Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޒީރު ފުލުހަށް ހާޒިރު ކުރުން

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް އަދާލަތު ނަޒީރު ވެސް ފުލުހަށް

ޗިޓް ލިބުނީ ހޮނިހިރު ދުވަހުގެރޭ 8 ޖެހިއިރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 މާރިޗު 2018 | އާދީއްތަ 02:43
ނަޒީޜު ޕްރެސް ކޮންފަރެންސްގައި

ނަޒީޜު ޕްރެސް ކޮންފަރެންސްގައި

ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ފުލުސް އޮފީހަށް ހާޒިރު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ 9 ޖެހިއިރު ނަޒީރު ފުލުހަށް ހާޒިރުކޮށްފައި ވަނީ ކުއްލި ގޮތަކަށް ޗިޓް ހަވާލުކޮށްގެންނެވެ.

ނަޒީރު ހަޒިރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ރާއްޖޭގެ ހުރިހާ ރަށްތަކަކުން މަގުތަކަށް މީހުން ނުކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޒީރު ވިދާޅުވީ ޗިޓް ލިބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހިއިރު ކަމަށާއި އެހެންކަމުން ވަޑައިގެންނެވީ ޤާނޫނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި ވަކީލަކާއެކު އާދީއްތަ ދުވަހު ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

ނަޒީރު ވިދާޅުވީ ތަހުގީގު އަދި ކުރިއަށް ނުދާ ކަމަށާއި ހަމައެކަނި އެނގިފައިވާ މިންވަރަކީ ޤާނޫނާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހާޒިރު ކުރެވުނުކަން ކަމަށެވެ.

"ތަހުގީގު އަދި ނުއެއް ފެށޭ. ހަމައެކަނި އެނގިފައި އޮތް މިންވަރަކީ ބާރުގެ ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު މިކުރެވެނީ،" ނަޒީރު ވިދާޅުވިއެވެ.

ނަޒީރަކީ ފަހަކަށް އައިސް ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ޢަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު