Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ

1.8 ޖީ.ބީ.ޕީ.އެސް.ގެ ސްޕީޑާއެކު އުރީދޫ 5ޖީ ދައްކުވައިދީފި

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު ހުކުރު ދުވަހު ދައްކާފައިވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2018 | ހޮނިހިރު 19:21
ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު ހުކުރު ދުވަހު ދައްކާފައިވަނީ

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު ހުކުރު ދުވަހު ދައްކާފައިވަނީ

އެއްދުވަހުން އަނެއް ދުވަހަށް ޑިޖިޓަލް ދާއިރާ އިން ކުރިއަރަމުންދާ ދިވެހިރާއްޖޭގައި، އިންޓަނެޓް އޮފް ތިންގްސް ނުވަތަ އައި.އޯ.ޓީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައު އުސްމިންތަކަށް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާނެ އުރީދޫ 5ޖީ އެކުންފުނިން ދައްކުވައިދީފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާ ކުރެވިގެންދިޔަ 1.8 ޖީ.ބީ.ޕީ.އެސް.ގެ ހަލުވި ސްޕީޑު ހުކުރު ދުވަހު ދައްކާފައިވަނީ އުރީދޫ ކަލަރ ރަން ގައެވެ.

އުތުރު އެފްރިކާއިން ފެށިގެން އަރަބިކަރަޔާއި ދެކުނު އޭޝިއާގައިވެސް، އުރީދޫ އިން ބޮޑެތި ނެޓްވަރކް މޮޑަނައިޒޭޝަން ޕްރޮގްރާމުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

5ޖީގެ އީކޯސިސްޓަމް ބިނާ ކުރުމުގައި އުރީދޫ ގްރޫޕްގެ ކުންފުނިތަކުން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން، އިންސާނީ ތަރައްޤީ މަގުފަހިކޮށްދޭނެ، އަދި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުކޮށްދޭނެ ފަދަ މުހިންމު ނެޓްވަރކް އަޕްގްރޭޑްތަކެއް ގެނައުން، އުރީދޫގެ މި މަސައްކަތުގައި ހިމެނެއެވެ. މި ކުރިއެރުމާއެކު، 5ޖީ މެދުވެރިކޮށް ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރ ކުރުން ފަދަ އީޖާދީ ޚިދުމަތްތަށް ކައިރި މުސްތަޤްބަލެއްގައި ފެނިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

"މުޅި ދުނިޔޭގައިވެސް ފުރަތަމަ 5ޖީ ނެޓްވަރކެއް ލައިވް ކޮށްފައިވަނީ، ގަތަރުގައި، އުރީދޫ އިން. މިކަން ވެގެނ ްދިޔައީ އުރީދޫ އަށް އަދި ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ވެސް ވަރަށް ފާހަގަކުރެވޭ ޓެކްނޮލޮޖިކަލް ލަނޑުދަނޑިއަކަށް. މުޅި ދުނިޔެވެސް، 5ޖީ މެދުވެރިކޮށް އަންނާނެ މުހިއްމު ބަދަލުތަކާއި ކުރިއެރުންތަކަށް ތައްޔާރު ވަމުންދާއިރު، އުރީދޫ އިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށްވެސް ވީހާވެސް އަވަހަކަށް މި އީޖާދީ ޓެކްނޮލޮޖީ ގެނެސްދިނުމަށް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރ އެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކ ފުލް އައި.ޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ. 5ޖީ ނެޓްވަރކަކަށް ތައްޔާރީތައް ވަމުންދާއިރު، އުރީދޫ މޯލްޑިވްސް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމްގެ ލައިސަންސް ހޯދާއި، މުޅި އުރީދޫ ގްރޫޕުންވެސް ފުރަތަމަ މި ލައިސަންސް ލިބުން ކުންފުންޏަށް ވެފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ނެޓްވަރކް ގާއިމް ކުރުމާއި އެކު، ވަޒީފާ، ތައުލީމް، ސިއްހީ އަދި މުނިފޫހިފިލުވުމުގެ ޙިދުމަތްތަށް ކޮންމެ ތަނަކު ހުރެގެންވެސް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ އުރީދޫ އިން ދަނީ، ޓެކްނޮލޮޖީ ދާއިރާއިން ގިނަގުނަ ކުރިއެރުންތަށް ހޯދަމުންނެވެ. މީގެ ތެރޭގައި، ދުނިޔޭގެ ފެންވަރުގައި އެކީ ކާމިޔާބީތަކާއި، އައު އުސްމިންތަށްވެސް ހިމެނެއެވެ. މިގޮތުން، ރާއްޖޭގައި ވެސް އުރީދޫ އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މުއާސަލާތީ ޚިދުމަތްތަށް ދަމަހައްޓައިގެން، ދިވެހި ރައްޔިތުންނާއި، މުޅި ޤައުމަށްވެސް އައު ކުރިއެރުންތަށް ގެނެސްދިނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

އެންމެ ވަރުގަދަ ޓެލެކޮމް ބްރޭންޑުތަކުގެ ގަދަ 50 ގައި އުރީދޫ ހިމެނިއްޖެ

28 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު