Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެއްލައިދޫ

ނެއްލައިދޫގައި ''ރަށު ބޮޑު ބާބަކިޔު'' ބާއްވަނީ

20 ނޮވެމްބަރު 2018 | އަންގާރަ 12:11

މިހަރަކާތް އޮންނާނީ މިމަހުގެ 29 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 20 ނޮވެމްބަރު 2018 | އަންގާރަ 12:11
މިހަރަކާތް ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު

މިހަރަކާތް ހިންގުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު

ހދ ނެއްލައިދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުޖުތަމައު އެއްބައިވަންތަ ކުރުމަށް "ރަށު ބޮޑު ބާބާކިޔު" ނަމުގައި ޚާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މިހަރަކާތް ބޭއްވުމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަލީފު ވިދާޅުވީ ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވާ މިހަރަކާތް ކުރިއަށް ގެންދަނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

އަލީފު ވިދާޅުވީ އެދުވަހުގެ ފަތިހު 5:30 އިން 10:30 އަށް އޮންނަނީ މަސްރޭހެއް ކަމަށާއި، މިރޭހުގައި އެންމެ ގިނަ އިން މަސްބާނާ ޓީމާއި، އެންމެ ބަރު ބަސް ބޭނި މީހަކު ހޮވައި އިނާމު ދެވޭނެ ކަމަށެވެ. މިމަސްރޭހަށްފަހު ކުރިއަށް ދަނީ ބާބަކިޔު ކަމަށާއި، މިބާބަކިޔުގައި ބޭނި މަސްތައް ބޭނުން ކުރާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އަލީފު ވިދާޅުވީ މި ބާބަކިޔު ހުރިހާ ގޮތަކުން ތަފާތުވާނެ ކަމަށާއި، މި ބާބަކިޔުގައި ހަރު އުމުރުފުރާގެ މީހުންނަށް ސާރވް ކޮށްދޭނީ ޒުވާނުން ކަމަށެވެ. އެ މީހުން އެއްވެސް ކަމެއް ކުރަން ނު ޖެހޭނެ ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުޑަ ކުދިންނަށް ޚާއްސަކޮށްގެން ވެސް ބުފޭ އެއް ހަދާނެ ކަމަށާއި، ކުޑަ ކުދިންނަށް ޚާއްސަކޮށް ކެޔުން ތައްޔާރު ކުރާނެ ކަމަށެވެ.

"ހުރިހާ ރައްޔިތުން ވެސް ގުޅިގެން އެއްބައިވަންތަ ކަމާ އެކު މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުން އެދޭ އެދުމަކީ. ކަމެއް ފުރިހަމަ ވެގެން ދާނީ ކޮންމެ ގޮތެއް ވިޔަސް އެރަށެއްގެ އެ މުޖުތަމައުގައި ދިރިއުޅޭ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި އެހެންވީމަ މިކަމުގައި ރަށުގެ ކުދިބޮޑު އެންމެން އެއްބާރުލުން ދިނީމަ" އަލީފު ވިދާޅުވިއެވެ.

އަލީފު ވިދާޅުވީ މިހަރަކާތަށް ކައުންސިލަރުންނާއި، ސަރުކާރުގެ މުއައްޒަފުންގެ ވެސް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.

"މިބާބަކިޔު ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ. އެންމެ އެއްކަހަލަ ޓީޝާޓު ލައިގެން އުޅޭނީ. މިހާރު 130 ޓީޝާޓު ވިކިއްޖެ. އެއީ ހަމައެކަނި މިކަމަށް ޚާއްސަކޮށް އަޅުގަނޑުމެން އޯޑަރު ޖެހި ޓީޝާޓު. މި ޓީޝާޓެއް ވިއްކަނީ 100 ރުފިޔާއަށް. ލިބޭ ރުފިޔާ މިކަމަށް ހަރަދު ކުރާނީ" އަލީފު ވިދާޅުވިއެވެ.

މިހަރަކާތުގައި އިސްވެ މަސައްކަތް ކުރައްވާ އަލީ އިމްރާން ވިދާޅުވީ މިއީ ރަށުގެ އެންމެން އެއް ތަނަކަށް ގެނެސް އެކުވެރި މާހައުލެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށާއި، މިހަރަކާތުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މި ބާބަކިޔުގައި 400 އާއި 500 މީހުން ބައިވެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަލީ އިމްރާން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ

"އެގިވަޑައިގަންނަވާނެ ރާއްޖޭގައި ސިޔާސީ ކަންތައްތައް ކުރިއަށް ގޮސްފައިވާ ގޮތް. ރިޔާސީ އިންތިޚާބު ވެސް ނިމިގެން ދިޔައީ. ފާއިތުވެގެން ދިޔަ ދުވަސްކޮޅުގައި ވަރަށް ބޮޑަށް މިއޮންނަނީ ޕާޓީތަކަށް ބައިބައިވެފައި. މިސާލަކަށް ގިނައިން މިފެންނަނީ އެއް ޕާޓީއެއްގެ ބޭފުޅުން ބޮނޑިބަތް ހަދާލައިގެން އެޕާޓީގެ ތެރޭގައި. އަނެއްޕާޓީ ވެސް އެކަހަލަ ގޮތަކަށް މިއުޅެނީ. މިކޮންސެޕްޓް އެއްކައިރި ކޮށްލާފަ އަޅުގަނޑުމެން ބޭނުންވަނީ މުޅި ރަށުގެ ރައްޔިތުންނަކީ އެއް ބަޔެއްކަން ހާމަކޮށްދޭން" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައުމާއި، ރަށަށް ހެޔޮ ބަދަލު ގެނައުމަށް ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށްފަހު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ހަރަކާތުގެ މެއިން ސްޕޮންސާރ އަކީ ކުޅުދުއްފުށީގެ ފިހާރަ އެއް ކަމަށްވާ ބައުންޓީ ޝޮޕެވެ. މިހަރަކާތުގެ ކޯސްޕޮސަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް