Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފަލާހު ހުށަހެޅި އިސްލާހު ނެގުމުން، ވެރިކަމަށް ކުރިމަތިލާ އުމުރު ކަނޑައަޅަން އަނެއްކާވެސް ހުށަހަޅައިފި

27 ނޮވެމްބަރު 2018 | އަންގާރަ 08:16

އެ ބިލު އަލުން ހުށަހެޅީ ޕީޕީއެމުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 27 ނޮވެމްބަރު 2018 | އަންގާރަ 08:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންދިއުމުން، އަނެއްކާވެސް ޕީޕީއެމުން އެ އިސްލާހު މަޖިލީހަށް ހުށަހަޅައިފިއެވެ.

ވެރިކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް އަނެއްކާވެސް މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އުމުރުން 35 އަހަރުވުމުން ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު ކަނޑައަޅާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ގާނޫނުއަސާސީއަށް މިހާރު ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ޕީޕީއެމުންނެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބު ނައިބު ރައީސްގެ މަގާމަށް ގެނައުމަށް، ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިސްލާހުގެ ގޮތުގައި، އެ ބިލު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު 78 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ވެރިކަމަށް ކުރިމަތިލާ އުމުރު ކަނޑައަޅަން އާރިފު އަންގާރަ ދުވަހު ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވުމަށްފަހު، ބަހުސްގެ މަރުހަލާ ވެސް ކުރިއަށް ގެންދިޔައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އާރިފު ވިދާޅުވީ ހާލަތު ބަދަލުވަމުން އައިސް، 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތްއޮތުން ބާތިލު ކުރުމަށް އޭނާއަށް ފެންނަ ކަމަށެވެ.

ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ އިންތިހާބީ މަގާމުތަކަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އެހެން ގައުމުތަކުގައި ކަނޑަައަޅާފައި ނުވާ ކަމަށާއި ނަމަވެސް ކުރިމަތިލެވޭ އެންމެ ހަގު އުމުރު ކަނޑައަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ އުމުރަކީ 25 އަހަރު ކަމުގައި ކަނޑައެޅުމަށް ފެންނަ ކަމަށެވެ.

"އިންތިހާބުތަކުގައި ކުރިމަތިލެވޭ އެންމެ ދަށް އުމުރެއް ކަނޑައެޅުމުގެ ގޮތުން. އެއްވެސް ހާލަތެއްގައި އެންމެ މަތީ އުމުރެއް ކަނޑައަޅައި، ސީލިންގއެއް އޮތުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރާ ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑު ދަންނަވާލާނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ އުމުރަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައި ހެދުމަށް،" ޖުމްހޫރީ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި މުހައްމަދު ހުސައިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް