Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީވާ އަބްދުﷲ

ޔާމީނުގެ ސަރުކާރުގެ ކެބިނެޓުގެ އެއްވެސް ވަޒީރަކު މާލީ ބަޔާން ހުށަނާޅުއްވާ

ޔާމީނުގެ މާލީ ބަޔާން ހުށަހެޅުއްވީ ވެރިކަމުގެ ފަހު ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ނޮވެމްބަރު 2018 | ބުދަ 18:08
ރައީސް ޔާމީން ސަރުކާރުގެ ކެބިނެޓުގެ ބައެއް ވަޒީރުން

ރައީސް ޔާމީން ސަރުކާރުގެ ކެބިނެޓުގެ ބައެއް ވަޒީރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މާލީ ބަޔާން ހުށަހެޅުއްވީ ވެރިކަމުގެ ފަހު ދުވަހު ކަމަށާއި އެމަނިކުފާނުގެ ކެބިނެޓުގެ އެއްވެސް ވަޒީރަކު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ އަބްދުﷲ އެގޮތަށް ވިދާޅުވީ އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތާ ހަވާލާ ދެއްވައެވެ.

"އޮޑިޓަރ ޖެނެރަލް އާއި ވާހަކަ ދެކެވުނު އިރު އޮޑިޓަރ ޖެނެރަލް ވިދާޅުވި ރައީސް ޔާމީނުގެ މާލީ ރިޕޯރޓް، މާލީ ބަޔާން ހުށައެޅުއްވީ އެންމެ ފަހު ދުވަހު އެކަންޏޭ. އަދި ވިދާޅުވި 5 އަހަރު ޤާނޫނުގައިވާ ގޮތަށް، ޤާނޫނު އަސާސީގައިވާ ގޮތަށް ރައީސް ޔާމީނުގެ ކެބިނެޓުގެ އެއްވެސް ބެފުޅަކު މާލީ ބަޔާން ހުށަ ނަޅުއްވައޭ. 5 އަހަރު ވޭތުވެގެން ދިޔަ އިރު ޤާނޫނާއި ޚިލާފާށް ރައީސް ޔާމީނުގެ ކެބިނެޓް އެ ތިއްބެވި މާލީ ބަޔާން ހުށަ ނާޅުއްވާ" އީވާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އީވާ އަބްދުﷲ

އައު މާލީ ވަޒީރާއި، އޮޑިޓަރ ޖެނެރަލް އަދި އެމްއެމްއޭގެ ގަވަރނަރާ ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވަމުން އިވާ ވިދާޅުވީ، ބަޖެޓް ދިރާސާ ކުރާ މަރުހަލާގައި ވަރަށް ގިނަ ކަންތައްތައް ފާހަގަ ކުރެވުނު ކަމަށާއި، ފާއިތުވި ސަރުކާރުގައި މާލީ ކަންކަން ގެންދަވާފައި ވަނީ ވަރަށް ފޮރުވިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައު ސަރުކާރަށް ރާއްޖޭގެ މާލީ ހާލަތާއި ދަރަނިތަކުގެ ތަފްސީލް އަދިވެސް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އަބަދު ވެސް ރައްޔިތުންނަށް ފެންނާނެ ހެން ފުރިހަމަ އަށް ބަޔާން ކުރަމުން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މާލީ ވަޒީރު ވެސް ވިދާޅުވެފައިވާ ކަން ފާހަގަކުރައްވަމުން އީވާ ވިދާޅުވީ، އޭނާގެ އުއްމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މާލީ ބަޔާން ޤަވާއިދުން ހުށައަޅުއްވާނެ ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާ އިރު އެކަން ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ހެން އޮންނަން ޖެހޭނެ ކަމަށް އީވާ އިތުރަށް ވިދާޅުވިއެވެ.

ވަޒިރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު އެ މެމްބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށައެޅުމަށް ޤާނޫނު އަސާސީގެ 138 ވަނަ މާއްދާ އިން ވަނީ ލާޒިމުކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުއަސަސީގެ 120 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު