Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2019

ބަޖެޓް 30 ބިލިޔަނަށް ވުރެ މަތިވެދާނެ!

22 ނޮވެމްބަރު 2018 | ބުރާސްފަތި 16:50

ބައެއް ދާއިރާތަކަށް ބަޖެޓް ބޮޑުކުރުމަށް ކޮމިޓީންވަނީ ފާސްކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ނޮވެމްބަރު 2018 | ބުރާސްފަތި 16:50
ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް

ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް 30 ބިލިޔަނަށް ވުރެ މަތިވެގެން ގޮސްދާނެ ކަމަށް ބަޖެޓް ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ބަޖެޓް ބޮޑުވެގެން ދިޔަކަމުގައިވިޔަސް ބަޖެޓް 31 ބިލިޔަނަށް އަރައިގޮސްދާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ބަޖެޓް ކޮމިޓީގެ މެމްބަރުންވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ލަފާކޮށް ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 29 ބިލިޔަން ރުފިޔާގެ ބަޖެޓަކަށްވާއިރު، ބަޖެޓް ބޮޑުވެގެންގޮސްފައިވަނީ ކޮމިޓީ މަރްހަލާގައި ބަޖެޓައް ގެނެވުނު ބަދަލުތަކާއި ގުޅިގެންނެވެ.

މި ގޮތުން މަޖިލީހަށް ބަޖެޓް ހުށަހެޅުނުއިރު ބައެއް ދާއިރާތަކަށް ބަޖެޓް ފޮތުގައި ހިމަނާފައިވާ އަދަދުތަށް މިހާރުވަނީ ކޮމިޓީ މަރްހަލާގައި ކުރެވުނު ބަހުސްތަކުގެ ތެރޭން ބޮޑުވެގެން ގޮސްފައެވެ.

ބަޖެޓްގެ ކޮމިޓީ މަރްހަލާގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް 300 މިލިޔަން ބަޖެޓް ކޮމިޓީއިން ފާސްކޮށްފައިވާއިރު، ފޮރިން މިނިސްޓްރީގެ ބަޖެޓްގައި ބޭރުގެ މިޝަންތަކުގެ ބަޖެޓަށް 25 މިލިޔަން އިތުރުކޮށްދިނުމައް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަސްޓް ޑިގްރީ ޕްރޮގްރާމްއަށް 100 މިލިޔަން އިތުރުކޮށްދިނުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތް 120,000 (އެއްލައްކަ ވިހިހާސް) ބޮޑުކުރުމަށްވެސް ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ދޫނިދޫގެ ބަނދަރު މަރާމާތު ކުރުމަށް 10 މިލިޔަން އިތުރުކުރަން ފާސްކޮށްފައިވާއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް 35 މިލިޔަން އިތުރުކުރުމަށް ފާސްކޮށްފައިވެއެވެ.

ހިމެންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތަށް ހިނގާ ޚަރަދު ބަޖެޓްގައި އުނިވެފައިވަތީ އެކަމަށް 8 މިލިޔަން އިތުރުކުރުމަށް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބަޖެޓަށް 2 މިލިޔަން އިތުރުކުރުމަށްވެސް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

ބަޖެޓް ކޮމިޓީން ބަޖެޓަށް ގެނެވުނު އިސްލާހުތަކާއި އަދި އެ އިސްލާހުތަކާއި ގުޅިގެން ބަޖެޓަށް އަންނަ ބަދަލުތަކަށް މަޝްވަރާކޮށް ފައިނަލް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ހުކުރުދުވަހުގެ ރޭ އޮންނަ ބަޖެޓް ކޮމިޓީގައި އޮންނާނެއެވެ.

ބަޖެޓް ކޮމިޓީގެ މަސައްކަތް ނިންމުމަށްފަހު ފައިނަލް ބަޖެޓް ރިޕޯރޓް އަންނަ ހަފްތާ ތެރޭގައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މަޖިލިސް ތަޅުމަށް ބަޖެޓް ފޮނުވުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެއަށްފަހު ބަޖެޓަށް މަޖިލިސް ތަޅުމުގައި ބަހުސްކުރުމަށްފަހު، މަޖިލިސް ތަޅުމުގައި ގެނެވޭ އިސްލާހުތަކަށްފަހު، ބަޖެޓް ފާސްކުރުމަށް ނިންމާފައިވަނީ ނޮވްމެބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް