Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ކުށްވެރިން

ދެ ފަނޑިޔާރުންނާއި، މުހުތާޒާއި، ނިހާން ގޭ ބަންދަށް ބަދަލުކޮށްފި

19 ނޮވެމްބަރު 2018 | ހޯމަ 12:14

އެ ހަތަރު ބޭފުޅުން ގޭ ބަދަށް ބަދަލުކުރުމަށް މާލެ ގެނެސްފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 ނޮވެމްބަރު 2018 | ހޯމަ 12:14
ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންނާއި، ނިހާން އަދި މުހުތާޒް

ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންނާއި، ނިހާން އަދި މުހުތާޒް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ ހަތަރު ބޭފުޅުން ގޭ ބަދަށް ބަދަލުކުރުމަށް މާލެ ގެނެސްފައި ވަނީ އާދިއްތަ ދުވަހުގެ އިރު އޮއްސި 06:20 ހާއިރުއެވެ. ގޭ ބަންދަށް ބަދަލުކުރުމަށް 4 ބޭފުޅުން ވެސް މާލެ ގެނެސްފައި ވަނީ އެކީގައެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރެއްވި އިރު ވެލެއްވި ވައުދުތަކުގެ ތެރޭގައި ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ކުށްވެރިން އެފަރާތްތަކުގެ އާއިލާ އާއި އެކު ތިއްބެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން ހިމެނެއެވެ. އަދި ނުހައްގުން ޖަލަށް ލާފައިވާ ފަރާތްތައް މިނިވަން ކުރުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ.

މި ހަތަރު ބޭފުޅުން ގެއަށް ބަދަލުކުރި އިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް 2 މައްސަލަ އެއް ސާބިތުކޮށް އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ހަމަ މިއާއި އެކު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރުކުރުމަށް އަމުރެއް ތައްޔާރުކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.

މި ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވާ އިރު، މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ބަދަލުކުރާނެ ކަމަށް ބެލެވެއެވެ.

ނުހައްގުން ޖަލަށްލާފައިވާ ފަރާތްތައް ރައީސް ސޯލިހުގެ ވެރިކަމުގައި މިނިވަން ކުރުމަށް ނިންމަވާފައިވާ އިރު، ޖަލު އެކިއެކި ހުކުމް ކުރެވިފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ހުކުމް ރިވިއު ކުރުމަށް ނިންމައި، އެ ބޭފުޅުން މިހާރު ވަނީ މިނިވަންކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ މިނިވަންކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
02 ފެބުރުއަރީ 2017

ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި

02 ފެބުރުއަރީ 2017
ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް