Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުތު އޭޝިޔަން ޔޫތު ސަމިޓް

ސޭސްގެ އެންމެ މޮޅު ގައުމުގެ އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

3 ޑިސެމްބަރު 2018 | ހޯމަ 12:41

50 ގައުމަކުން ބައިވެރިވި މިސަމިޓުން އެއްވަނަ ލިބުމަކީ ބޮޑު ފަހުރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2018 | ހޯމަ 12:41
ސައުތު އޭޝިއަން ޔޫތް ސަމިޓްގައި ބައިވެރިވި މެންބަރުން...

ސައުތު އޭޝިއަން ޔޫތް ސަމިޓްގައި ބައިވެރިވި މެންބަރުން...

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ އެންމެ މޮޅު ގައުމުގެ އެވޯޑް ދެވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

ސްރީލަންކާގައި ކުރިއަށް ގެންދިޔަ މިސަމިޓުން ރާއްޖެއަށް އެއްވަނަ ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފަސްތަރީގެ ހޮޓާ، ގަލަދާރީގައި ސާކް ޔޫތް ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައެވެ. އަދި މިސަމިޓްގެ ބައިވެރިން ވަނީ ހޮނިހިރު ދުވަހުގެ ރޭ މާލެ އައިސްފައެވެ. މިބައިވެރިންނަށް ރާއްޖެއަށް އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާ އެއް ވަނީ ކިޔާފައެވެ.

Advertisement - newsAdvertisement

މިސަމިޓްގައި ބައިވެރިވި ރަފީ އެންޖީއޯގެ އެކްސޯ މެންބަރު ސަމާ އިބްރާހިމް ދީދީ ވިދާޅުވީ ސައުތު އޭޝިއަން ޔޫތް ސަމިޓްގައި ޒުވާނުންނަށް ދިމާވާ ދަތިތަކާއި ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން ފުޅާދާއިރާގައި މަޝްވަރާ ކުރެވުނު ކަމަށާއި، ކަރުދާސްތައް ހުށަހެޅި ކަމަށެވެ. ސަމާ ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ޒުވާނުންނަށް ދިމާވާ ދަތިތައް ބަލައި ދިރާސާ ކުރި ކަމަށާއި، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ގިނަ ފުރުސަތުތައް ހޯދޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް ކަރުދާސް ހުށަހެޅި ކަމަށެވެ.

އޭޝިއާ އިންސްޕިރޭޝަން އެވޯޑް ހާސިލް ކުރި ސަމާ އިބްރާހިމް ދީދީ

މިސަމިޓްގެ ރަންވަނަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވައި ސަމާ ވިދާޅުވީ 50 ގައުމަކުން ބައިވެރިވި މިސަމިޓުން އެއްވަނަ ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށާއި، ލިބޭ ފަހުރެއް ކަމަށެވެ.

"ރާއްޖޭން ތަމްސީލް ކުރުމަށް މިދިޔައީ 50 ޑެލިކޭޓުން. އަޅުގަނޑުމެނަށްވުރެ އިތުރު ޑެލިކޭޓުން އެހެން ގައުމުތަކުން ބައިވެރިވި. އިންޑިޔާއިން ވެސް ގާތްގަނޑަކަށް 100 ޑެލިކޭޓުން ބައިވެރިވި. އެހެންވީމަ އަޅުގަނޑުމެން ވަރަށް އުފާވެ އެހައި ބައިވަރު ގައުމުތަކާއެކު އެހައި ބައިވަރު ޑެލިކޭޓުންނާއި ވާދަކޮށް އަޅުގަނޑުމެންނަށް މިކާމިޔާބީ ލިބުނީމަ." ސަމާ ވިދާޅުވިއެވެ.

މިސަމިޓް ކާމިޔާބު ކުރުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި ސަމާ ވިދާޅުވީ ޕެނަލް ޑިސްކަޝަންތަކުގައި މިނިސްޓަރު ބައިވެވަޑައިގެންނެވި ކަމަށާއި، ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ޔޫތް މިނިސްޓްރީން ވެސް ރާއްޖޭގެ ޒުވާނުންގެ ހާލަތާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ބޮޑު ނެޓް ވޯކެއް ގާއިމް ކުރެވިގެންދިޔަ ކަމަށާއި، މިއީ ސަމިޓްގައި ބައިވެރިވި މެންބަރުންނަށް ލިބުނު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" ކޮންމެ އަހަރަކު ވެސް ސަމިޓްގެ ނިންމުމުގެ ރަސްމިއްޔާތުގައި އިއުލާން ކުރެވިގެންދާނެ އަންނަ ސަމިޓް ބާއްވާނެ ކަމާއި ބާއްވާނެ ގައުމާއި މިހުރިހާ ކަމެއް. މިދިޔަ އަހަރުގެ ސަމިޓް ނިމުމާއެކު އަޅުގަނޑުމެން މިސަމިޓްއަށް ތައްޔާރުވަމުން އައީ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިސަމިޓްގައި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ކުދިން ތަމްސީލް ކޮށްގެން އައިޓަމްތަކެއް ހުށަހަޅާދިނިން. އެގޮތުން ނެށުމާއި، ލަވަތަކެއް ޕާފޯމް ކުރެވިގެންދިޔަ."ސަމާ ވިދާޅުވިއެވެ.

ސަމާ ވިދާޅުވީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ޔޫތް ސަމިޓް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ ތަށި ކާމިޔާބު ކުރުމަކީ އެންމެ ބޮޑު އަޒުމް ކަމަށެވެ. އަދި މިތަށި ވިދިވިދިގެން ތިން އަހަރު ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓް އެންމެ މޮޅު ގައުމުގެ އެވޯޑްގެ އިތުރުން އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ) އިން ދޭ "އޭޝިއާ އިންސްޕިރޭޝަން އެވޯޑް" ހަތަރު ދިވެއްސަކަށް ލިބިފައިވެއެވެ. އައިވައިސީގެ އިންސްޕިރޭޝަން އެވޯޑަކީ މި އެވޯޑަށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރާއި، ހުށަހަޅާފައިވާ ދާއިރާއިން ކޮށްފައިވާ މަސައްކަތް ދިރާސާކުރުމަށް ފަހު ދޭ އެވޯޑެކެވެ.

މި އެވޯޑް ލިބުނު ހަތަރު ފަރާތަކީ ސަމާގެ އިތުރުން ޑރ. މިނާހް ފާއިޒް ރަޝާދު، ފާތިމަތު މަމްދޫހާ އަދި މިންހާ ފާއިޒް ރަޝާދުއެވެ.

ސަމާ އަށް އެވޯޑް ލިބިފައިވަނީ ތައުލީމީ ދާއިރާއިންނެވެ. ޑރ. މިނާހް އަށް އެވޯޑު ލިބިފައި ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިންނެވެ. މަމްދޫހާ އަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން އެވޯޑް ލިބިފައިވާއިރު، މިންހާ އަށް އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން އެވޯޑް ވަނީ ލިބިފައެވެ.

ސައުތު އޭޝިއަން ޔޫތް ސަމިޓަކީ ޒުވާނުންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ޒުވާނުންގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ސަރައްހަދީ އެންމެ ބޮޑު ޒުވާނުންގެ ސަމިޓެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް