Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް

21 ނޮވެމްބަރު 2018 | ބުދަ 16:58

ޕީޕީއެމަށް އިލްހާމް ދިޔައީ ނުރައްކާ އޮތުމުން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 21 ނޮވެމްބަރު 2018 | ބުދަ 16:58
އިލްހާމް ޖެޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އިލްހާމް ޖެޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޖުމްހޫރީ ޕާޓީ (ޖޭޕީ) ދޫކުރައްވައި، 2016 އަހަރު ޕީޕީއެމާ ގުޅިވަޑައިގެންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުއްދަ ދެއްވައިގެން ކަމަށް، ގާސިމް އަމިއްލަފުޅަށް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވައި، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިލްހާމް، ޖޭޕީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އިލްހާމް އަނެއްކާވެސް ޖޭޕީއާ ގުޅިވަޑައިގެންނެވުމަށް މ. ކުނޫޒުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިލްހާމް ޕީޕީއެމާ ގުޅިވަޑައިގެންނެވީ ދަނގެތި ދާއިރާއަށް ކަންތައްތަކެއް ކޮށްދިނުމަށާއި އާއިލާއަށް ނުރައްކާތެރިކަން އޮތުމުން ކަމަށެވެ.

"އެމަނިކުފާނު ވަޑައިގެންނެވީ ދާއިރާއަށް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމުގައި. އަޅުގަނޑު ކުރެން އައްސަވާފައި، އަޅުގަނޑުގެ ހުއްދަ ލިބިގެން. އަޅުގަނޑު އެކޮޅަށް ވަޑައިގަންނަވާށޭ ނޫނިއްޔާ މަނިކުފާނާއި މަނިކުފާނުގެ އާއިލާއަށް ވެސް އޮތް ނުރައްކާތެރިކަން ވިސްނާފައި، އިންސާފެއް ނެތި ކަންތައްތަކެއް ކުރާނެކަން ޔަގީންކަން އެމަނިކުފާނަށާއި އަޅުގަނޑަށް ކަށަވަރުކަމާއެކީގައި އޮތީމަ އަޅުގަނޑު ދެންނެވީ ވަޑައިގަންނަވާށޭ. އެ އަނިޔާވެރިކަމުން ސަލާމަތްވުމަށް،" ގާސިމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ޖޭޕީއާ ގުޅިވަޑައިގެންނެވުމުން ގާސިމް ވަނީ އޭނާއަށް ވެސް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް ވިދާޅުވީ މެމްބަރު ހުސައިނަކީ އޭނާއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ މެމްބަރެއް ކަމަށާއި ޖޭޕީއާ ގުޅުމަށް ކުރިން ފެށިގެން މެމްބަރު ހުސައިން އޭނާއާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

"...އެމަނިކުފާނު އަޅުގަނޑަށް ޖާސޫސްކޮށްދެއްވީކީ ނޫނޭ މި ދަންނަވަނީ. އެހެން ނަމަވެސް ވަރަށް ކްލޯޒް ކަނެކްޝަނެއް، ވަރަށް ގާތް ގުޅުމެއް އޮތް. މިދަންނަވަނީ ހަގީގަތް. އެބޭފުޅާއަށް އެނގިވަޑައިގަންނަވާނެ. ކޮންމެހެން އަޅުގަނޑު ތިބޭފުޅުންނަށް އޮޅުވާކަށެއް ނޫން. ކޮންވެސް ސަބަބުން އޮވެގެން ނަމަވެސް އަޅުގަނޑާ ގާތް ގުޅުމެއް ބާއްވާ،" ގާސިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
14 ފެބުރުއަރީ 2017

މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް

14 ފެބުރުއަރީ 2017
މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް