Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެ - އިންޑިއާ

އިންޑިއާގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ

ޑިޕެންޑެންޓް ވިސާ އާކުރުމަށް އިންޑިއާގެ ފޮރިން ރަޖިސްޓްރޭޝަން އޮފީހަށް ދަތިތައް ކުރިމަތިކުރުވާ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 17:32
އިންޑިއާ: އެ ޤައުުމުގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައިި

އިންޑިއާ: އެ ޤައުުމުގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައިި

އިންޑިއާގައި ތިބި ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ ކަމުގެ ރިޕޯޓްތައް ލިބެން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެފައި ވަނީ އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ ޑިޕެންޑެންޓް ވިސާ އާކުރުމަށް އިންޑިއާގެ ފޮރިން ރަޖިސްޓްރޭޝަން އޮފީހަށް ދިޔުމުން އާކޮށްދޭން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ވިސާ ހޯދުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި މިހާރު ކުރިންހާ ފަސޭހަ ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

Advertisement - newsAdvertisement

ވިސާ ދިނުމަށް ދެކޮޅު ހަދައި، އިންޑިއާގެ ފޮރިން ރަޖިސްޓްރޭޝަން އޮފީހުން އެކި ބަހާނަތައް ދައްކާ ކަމަށާއި، އެގޮތުން ދިވެހިންނަށް ވިސާ ދިނުން މަޑުޖައްސާލާފައިވާކަން ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއިގުޅޭ ގޮތުން އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ސަފީރު އަހުމަދު މުހައްމަދު "މިހާރު އޮންލައިން" އަށް ވިދާޅުވެފައި ވަނީ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތަކެއް އުޅޭކަމުގެ ޝަކުވާ އެމްބަސީ އަށް ލިބިފައިވާ ކަމަށެވެ. އަދި ވިސާ ދިނުމުގެ އުސޫލަށް އެއްވެސް ބަދަލެއް އައިސްފައިވާކަން އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމަބަސީގެ އޮފިޝަލަކު ވެސް ވިދާޅުވީ ވިސާ ދޭ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. ނަމަވެސް އެމްބަސީން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ދިވެހިނަނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ ސަރުކާރުން ޗައިނާއާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށް، ޗައިނާއަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ހާރިޖިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައި ވަނީ އިންޑިއާއިން ދިވެހިރާއްޖެ އިސްކުރާ ފަދައިން ދިވެހިރާއްޖެއިން އަބަދުވެސް އިންޑިއާ އިސް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ ކުރިން 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ބަދަލުވެ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އޭރުގެ ސަރުކާރުން ނިންމުމާ ގުޅިގެން އިންޑިއާ އިން ވިސާ ދޫކުރުމުގެ އުސޫލްތަކަށް ބަދަލެއް ގެނައެވެ. އޭގެ ސަބަބުން ދިވެހިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އިންޑިއާ އެމްބަސީ ކައިރީގައި ދިގު ކިޔުތައް ހެދެނެވެ. އަދި ހިލަވެއްޔާއި ބައެއް ކާބޯ ތަކެއްޗަށް އިންޑިއާ އިން ދޫކޮށްފައިވާ ކޯޓާ ހުއްޓާލުމުން ވެސް ރާއްޖެ އަށް އެފަހަރު ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ.

ދިވެހިންގެ ގިނަ ބަޔަކު މަތީ ތައުލީމު ހާސިލްކުރުމަށާއި ބޭސްފަރުވާގެ އެކި ކަންކަމުގައި އިންޑިއާގައި ދިރިއުޅޭ އިރު ތަފާތު ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ޒިޔާރަތް ވެސް ކުރެއެވެ. އަދި މި ދުވަސްވަރަކީ ރާއްޖޭގެ ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވުމުން ޗުއްޓީ ހޭދަކުރުމަށާއި ބޭސްފަރުވާގެ ކަންކަމުގައި ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އަށް ދަތުރުކުރެއެވެ. މީގެ އިތުރުން ހިލަވެއްޔާއި ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އިންޑިއާ އިން އެތެރެކުރެއެވެ. މި މަގުތައް އިންޑިއާ އިން ބަންދުކޮށްލައިފި ނަމަ، ދުރު ހިސާބުތަކުން މި ތަކެތި ގެންނަންޖެހި ތަކެތީގެ އަގު އިންތިހާ އަށް އުފުލުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު