Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް

އެދުވަހު މުޅި މަޖީދީމަގު ފުރާލި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2018 | އާދީއްތަ 18:46
އަހްމަދު އާދަމް

އަހްމަދު އާދަމް

އެއީ މީގެ 49 އަހަރު ކުރިއެވެ. ދިވެހި ދެވަނަ ޖުމްހޫރިއްޔާއަށް 1 އަހަރު ފުރުމުގެ އުފާ ފާޅުކުރުމުގެ ޚާއްޞަ ދުވަހެވެ. މީލާދީ ސަނަތުން 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.

އެ އުފާވެރި ޖުމްހޫރީ ދުވަހުގެ ޚާއްޞަ ހަރަކާތްތަކާއި ހިންގާ ރޭވި އިސް މޭސްތިރިއަކީ ހިކަރީ އަހުމަދު އާދަމެވެ. ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ނޮވެމްބަރު 11 ވަނަ ދުވަސް ބޯމަތި ވަމުން އައިއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެކަމަކު އޭނާގެ ހިތްވަނީ ރާއްޖޭގައި ހިންގާނެ ހަރަކާތްތަކާ ގުޅިފައެވެ. ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ދުވަހުގެ ކުލަގަދަ ރަސްމިއްޔާތާއި ހިންގާނެ ޒަމަނީ ހަރަކާތްތައް ބަލާލާހިތުން އޭނާ ހުންނެވީ ކެތްމަދުވެފައެވެ. އެހެންވެ އޭނާ ރާއްޖެއަށް އަންނަން އޮތް ދުވަހަށްވުރެ ކުރިއަށް ރާއްޖެ އައީ ހަމަ އެކަމުގައި ބައިވެރިވުމަށެވެ. 10 ވަނަ ދުވަހުގެ ރޭގަނޑު ދަންވެފައިވަނިކޮށް މާލެ އާދެވުނަސް ފަތިހު ފަތިހާ އޭނާ މަގުމައްޗަށް ނިކުތީ މާލެތެރެ އޮންނާނެ ގޮތެއް ބަލާލުމަށެވެ. އެކަމަކު އޭނާއަށް ފެނުނީނީކީ އުއްމީދުކުރި މަންޒަރެއް ނޫނެވެ.

" ވަރަށް ދެރަވެފަ ހުރީ ނޮވެމްބަރ 11 އަށް ނާދެވޭތީ. ދެން އިއްޔެ އަޅުގަނޑު އެޕޮއިންޓްމެންޓް ނިމުނީމާ ބުނެފިން ފްލައިޓް ބަދަލުކޮށްލާފައި ނޮވެމްބަރު 11 އަށް ޖެހޭނީ މާލޭގައި ހުންނާށޭ. ދެން ތެޅިފޮޅިގެން ރޭ އާދެވުނުއިރު ވަރަށްބޮޑު އުއްމީދަކާއެކު އައީ އެދުވަހު ފެނުނު ކަހަލަ މަންޒަރުތަކެއް ފެންނާނެ ކަމަށް. ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރެވުނީ. 50 އަހަރު ކުރިން އެފެނުނު ރީތި، އުފާވެރި އެންމެން އެންމެންނާ ގުޅިގެން ކުރި ސެލެބްރޭޝަން. އެއީ ދެން ވަރަށް އާދަޔާ ޚިލާފް އިހްސާސްތަކެއް. އެދެކިލާހިތުން ތެޅިފޮޅިގަނެގެން އައީ. ދެން މިއަދު ނިކުތްއިރު އެއްވެސް ކަހަލަ ނިޝާނެއް ޚަބަރެއް ދަބަރެއްވެސް ނެތް. އަޅުގަނޑު ހިތަށްއެރި ކިހިނެއްބާއޭ މިވަނީ. ދެން އަޅުގަނޑު އެދުވަހު ގެންގުޅުނު ކަހަލަ ފޮޓޯއެއް ގޭގައި ހަރުކޮށްލީ. ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވުނީ. އެއްވެސް ކަހަލަ ކަމެއްނެތި. މީ ކޮންފަދަ ދުވަހެއްތޯ.ޖުމްހޫރީ 50. މިއީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ލިބުނުތާ 50 އަހަރު ފުރުނު ދުވަސް. މިދުވަސް ފާހަގަ ކުރާއިރު އަޅުގަނޑު ހިތަށްއެރީ ހަމައެކަނި ސޯޝަލް މީޑިޔާއިން އެކަންޏެއް ނޫނޭ ގުޅުން އޮންނަން ޖެހޭނީ." އަހުމަދު އާދަމް ވިދާޅުވިއެވެ.

އަހުމަދު އާދަމް ވިދާޅުވީ މީގެ 49 އަހަރު ކުރިން ރާއްޖޭގައި ޚާއްޞަކޮށް ވެރިރަށް މާލެއިން ފެނުނީ މިއަދާ އަޅާބަލާއިރު އުޑާއި ބިމާހާ ތަފާތު މަންޒަރެކެވެ. އެދުވަހު ޖުމްހޫރީ އުފަލުގައި މުޅި މާލޭގެ ރައްޔިތުން ބައިވެރިވިއެވެ. ކުޅިވަރުތަކުގައާއި ޚާއްޞަ ކާނިވަލަށް ހަމަ އެންމެން ކަހަލަ ގޮތަކަށް ދިޔައެވެ.

"އެންމެ ބޮޑު ކަމަކަށް އޮތީ ކާނިވާގެ ކަންކަން. އެކަމުގެ އެންމެ ބޮޑު ބައެއް ރާވާ ހިންގުމުގައި އުޅުނިން. އެކަމަކު އެންމެބޮޑު އިހުސާސެއް ލިބުނު ކަމަކީ އެދުވަހުގެ ހިނގާލުން. ނާސިރުގެ ފޮޓޯފުޅު ބަހައްޓައިގެން އަޅުގަނޑުމެން ނުކުތީމާ އޭރު މުޅިމަގުތައް ފުރާލާފައި އޮތީ. މާބޮޑު އިއުލާންކުރުމެއްނެތި ތުންތުންމަތިން އަޑުއިވިގެން މީހުން އެއްވީ. އެފެނުނު މަންޒަރުތައް. ބައިސްކަލްތަކެއް އެކަންޏެއް ނޫން. މުޅި މަޖީދީމަގުން އެއްކޮޅުން އަނެއްކޮޅަށްއޮތް. އެދުވަހުގެ ކަންކަން މިއަދު ނުފެނުނީމާ އަޅުގަނޑު ވަރަސް ހައިރާންވި. ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރެވުނު" އަހުމަދު އާދަމް ވިދާޅުވިއެވެ.

ކޮންމެއަކަސް އަހުމަދު އާދަމް އެވިދާޅުވީ އާދައިގެ ވާހަކައެއް ނޫނެވެ. ނޮވެމްބަރު 11 ނުވަތަ ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ އާދައިގެ ދުވަހެއް ނޫނެވެ. ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް ގެނެވުނު ދުވަހެވެ. ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ކުރާން ފަށައިގެން ދުވަހެވެ. އެކަމަކު އެކަމުގެ ރަންޔޫބީލް މި ފެންނަނީ އޭގެ ފުރަތަމަ އަހަރަށްވުރެ މާ ކުލަ ފަނޑުކޮށެވެ. ކަމެއް ނެތްފަދަ ގޮތަކަށެވެ. ފާލަމެއް ހުޅުވާލަން، ތަނަކަށް ނަމެއް ކިޔާލަން ނޫންނަމަ މޮނިއުމެންޓެއް ހުރިތަނުން އެހެންތާކަށް ބަދަލުކޮށްލާއިރު އެކޮށްލާވަރުވެސް މިއަދަކު ނުފެނުނެވެ. އެކަންކަމަށް މިލިޔަނުން މިލިޔަނުން ޚަރަދުކޮށްގެން ހަވާއެރުވިއިރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުޅިބައްތިގަނޑެއް ދިއްލާލި ތަނެއްވެސް ފެނިގެނެއް ނުދިޔައެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު