Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

26 ނޮވެމްބަރު 2018 | ހޯމަ 14:20

ހިޔާލު ހުށަހެޅުމުގެ ފަހު ވަގުތަކީ 29 ނޮވެމްބަރުގެ މެންދުރު 2:00

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 ނޮވެމްބަރު 2018 | ހޯމަ 14:20
މާލޭގެ މަޖީދީ މަގު - 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ވަނީ ހުޅުވާލައިފައި

މާލޭގެ މަޖީދީ މަގު - 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ވަނީ ހުޅުވާލައިފައި

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ އުޞޫލަށް އާންމުންގެ ޚިޔާލަށް ހުޅުވާލައިފި އެވެ.

މި އުސޫލަކީ އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ޤަވާއިދާއި ސައި ހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ޤަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތެއް ކަމަޑައެޅުމަށްޓަކައި، މިނިސްޓްރީން އެކުލަވާފައިވާ އުސޫލެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއުސޫލަށް އެއްވެސް ޚިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރަތެއް ވާނަމަ، މިނިސްޓްރީގެ އީމެއިލް 1691@trade.gov.mv އަށް 29 ނޮވެމްބަރގެ މެންދުރު 2:00ގެ ކުރިން އީމެއިލް ކުރުމަށް އެދޭކަމަށެވެ. އަދި ލިޔުމުން ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއުޞޫލުގެ މައިގަނޑު މަޤްޞަދަކީ، އާންމު ރައްޔިތުންނާއި ދަތުރުވެރިންގެ ޟަރޫރީ ބޭނުންތައް ފުއްދުމަށް ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން، އާންމުކޮށް ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ބޭރުން ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން، ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނުގެ ތެރެއިން، މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ ފާމަސީތަކާއި، ސިޓީތަކުގައި، ފްރެންޗައިޒް އުޞޫލުން ހިންގާ ތަންތަން ފިޔަވައި، ރީޓެއިލް އުޞޫލުން ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނާއި، ސިޓީތަކުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަނުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ޤާއިމުކޮށްފައިވާ ފިހާރަތަކާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ހިމެނެއެވެ.

ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކުން ވެސް، ހުއްދަ ދިނުމަށް ނިންމިކަން މިނިސްޓްރީން އެންގުމުން، 2,000ރ. (ދެހާސް ރުފިޔާ) ގެ ފީ އެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. 24 ގަޑިއިރުގެ ޚިދުމަތް ދިނުމުގެ ހުއްދަ ނަގާފައިވާ މުއްދަތުގެ ތެރޭގައި، ވިޔަފާރިތަކުން ޢަމަލުކުރަން ޖެހޭ އެއްވެސް ޤާނޫނެއް ނުވަތަ ޤަވައިދަކާ ޚިލާފުވެއްޖެނަމަ، އެތަނަކަށް ދޫކޮށްފައިވާ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ބާޠިލްކު ރެވޭނެ ކަމަށް ވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. 24 ގަޑިއިރުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ތެރެ އިން، ހަފްތާ އެއްގެ ތެރޭގައި އެންމެ މަދުވެގެން 2 (ދޭއް) ދުވަހު ޚިދުމަތް ނުދޭ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ އެވެ.

މިއުޞޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެންކަމަށް މިނިސްޓްރީން ބުނެ އެވެ.

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2018

24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަދޭން ފަށައިފި

31 ޑިސެމްބަރު 2018
24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަދޭން ފަށައިފި
06 އޯގަސްޓު 2018

ދިރާގުގެ 29 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

06 އޯގަސްޓު 2018
ދިރާގުގެ 29 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
15 މެއި 2018

ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި

15 މެއި 2018
ރޯދަ މަހު ފިހާރަތައް ރޭގަނޑު 11 ޖަހަންދެން، ކެފޭ ރެސްޓޯރަންޓް މެންދަމުން އަލިވެ 3 ޖަހަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފި
18 އެޕްރީލު 2018

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2018
ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 އެޕްރީލު 2018

މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!

06 އެޕްރީލު 2018
މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!
02 އެޕްރީލު 2018

ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ

02 އެޕްރީލު 2018
ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުއްދަ ދެނީ
18 ޖެނުއަރީ 2018

ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި

18 ޖެނުއަރީ 2018
ފޯން ކޯލަކުން ސައިކަލް އިންޝުއަރެންސް ކޮށްދިނުމުގެ ހިދުމަތް ފަށައިފި
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް