Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯމް މިނިސްޓަރު އިމްރާން

ޖަލުތަކުގެ ހާލަތު ވަރަށް ގޯސް، ހައްލު ކުރާނަން: ހޯމް މިނިސްޓަރު

26 ނޮވެމްބަރު 2018 | ހޯމަ 13:29

އާދައިގެ މީހުން އެތަނުން ނުކުންނައިރު ޑްރަގް މީހުންގެ ގޮތުގައި ފެނިދާނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 26 ނޮވެމްބަރު 2018 | ހޯމަ 13:29
އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ

އިމްރާން ފުލުހުންގެ އިސްވެރިންނާ ބައްދަލު ކުރައްވަނީ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އެ ކަން ހައްލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ، ޖަލުތަކުގެ ހާލަތު މިހާރު ހުރީ ހުކުމް ތަންފީޒު ކުރުމަށް ފަހު މުޖުތަމައު އަށް ނިކުންނަ މީހުން އިތުރަށް ނުރަނގަޅު ބަޔަކަށް ވެގެންދާ ގޮތަށް ކަމަށާއި ޖަލުތަކަކީ މީހުން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައު އަށް ނެރެވޭ ތަންތަނަށް ވާން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ ތަޖްރިބާ ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ ޖަލަށް ވަން އާދައިގެ މީހެއްނަމަ ފަހަރެއްގައި ޖަލުން ނުކުމެވޭނީ ޑްރަގް ނަގާ މީހަކަށްވެގެން ކަމަށެވެ.

އިމްރާން ވިދާޅުވީ އެމަނިކުފާނުގެ ވަޒީރުކަމުގައި ޖަލުތަކުގެ ހިންގުމާއި، އިންތިޒާމްތައް ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި އެ ކަންކަން ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ މަތިން ޖަލުތަކުން ނުކުންނަ މީހުންނަކީ ރަނގަޅު ހެޔޮލަފާ ބަޔަކަށް ހައްދަވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ ކަންކަން ރަނގަޅުކޮށް، އެދެވޭ ނަތީޖާ އެއް ނެރެވޭނީ ބައެއް ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ގާނޫނުތަކުގެ އިތުރުން މުވައްޒަފުންނަށް ޓްރެއިނިން ދިނުން ފަދަ މަސައްކަތްތައް ވެސް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ބައިވަރު ސެކިއުރިޓީ މައްސަލަތަކާއި، މުވައްޒަފުންނަށް މުއާމަލާތު ކުރެވޭގޮތާއި، އެމީހުންގެ ޗުއްޓީއާ މިކަހަލަ ބައިވަރުކަންތައްތަކެއް މީގެ ވަށައިގެން އެބަހުރި ކަމަށާއި އެ ހުރިހާ ކަމެއް ގުޅި ލާމެހިގެން ގޮސް މުޅި އެތެރޭގެ ސިސްޓަމް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އެތަނަށް ވަންނަ ވަރަށްވުރެ ރަނގަޅު މީހެއްގެ ގޮތުގައި އެތަނަށް ވައްދާ މީހުން ނެރެވޭނެ މެކޭނިޒަމެއް ގާއިމް ކުރަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ނިމިދިޔަ ހަފްތާގައި ބައެއް ޖަލުތައް ބައްލަވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް