Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ތުޙުމަތު

އިންތި އާއި އަމީތު އަދި ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފި

އިންތި ވަނީ އަޑުގެ ސާމްޕަލާއި ފޮޓޯ ދޭނީ ކޯޓު އަމުރެއްގެ ދަށުންކަން އަންގާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 މާރިޗު 2018 | ހޮނިހިރު 10:32
ނަޒީރު، އަމީތު އަދި އިންތި

ނަޒީރު، އަމީތު އަދި އިންތި

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާންމުކޮށް މީޑިއާއަށް މަޢުލޫމާތުދެއްވާ، އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފިއެވެ.

ހޮނިހިރު ދުވަހު މި ތިން ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފޮރެންސިކް ބޭނުމަށް އެ ބޭފުޅުންގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށެވެ.

ފުލުހަށް ހާޒިރުވުމަށް ފަހު މީޑިއާ އަށް މަޢުލޫމާތު ހިއްސާކުރަމުން މެންބަރު އިންތިގެ ޤާނޫނީ ވަކީލު، އަޙުމަދު ޢަބްދުﷲ އަފީފު ވިދާޅުވީ، ފުލުހުން ބޭނުންވީ އިންތިގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށް ކަމަށާއި، އެތަކެތި ހޯދުމަށް ފުލުހުންގެ އަތުގައި މިވަގުތު ކޯޓު އަމުރެއް ނެތް ކަމަށެވެ. އަދި ސާމްޕަލް ދޭނީ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އިންތި އާއި ގުޅޭ ގޮތުން ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ އިންތި ވަނީ ފުލުހުން މިހާރު ކުރަމުންދާ ތަޙުޤީޤަކީ ސިޔާސީ ބޭނުމަކަށް ކުރާ ތަޙުޤީޤެއް ކަމަށް ވިދާޅުވެފައެވެ.

ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މެންބަރު އަމީތު ވިދާޅުވީ، ފުލުހުންގެ ތަޙުޤީޤަށް ބޭނުންވި އަޑުގެ ސާމްޕަލާއި، ފޮޓޯ، ފުލުހުން އެދުނު ގޮތަށް ފޯރުކޮށްދެއްވާފައި ވާނެ ކަމަށެވެ. އަޑުގެ ސާމްޕަލާއި ފޮޓޯ ފޯރުކޮށްދެއްވި ނަމަވެސް، އަމީތު ވަނީ އެފަދަ ސާމްޕަލެއް ފުލުހުން ނެގި ނެގުމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ދުނިޔޭގެ އެހެން ތަންތަނުގައި ތަޙުޤީޤަށް އަޑުގެ ސާމްޕަލް ނަގައި އުޅެނީ ބޮޑެތި ޓެރަރިސްޓުން ފިލައި ތިބެގެން ނެރޭ އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤު ކުރާއިރު ކަމަށް އަމީތު ވިދާޅުވިއެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވުމަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ އެ ބޭފުޅާ ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޑުގެ ސާމްޕަލާއި ފޮޓޯ ދީފައިވާ ކަމަށެވެ. ނަޒީރު ވެސް ވަނީ މިއީ ފުލުހުން ޖެއްސުންކުރުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް ތުޙުމަތު ކުރައްވާފައެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުޙުމަތެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު