Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރު ކުރާތީ އާއިލާގެ ކަންބޮޑުވުންތައް ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފި

19 އެޕްރީލު 2018 | ބުރާސްފަތި 11:38

ޝަރީއަތް ހުޅުވާލުމަށް ގޮވާލުމުގައި ވީހާ ވެސް ގިނަ ފަރާތްތަކެއް ބައިވެރިވުން މުހިއްމު: ޝަހިންދާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އެޕްރީލު 2018 | ބުރާސްފަތި 11:38
ޔާމީން ރަޝީދު

ޔާމީން ރަޝީދު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ ޔާމީން ރަޝީދު ލާއިންސާނީ އަނިޔާތަކާ އެކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުންތައް ސިއްރު ކުރަމުންދާތީ ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުންނާއި މަދަނީ ޖަމިއްޔާއެއް ކަމަށް މޯލްޑްވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ހުރި ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކުރަމުންދާތީ އެކަމާ ކަންބޮޑުވާކަން ހާމަކުރުމަށާއި ހުޅުވާލައިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތަކެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ދިނުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތް ކޮށްދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ބުރާސްފަތި ދުވަހު ވަޑައިގެންނެވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީއެންގެ ރައީސް ޝަހިންދާ އިސްމާއީލް ވިދާޅުވީ މިވަގުތު މައިގަނޑު ގޮތެއްގައި އާއިލާގެ އަދި އެމްޑީއެންގެ ވެސް އޮތް އެންމެ ބޮޑު ކަންބޮޑު ވުމަކީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ސިއްރު ކުރުން ކަމަށެވެ.

Advertisement - newsAdvertisement
"މައިގަނޑުގޮތެއްގައި އަޑުގަނޑުމެން މިދައްކާ ވާހަކައަކީ މިހާރު ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވީއިރު، މިހާރު ފެންނަމުން ދަނީ ޝަރީއަތް ބަންދުކޮށްގެން ކުރިއަށް ގެންދިއުން. އާއިލާއަކަށް ވެސް އެހެން ބޭފުޅަކަށް ވެސް ޝަރީއަތުގައި ހިނގާ ކަންކަމެއް ނޭނގޭ. އެހެންވީމައި ޝަރީއަތް ހުޅުވާލަ ދޭން އެދުން މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ރިކުއެސްޓަކީ،" ޝަހިންދާ އިސްމާއީލް ވިދާޅުވިއެވެ.
ކުރިން އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ ގޮތުގައި ހުންނެވި އަދި މިހާރު ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވީ ފުރަތަމަ މީގެ އެއް އަހަރު ކުރިން ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު ހިނގާދިޔައިރު ވެސް ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި އަދި ދައުލަތުން އެދިގެން ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންސާފު ލިބިގެން ހިނގައިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. "ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި، އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެތޯއާއި މިމައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންސާފު ލިބިގެން ދާނެތޯއާ މެދު ޝައްކު އުފެދޭ. ޔާމީން ރަޝީދު މަރާލި ފަހުން ސަރުކާރުގެ އިސް ފަރާތްތަކުން ދެއްކެވި ވާހަކަފުޅުތަކަކީ މަރާލުމަށް ހިތްވަރު ލިބޭ ކަހަލަ ގޮތަކަށް ވާހަކަތައް ދެކެވިގެން ދިޔައީ. މިއަދު އަނެއްކާ ވެސް ފެނިގެން މިދަނީ ޝަރީއަތް ހިނގަމުންދާއިރު ވެސް ޕީޖީ އޮފީހުގެ ރިކުއެސްޓަކަށް ކަމަށް ވިދާޅުވެ މިޝަރީއަތްވެސް ބަންދުކޮށްގެން ގެންދާތަން. އެހެންވީމާ އަޅުގަނޑުމެންނަކަށް ހާއްސަކޮށް ޔާމީން ރަޝީދުގެ އާއިލާއަކަށް އެއްވެސް ޔަގީންކަމެއް ނެތް އިންސާފުވެރިކަމާއެކީގަތޯ މިކަން ކުރިއަށް މިގެންދެވެނީކީ،" ތޮލާލު ވިދާޅުވިއެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ފަރާތުން ވަނީ ޔާމީން މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއި މޯލްޑިވްސް ޕޮލިސް ސާރވިސްގައި އެދިވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޕީޖީ އާއި ފުލުހުންގެ އިސް ފަރާތްތަކާ ބައްދަލުވުމެއް ހަމަޖެހޭ ގޮތް ނުވާ ކަމަށް ވެސް ޔާމީންގެ އާއިލާއިންނާއި އެމްޑީއެންއިން ބުނެއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ލާއިންސާނީ އަނިޔާތަކަކާ އެކު ޔާމީން ރަޝީދު މަރާލާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ ގެއަށް ވަތްތަނާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް