Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން ރަޝީދު މަރާލުން

ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި

19 ޖޫން 2017 | ހޯމަ 19:04

ފުލުހުން ބުނީ ތަހުގީގަށް ހުރަސްއެޅޭ ގޮތައް މައުލޫމާތު ފެތުރުމަށް ފުރުސަތު ނުދިނުމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ޖޫން 2017 | ހޯމަ 19:04
ޔާމިން ރަޝީދު މަރާލި މީހުން ކަމަށް ފުލުހުން ހާމަކުރި ތިން މީހުން

ޔާމިން ރަޝީދު މަރާލި މީހުން ކަމަށް ފުލުހުން ހާމަކުރި ތިން މީހުން

ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މަޝްހޫރު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މ. ތޯއިފް އިސްމާއީލް ރަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައިވާ ތުހުމަތުތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ އިސްމާއިލް ރަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އެންމެހާ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއް ކަމުގައެވެ. އެކަން ދޮގު ކުރުމުގެ އިތުރުން ޝިފާން ވިދާޅުވެފައިވަނީ ތަހުގީގްތަކަށް ހުރަސްއެޅޭ ގޮތައް މައުލޫމާތު ފެތުރުމަށް ފުރުސަތު ނުދިނުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާ ކަމަށާއި ތަހުގީގަށް ހުރަސް އެޅޭ ކަމަށްވާ ނަމަ ގާނޫނީ ގޮތުން އެ ހުރަސްތައް ނައްތާލަން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އިސްމާއީލު ރަޝީދުގެ އާއިލާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން މަރާލި ކަމަށް އިސްމާއިލް ރަޝީދު އިންކާރު ކުރާ ކަމަށާއި، އަދި މިހާތަނަށް ފުލުހުން އަމަލު ކުރަމުންދާ ގޮތުން ޝައްކު އުފެދޭ ކަމަށެވެ. އެގޮތުން އެ މައްސަލާގައި އިސްމާއީލު ރަޝީދު ބައިވެރިވެފައިވަނީ ދައުވާ ނުކޮށް ދޫކޮށްލެވޭ މިންވަރަށް ކަމަށާއި، ފުލުހުން ބޭނުންވާ ގޮތަކަށް ބަޔާންދީ އިސްމާއީލުގެ ގާނޫނީ ވަކީލުން ބަދަލުކޮށް ދައުލަތުގެ ހެއްކަކަށް ވެއްޖެ ނަމަ ދައުވާ ނުކޮށް ދޫކޮށްލާނެ ކަމަށް 15 މެއި 2017 ގައި ބުނެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ވަކީލުން ބަދަލު ނުކުރާނެ ކަމަށް އެންގުމާ ގުޅިގެން 17 މެއި ގައި "ތިހެން ވެއްޖެއްޔާ ސަރކަލްގެ އެންމެ އެތެރޭގައި ހުރި މީހާ ނުކުމެފައި ސާކަލްގެ ތެރެއަށް އިސްމާއީލް ރަޝީދު ވަދެދާނެ" ކަމަށް ބުނެ ފުލުހުން ބިރު ދައްކާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެއިތުރުން އާއިލާއިން ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލު ކުރުމަށް ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންވަނީ އިސްމާއީލު ރަޝީދާ މެދު އަނިޔާ ކުރުމުގެ އަމަލުތަކެއް ވެސް ހިންގާފައެވެ. އެގޮތުން މީހުން ބަންދު ކުރުން ހުއްދަ ނުކުރާ ތަނެއްކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ތިން ދުވަސް ވަންދެން އިސްމާއީލު ރަޝީދު ބަހައްޓަފައި ހުރި ކަމަށާއި، ދެ ދުވަސްވަންދެން ހުސް ފާރަކަށް ކުރިމަތިވާ ގޮތަށް ބައިންދާފައި އިން ކަމަށް ބުނެފައިވެއެވެ. އަދި ކ.ކާށިދޫގައި އޭނާ ބަހައްޓާފައި ހުރި ގޮޅިއަށް ނަޖިސް ވަސް ދުވާ ގޮތަށް ހުރުމުން އޭނާ ހާސްވެ އެހީއަށް ގޮވުމުން އަޅާ ނުލި ކަމަށާއި ފަހުން ފުލުހުން ގޮސް އިސްމާއީލަށް މަލާމާތް ކުރި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. އަދި ކާށިދޫގައި އިސްމާއީލަށް ބޯންދިން ފެނަށް އެއްޗެއް އަޅާފައި ހުރުމުން އޭނާގެ ބޮލަށް ގޮތެއްވި ކަމަށާއި، ދަންވަރު ނިދިޔަ ނުދީ ހޭލައްވައިގެން އެ މައްސަލައާ ބެހޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެއިތުރުން އިސްމާއީލު މިނިވަން ވުމުގެ އަގަކީ ޝަރީއަތުގައި ﷲ ގަންދީ ދޮގު ހުވާ ކުރުން ކަމަށާއި އެކަން އޭނާ ނުކުރާނެ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެބަޔާނާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ އެބަޔާނަށް ބަލާއިރު އިސްމާއީލް ރަޝީދު ފްރޭމް ކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް