Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ކޮމިޓީ

ހެނދުނުގެ ނާސްތާ ލިބޭނީ ގްރޭޑް 1 ފެށިގެން 7ގައި ކިޔަވަމުންދާ ދަރިވަރުންނަށް

ބެލެނިވެރިންގެ އަތަށް ފާއިސާދިނުމުގެ ވިސްނުމެއް ނެތް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 23 ނޮވެމްބަރު 2018 | ހުކުރު 13:56
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ކޮމެޓީގައި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓް ކޮމެޓީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސްކޫލު ކުދިންނަށް ދިނުމަށް ވައުދުވެފައިވާ ހެނދުނުގެ ނާސްތާ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަތެއްގައި ތައުލީމް ހާސިލު ކުރަމުންދާ ކުދިންނަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ހެނދުނުގެ ނާސްތާ ދެމުން އަންނަނީ ފުދުންތެރިކަން ނެތް އާއިލާތަކަށް ކަމަށެވެ.

Advertisement - newsAdvertisement

ކޮމެޓީގެ ބައްދަލުވުމަށްފަހު، "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށް އެކަނި ނާސްތާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި ގްރޭޑް އެކަކުން ފެށިގެން ހަތެއްގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ ހެނދުނުގެ ނާސްތާ ސްކޫލް ކުދިންނަށް ދިނުމަށް އުސޫލްތަކެއް ކަނޑައެޅޭއިރު، ބެލެނިވެރިންގެ އަތަށް ފާއިސާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

އަމީރު ވިދާޅުވީ ބެލެނިވެރިންގެ އަތަށް ފާއިސާ ދީފިނަމަ ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ލިބިގެންދާނެ ސަރުކާރަށް ކަށަވަރެއް ނުކުރެވޭނެ ކަމަށެވެ. އަދި ނާސްތާ ދޭނެ އުސޫލެއް ނޫނީ އޮނިގަނޑެއް ކަނޑައެޅުމުގެ ދިރާސާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުދިންނަށް ހެނދުނުގެ ނާސްތާ ދޭނެ ގޮތެއް މުޅިން ފައިނަލްކޮށް އެ މައްސައްކަތް ފެށޭނެ ކަމަށެވެ.

"ބެލެނިވެރިނަށް ފައިސާ ދީގެން އެކަން ކުރުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އޭރުން އަޅުގަނޑުމެންނަށް އެންޝުއާއެއް ނުކުރެވޭ ކުދިންނަށް އެ ލިބޭ ކަމެއް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް އެކަންކުރާ ގޮތަށް ސްކޫލު ކެންޓީނަށް ނުވަތަ ކްލާސް ރޫމަށް ގެންގޮސްގެން އެކަން ކުރަން ވިސްނަމުންދާ ކަމަށެވެ.

ސުކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމަށް 50 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެ: މެޓް

30 މެއި 2017
ހއ. ފެށިގެން ތ. އަތޮޅަށް ގަދައަށް ވިއްސާރަކުރާނެ: މެޓް
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
19 މެއި 2017

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

19 މެއި 2017
އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު