Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

އަދީބްގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އާއިލާގެ ގާތަށް ގެއަށް ބަދަލުކުރުމަށް އެޗްއާރްސީއެމްއިން އަންގައިފި

24 ނޮވެމްބަރު 2018 | ހޮނިހިރު 15:59

އެޗްއާރްސީއެމްއިން އަދީބް ގޭބަންދަށް ބަދަލުކުރަން އެންގީ ބުރާސްފަތި ދުވަހު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 ނޮވެމްބަރު 2018 | ހޮނިހިރު 15:59
ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކުރީގެ ނައިބުރައީސް އަޙުމަދު އަދީބްގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އަދީބަށް ބޭނުންވާ މާހައުލާއި އާއިލާގެ އެހީ ލިބޭނެހެން ގޭބަންދަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމްއިން އަދީބް ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް މިހާތަނަށް އަދީބް ގޭބަންދަށް ބަދަލުކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަދީބަށް ފަރުވާދޭން ފަށާފައިވަނީ އެމަނިކުފާނުގެ ވައަތު ކިޑްނީ ހިމެނޭ ހިސާބުން ހަށިގަނޑަށް އިންތިހާއަށް ތަދުވާތީއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި އަދީބްގެ ވައަތު ކިޑްނީގައި އުފެދިފައިވާ ހިލަ، އޭރު ވަނީ ކިޑްނީ އާއި ބްލެޑާރ އާއި ދެމެދުގައިވާ ހޮޅި (ޔުރެޓަރ) އަށް ފައިބައި އެ ހޮޅީގައި ތާށިވެފައެވެ. ބޭސްދީގެން ޔުރެޓަރގައި ތާށިވެފައިވާ ހިލަ ނައްތާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، މި ހަފްތާގެ ހޯމަ ދުވަހު ޑޮކްޓަރުން ވަނީ ލޭޒަރ ބޭނުންކޮށްގެން އެ ހިލަ ނައްތާލުމަށް މަސައްކަތް ކޮށްފައެވެ.

މި ސަރޖަރީ ކާމިޔާބުވި ނަމަވެސް، އެ ހިލަ އާއި އަދި އަދީބްގެ ކަނާތު ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް އިތުރު ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ސަރޖަރީއަށްފަހު އަދީބްގެ ކިޑްނީ އާއި ބްލެޑަރ އާއި ދެމެދުގައިވާ ހޮޅިއަށް ސްޓެންޓެއް ލައްވާފައިވާއިރު، ސަރޖަރީއަށްފަހު އަދީބްގެ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދި، މިހާރު ޑޮކްޓަރުން ދަނީ ބާރުގަދަ އެންޓިބައޮޓިކްއެއް ދީގެން އަދީބަށް ފަރުވާ ދެމުންނެވެ.

އަދީބްގެ ކިޑްނީ އާއި ބްލެޑަރ އާއި ދެމެދުގައިވާ ހޮޅިއަށް ވަނީ ސްޓެންްޓެއް ލައްވާފައި

ސަރޖަރީއަށްފަހު އަދީބްގެ ހަށިގަނޑުގައި އުފެދުނު އިންފެކްޝަނުގެ ސަބަބުން އަދީބްގެ ހާލު ވަރަށް ދެރަވެ، އަދީބަށް ގިނަ އުނދަގޫތަކެއް ވަމުންދާ ކަމަށް އަދީބްގެ އާއިލާއިން ވަނީ ބުނެފައެވެ.

އަދީބްގެ ހާލަތާއި ގުޅިގެން، އެޗްއާރްސީއެމްއިން އާއިލާގެ މެންބަރެއްގެ އެހީ އަބަދުމެ ލިބޭނެ ފަދަ މާހައުލެއް ފޯރުކޮށްދިނުމުގެ ގޮތުން ގޭބަންދަށް ބަދަލުކުރުމަށް އަންގާފައިވާއިރު، މަޢުލޫމާތު ލިބޭ ގޮތުގައި މި އެންގުން ތަންފީޒު ކުރުމަށް ކަރެކްޝަންސްއިން މިހާތަނަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން އަދީބްގެ ފަރުވާއަށް އިހުމާލުވެ، އަދީބްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އަދީބަށް ފަރުވާ ބޭނުންވާ އިތުރު ބައެއް ކަންކަންވެސް އާއިލާއިން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އަދީބްގެ ކަނާއަތު ކިޑްނީގައި އުފެދިފައިވާ ހިލަ އާއި، އަދީބްގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓްތަކާއި، އަދީބްގެ ލޮލަށް ޖެހިފައިވާ ގްލޮކޯމާއަށް ފަރުވާދިނުމަށް އަދީބްގެ އާއިލާއިން ކެނޑިނޭޅި ދަނީ އެދެމުންނެވެ. އަދި މީގެ ތިން އަހަރެއްހާ ދުވަސްކުރިން އަދީބްގެ ކެންސަރ ސްކްރީނިންގއެއް ހެދުމަށް ޑޮކްޓަރުން އަންގާފައިވާއިރު، މިހާތަނަށް އެ ސްކްރީނިން ހެދުމުގެ ފުރުސަތުވެސް އަދީބަށް ދީފައެއް ނުވެއެވެ.

އަދީބާއި މެދު ޖަލުގައި އެތައް ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު ކުރެވޭއިރު، މިއަދު ސަރުކާރުގައި ތިއްބެވި އިސް ވެރިން ވަނީ އެކި ތަންތާނގައި އަދީބަކީ ސިޔާސީ ފަރާތްތަކުގެ ތެރެއިން ޖަލުގައި އެންމެ ބޮޑު އަނިޔާއެއް ލިބެމުންދާ ފަރާތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

11 ޖުލައި 2018

ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި

11 ޖުލައި 2018
ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި
14 ޖޫން 2018

ޖަވާބުދާރީވާން އަދީބް އެދިފައިވަނިކޮށް، ވިލާ އެގްރިމެންޓްތަކުގެ މައްސަލައިގައި އަދީބްގެ މައްޗަށް ދައުވާ ކުރަނީ

14 ޖޫން 2018
ޖަވާބުދާރީވާން އަދީބް އެދިފައިވަނިކޮށް، ވިލާ އެގްރިމެންޓްތަކުގެ މައްސަލައިގައި އަދީބްގެ މައްޗަށް ދައުވާ ކުރަނީ
26 އެޕްރީލު 2018

ސީއޯއޯ ހުސެއިން ފިޔާޒްގެ ހަށިގަނޑަށް ވަޅި ހެރުމަށް ސިޔާސީ ޕާޓީއަކުން ޒުވާނަކާއި ހަވާލުކުރި: ރާއްޖެޓީވީ

26 އެޕްރީލު 2018
ސީއޯއޯ ހުސެއިން ފިޔާޒްގެ ހަށިގަނޑަށް ވަޅި ހެރުމަށް ސިޔާސީ ޕާޓީއަކުން ޒުވާނަކާއި ހަވާލުކުރި: ރާއްޖެޓީވީ
22 އެޕްރީލު 2018

އައްޑޫ ސިޓީން ގެއްލުނު ކުދިންގެ އާއިލާގެ ހިތާމައިގާ ބައިވެރިވަން: ރައީސް ނަޝީދު

22 އެޕްރީލު 2018
އައްޑޫ ސިޓީން ގެއްލުނު ކުދިންގެ އާއިލާގެ ހިތާމައިގާ ބައިވެރިވަން: ރައީސް ނަޝީދު
19 އެޕްރީލު 2018

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރު ކުރާތީ އާއިލާގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފި

19 އެޕްރީލު 2018
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރު ކުރާތީ އާއިލާގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފި
07 ފެބުރުއަރީ 2018

ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި

07 ފެބުރުއަރީ 2018
ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި
19 އޮކްޓޯބަރު 2017

ސަން ސިޔާމަށް ދީފައިއޮތް މާފަރު އެއާޕޯޓް މަޝްރޫއު ޔޫއޭއީގެ ޝާހީ އާއިލާގެ ކުންފުންޏަކަށް!

19 އޮކްޓޯބަރު 2017
ސަން ސިޔާމަށް ދީފައިއޮތް މާފަރު އެއާޕޯޓް މަޝްރޫއު ޔޫއޭއީގެ ޝާހީ އާއިލާގެ ކުންފުންޏަކަށް!
19 ޖޫން 2017

ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި

19 ޖޫން 2017
ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި
03 މެއި 2017

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް