވަކީލު އެދިވަޑައިގެންފައިވެ އެވެ.

ތައްޔިބުގެ ސިމް ކާޑުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވެސް ބަޔާނެއް ވަނީ ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މުއާސަލާތީ ހިދުމަތްތަކާއި ފަރުދުންގެ މުއާސަލާތުތައް ޓެލިކޮމިއުނިކޭޝަން ގާނޫނާއި ޓެލިކޮމިއުނިކޭޝަން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ރައްކާތެރި ކުރެވިފައިވާ ކަމަށެވެ. މިގޮތުން މުއާސަލާތުގެ ރައްކާތެރިކަމާ ގުޅުންހުރި އެއްވެސް ކަމެއް މުއާސަލާތީ ހިދުމަތްދޭ ހުރިހާ ޓެލިކޮމިއުނިކޭޝަން ކުންފުނިތަކުންވެސް ކުރާނީ ރާއްޖޭގެ އެންމެހާ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ޔަގީންކަން އަރުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
01 މާރިޗު 2017

މިނިސްޓަރ އާސިމް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

01 މާރިޗު 2017
މިނިސްޓަރ އާސިމް ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް