Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަލީ ނަޒީރު

ސިޔާސީ ބޭނުމަކަށް ސަރުކާރު ބޭފުޅުން ދަނީ ފަލަސްތީނުގެ ވާހަކަ ދައްކަމުން:ނަޒީރު

ކޮރަޕްޓް ސަރުކާރެއްގެ ސަޕޯޓަރުން ގެ އެ އަމަލުތައް ކުށްވެރި ކުރަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 އެޕްރީލު 2018 | އާދީއްތަ 03:10
ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު

ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ސިޔާސީ މަންފާއެއް ހޯދުމަށް ސިޔާސީ ބޭނުމުގައި ފަލަސްތީނުގެ ވާހަކަ ދައްކަމުންދާ ކަމަށް ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ފަލަސްތީނުގައި ކުރި މުޒާހަރާގައި ފަލަސްތީނު ބައެއް ރައްޔިތުން ދިވެހި ދިދަ ގެންގުޅުނު ފޮޓޯ، ރައީސް ޔާމީންގެ ބައެއް ސަޕޯޓަރުންނާއި ކެމްޕެއިން ބައެއް ޕްލެޓް ފޯމްތަކުގައި ބޭނުން ކުރަމުން ދަނިކޮށް ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާއިރު 2018 ގެ ރިޔާސީ އިންތިހާބަށް ދިވެހި ރައްޔިތުންގެ ތާއީދު ހޯދުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަޕޯޓަރުން ފަލަސްތީނު ރައްޔިތުންގެ ހާލަތު ބޭނުން ކުރަމުން ގެންދާ ކަމުގައެވެ. އަދި ކޮރަޕްޓް ސަރުކާރެއްގެ ސަޕޯޓަރުން ގެ އެ އަމަލުތައް ކުށްވެރި ކުރައްވާކަމަށް ވެސް ނަޒީރު ވަނީ ވިދާޅުވެފައެވެ.

ނަޒީރު ވިދާޅުވީ މިސަރުކާރަކީ ދުލުން ބުނެލާ ބަހެއް ފިޔަވައި ފަލަސްތީނު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދިން ބައެއް ނޫން ކަމަށާއި ފަލަސްތީނުގެ ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް މީގެ ކުރިން ގާޒާ ފަންޑު ހިންގެވި އިސްލީޑަރު ޢަދާލަތު ޕާޓީގެ ރައީސް ޝަޢިޚް އިމްރާންވެސް ވަނީ ބޭއިންސާފު ޖަލަށް ލާފައި ކަމަށެވެ.

ނަޒީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެވީހުމަށް ހިންގި ޣާޒާ ފަންޑު ހަރަކާތަކީ ޝައިޚް އިމްރާން އިސްވެ ހުންނަވައި ދިވެހި ރައްޔިތުން ހިންގި ހަރަކާތެއް ކަމުގައެވެ. އަދި ޣާޒާ ފަންޑު ހަރަކާތައް ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހައްޤުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ލީޑަރު ޝައިޚް އިމްރާން ނުހައްގުން ޖަލަށް ލާފައިވާއިރު ޝައިޚް އިމްރާން ޖަލަށް ލާފައިވަނީ ޤާނޫނީ ހަމަތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި ޝައިޚް އިމްރާން ދޫކޮށްލުމަށް އދ އާއި އީޔޫއާއި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ބައިނަލް އަޤްވާމީ އެތައް ޖަމާއަތަކުން ވެސް ގޮވާލާފައިވާކަން ނަޒީރު ފާހަގަ ކުރެއްވިއެވެ.

ނަޒީރު ވިދާޅުވީ "ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް" ކިޔާ ގުރޫޕަކުން، ފަލަސްތީނު ރައްޔިތުން ދިވެހި ދިދަ ބޭނުން ކުރި ކުރުން "އެބިއުސް" ކުރަމުން ދިއުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށާއި އެފަދަ އަމަލުތައް ހިންގާތީ ހިތާމަ ކުރައްވާކަމަށެވެ.

"ފްރެންޑްސް އޮފް ޕަލަސްޓައިން އިން މޯލްޑިވްސް" އިން ބުނެފައިވަނީ ޣާޒާގައި ފަލަސްތީނު ރައްޔިތުން ދިދަ ވިހުރުވައިލީ އެންމެ ފަހުން ކުރި " ޣައްޒާ ހަނގުރާމައިގައި" ރާއްޖޭގެ އެކި ކަންކޮޅުތަކުން ޣައްޒާ މީހުންނަށް ކުރި ތާއީދަށް ޝުކުރު އަދާކުރުމަށް ކަމުގައެވެ.

ޣާޒާގައި އެންމެ ފަހުން ކުރެވުނު ހަނގުރާމައާއި ގުޅިގެން ދިވެހިންވަނީ ފަލަސްތީނު ރައްޔިތުންނަށް ބޮޑު އެހީއެއް ފޯރުކޮށްދީފައެވެ. އެ އެހީ އެއްކުރުމަށް ހުޅުވި ޣާޒާ ފަންޑް ހުޅުވާފައިވަނީ ޢަދާލަތު ޕާޓީއާއި އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިސްވެ ހުންނަވައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު