Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފް

އެކްސަސައިޒް ޖައްރާފާ 2018ގައި އަލަށް ތައާރަފްކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރާނެ: އެމްއެންޑީއެފް

28 ނޮވެމްބަރު 2018 | ބުދަ 08:17

އެކްސަސައިޒް ޖައްރާފާ 2018 އެމްއެންޑީއެފްގެ ޔުނިޓްތަކުން ބައިވެރިވާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 28 ނޮވެމްބަރު 2018 | ބުދަ 08:17
ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގައި އަލަށް ތައާރަފް ކުރާ ސައިކަލް

ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގައި އަލަށް ތައާރަފް ކުރާ ސައިކަލް

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަޔަރ އެކްސަސައިޒް ޖައްރާފާ 2018ގައި އަލަށް ތަޢާރަފު ކުރާ އަލިފާން ނިއްވާ ސައިކަލް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސަސައިޒް ޖައްރާފާ 2018 މިއެކްސަސައިޒްގެ މަޤްޞަދަކީ އަލިފާން ނިއްވާ މީހުންނަށް ދެވިފައިވާ ޢިލްމާ، ހުނަރު އަދި ލިބިފައިވާ ވަޞީލަތްތައް ޢަމަލީ މައިދާނުގައި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމާއި ދިމާވާ މައްސަލަތައް ހުނަރުވެރި ކަމާއެކު ހައްލުކުރާނެ ގޮތްތައް ފަރިތަކުރުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Advertisement - newsAdvertisement

މި އެކްސަސައިޒްގެ މައުލޫމާތު ދިނުމަށް އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަޔަރ އެންޑް ރެސްކިއު ސާރވިސަސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ހަނި އުނދަގޫ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ މަސައްކަތްކުރާނެ ގޮތްތައް މި އެކްސަސައިޒުން ދަސްވެގެން ދާނެކަމަށާއި ކެމިކަލް އިންސިޑެންޓު ތަކުގައި މަސައްކަތްކުރާނެ ގޮތްތައްވެސް ފަރިތަ ކުރެވޭނެކަމަށެވެ.

އަދި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، އިމާރާތްތަކުގައި ރޭގަނޑު ހިނގާ އަލިފާނުގެ ހާދިސާތަކާއި، އަދި ރެސްކިއު ހާދިސާތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޒުހުރީ ވިދާޅުވިއެވެ

" ހަގީގަތުގައި އަޅުގަނޑުމެން ކޮންމެ ހާދިސާއެއް ހިގައިގެންވެސް އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް މި އެކްސަސައިޒްގައި ޚާއްސަ ސަމާލްކަމެއް ދީފައި މިއޮތީ އިނގޭތޯ. އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއްޔާ ނުވަތަ ގުދުރަތީ ބޮޑު ކާރިސާއެއްގައި ފަޔަރ އެންޑް ރެސްކިއުގައި ހަރަކާތްތެރިވާ ސިފައިން ނޫނަސް އެމްއެންޑީއެފްގެ ވަރަށް ގިނަ ޔުނިޓްތަކުގެ ސިފައިން އަޅުގަނޑު މެންނާއެކު ބައިވެރިވާނެ" ޒުހުރީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަޔަރ އެކްސަސައިޒް ޖައްރާފާ 2018 ގެ ޕްލޭނިން ކޮމެޓީގެ މެންބަރު ވޮރެންޓް އޮފިސަރ ގްރޭޑް ދޭއް އާޒިމް ރަޝީދު ވިދާޅުވީ މި އެކްސަސައިޒަކީ ސިފައިންގެ ޤާނޫނާއި ޤަވާޢިދު ތަކުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް މަތިކޮށްފައިވާ ޒިންމާއާއި މަސްޢޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތްތައް ފަރިތަ ކުރުމަށް ބޭއްވޭ އެކްސަސައިޒެއް ކަމަށެވެ.

އެކްސަސައިޒް ޖައްރާފާ 2018 ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓްގެ އެހީތެރިކަމާއިއެކުގައެވެ.

މިމަހުގެ 29 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓްތަކާއި ގުޅިގެން މަސައްކަތް ކުރާނެގޮތްތައްވެސް ފަރިތަ ކުރާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި

29 އޯގަސްޓު 2017
ދެކުނު ފަރާތުގައި އަލަށް ހެދި ނެރު ކައިރީ އޮތް ތޮށިގަނޑަށް އަނެއްކާވެސް ލޯންޗެއް އަރައިފި
04 އޯގަސްޓު 2017

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި

04 އޯގަސްޓު 2017
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް  އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި
01 ޖުލައި 2017

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި
30 ޖޫން 2017

އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ

30 ޖޫން 2017
އަލަށް ކެނޑި ނެރަށް އަނެއްކާ ދޯންޏެއް އުރިއްޖެ
02 ޖޫން 2017

އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ

02 ޖޫން 2017
އަލަށް އިންތިހާބްވި ކައުންސިލަރުން ހުވާކުރުން މާދަމާ ރޭ
28 މެއި 2017

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ

28 މެއި 2017
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ
25 މެއި 2017

އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ

25 މެއި 2017
އަލަށް ގެނައި ޖަނަރޭޓަރުގެ ބޭނުން އަންނަ ހަފްތާގައި ފެށޭނެ: ސްޓެލްކޯ
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް