Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑީޖޭއޭ

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޑރ. ނަޒީރު އައްޔަންކޮށްފި

އޭނާއަކީ ޔާމީން ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 ނޮވެމްބަރު 2018 | ބުދަ 11:27
ޑީޖޭއޭގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ނަޒީރު

ޑީޖޭއޭގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ނަޒީރު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތްކަމަށްވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ޑރ. ޢަބްދުﷲ ނަޒީރު އައްޔަންކޮށްފި އެވެ.

ނަޒީރަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. އޭނާ ވަނީ ރައީސް ވަހީދުގެ ސަރުކާރުގައި ކެބިނެޓް ސެކަރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޢައްޔަން ކުރާ މަގާމެކެވެ. ނަޒީރު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ނަޒީރު އެ މަގާމަށް އައްޔަން ކުރެއްވީ، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ކުރިން ހުންނެވި ހަސަން ސައީދު އެ މަގާމުން ވަކިކުރުމުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމުގެ ބާރު މަޖިލީހަށް ދޭންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ޑީޖޭއޭ ސުޕްރީމް ކޯޓުގެ އިހްތިސާސުގެ ދަށުން ވަކިކުރާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޝަރުޢީ ދާއިރާގެ އާންމު އިދާރީ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އިދާރާއެވެ. އެ އިދާރާ ޤާއިމުކުރެވިފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ އިދާރާއެއްގެ ގޮތުގައެވެ. މި އިދާރާ ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2018

މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ ޢަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސް: ނަޒީރު

15 އެޕްރީލު 2018
މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނަކީ ޢަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސް: ނަޒީރު
12 އެޕްރީލު 2018

އަނިޔާވެރިކަން ހިންގަނީ ސިސްޓަމެޓިކްކޮށް، މުޅި ނިޒާމު ބައްޓަން ކޮށްފައިވަނީ އަނިޔާވެރިކަމަށް: ނަޒީރު

12 އެޕްރީލު 2018
އަނިޔާވެރިކަން ހިންގަނީ ސިސްޓަމެޓިކްކޮށް، މުޅި ނިޒާމު ބައްޓަން ކޮށްފައިވަނީ އަނިޔާވެރިކަމަށް: ނަޒީރު
12 އެޕްރީލު 2018

ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު

12 އެޕްރީލު 2018
ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު
08 އެޕްރީލު 2018

ސިޔާސީ ބޭނުމަކަށް ސަރުކާރު ބޭފުޅުން ދަނީ ފަލަސްތީނުގެ ވާހަކަ ދައްކަމުން:ނަޒީރު

08 އެޕްރީލު 2018
ސިޔާސީ ބޭނުމަކަށް ސަރުކާރު ބޭފުޅުން ދަނީ ފަލަސްތީނުގެ ވާހަކަ ދައްކަމުން:ނަޒީރު
24 މާރިޗު 2018

އިންތި އާއި އަމީތު އަދި ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފި

24 މާރިޗު 2018
އިންތި އާއި އަމީތު އަދި ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފި
21 މާރިޗު 2018

ރާއްޖެ މިވަނީ ޕޮލިސް ސްޓޭޓަކަށް ވެފައި: އަލީ ނަޒީރު

21 މާރިޗު 2018
ރާއްޖެ މިވަނީ ޕޮލިސް ސްޓޭޓަކަށް ވެފައި: އަލީ ނަޒީރު
18 މާރިޗު 2018

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް އަދާލަތު ނަޒީރު ވެސް ފުލުހަށް

18 މާރިޗު 2018
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް އަދާލަތު ނަޒީރު ވެސް ފުލުހަށް
23 ޖެނުއަރީ 2018

ފަތުރުވެރިއަކަށް އެއްވެސް ހިދުމަތެއް މެދުކެނޑޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން: ކްރައުން ނަޒީރު

23 ޖެނުއަރީ 2018
ފަތުރުވެރިއަކަށް އެއްވެސް ހިދުމަތެއް މެދުކެނޑޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ކުރުމަކީ ރަނގަޅު ކަމެއް ނޫން: ކްރައުން ނަޒީރު
19 ޑިސެމްބަރު 2017

އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި

19 ޑިސެމްބަރު 2017
އާސަންދަ ކުންފުނީގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި
23 މެއި 2017

ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި

23 މެއި 2017
ޓްރޭޑް ޔޫނިއަނުން ދެ ނައިބު ރައީސުންނާއި، މަޖިލިސް ރެޕެއް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު