ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 16:34
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުން
ރާއްޖެއެމްވީ
ރާއްޖެ - އިންޑިއާ
އިންތިހާބީ ރައީސާއި މޯދީ ބައްދަލު ކުރައްވާނެ!
އިބޫ އާއި މޯދީ ބައްދަލުކުރައްވާނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު
މިއީ މޯދީ ރާއްޖެ ކުރައްވާ ފުރަތަމަ ދަތުރުފުޅު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯތީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބީ ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ ހަވީރު 05:00 ގައި ބާއްވާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

މިއީ މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ފާއިތުވެދިޔަ ފަސް އަހަރުގައި އިންޑިއާގެ ބޮޑުވަޒީރަކު ރާއްޖެވަޑައިގަންނަވާފައެއް ނުވެއެވެ. އިންޑިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ. އެގޮތުން އޭރުގެ އިންޑިއާގެ ބޮޑުވަޒީރު އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ ރާއްޖެއަށް ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރައްވާފައިވެއެވެ.

މި ފާއިތުވެދިޔަ ފަސް އަހަރުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވާ ކޮންމެ ދަނޑިވަޅެއްގައި ކަންކަން އިސްލާހު ކުރުމަށް އިންޑިއާ އިން ގޮވާލަމުން ދިޔައެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ އިރު ސަރުކާރުގެ ނިންމުންތަކަށް ފާޅުގައި އިންޑިއާ އިން ފާޑުކިޔަމުން ގެންދެވިއެވެ. މިކަމާ ގުޅިގެން ސަރުކާރުން ހާއްސަކޮށް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ދިޔައީ އިންޑިއާއަށް ފާޑުކިޔަމުންނެވެ.

އިންތިހާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ބޮޑުވަޒީރު ވަޑައިގެންނެވުމަކީ އާ ސަރުކާރާ އެކު އިންޑިއާގެ ގުޅުން ރަނގަޅުވެގެންދާނެ ކަމުގެ ހެއްކެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް