Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުން

އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ

ކެމްޕެއިންގައި އިސްކޮން އުޅުނު މީހުނަށް ދައުވަތު ލިބުނު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2018 | އާދީއްތަ 16:02
އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރުމުގެ ހަފްލާއަށް ދީފައިވާ ދައުވަތު ކާޑު:-ގިނަ ބަޔަކަށް ފުރުސަތު ލިބިފައިވޭ

އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރުމުގެ ހަފްލާއަށް ދީފައިވާ ދައުވަތު ކާޑު:-ގިނަ ބަޔަކަށް ފުރުސަތު ލިބިފައިވޭ

ބުނެއުޅެނީ ފަސްކުޅަނދުމަދު ރާއްޖެ ތެރޭ މީހެކޭއެވެ. މާލޭގެ ބޭފުޅެއް ނޫނޭއެވެ. ފައިން ދޮންވެލި ނުހިކޭ ވާހަކައެވެ. މިއީ އިހުތިބީންގެ ތެރޭގައި ވެސް އަތޮޅުތަކާއި މާލެ އާއި އޮތް ތަފާތެވެ. ސީދާ ސީދާ ނުބުންޏަސް ބާއްވަމުން އައި ބޮޑު ތަފާތު ތަކެކެވެ. އެކަމަކު މިއަދު މިފެންނަ މަންޒަރަކީ އާދައިގެ މަންޒަރެއް ނޫނެވެ. އަނެއްކާ ވެސް ރާއްޖޭގެ ތާރީޚްގެ ތެރެއަށް ވަދެގެންދާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ބޮޑު މި ފަދަ ޖަލްސާ އެވެ. މި ޖަލްސާ އެތައް ގޮތަކުން ތަފާތެވެ. އޭގެ ތެރެއިން މި ޖަލްސާ ވެގެން ދަނީ ރާއްޖޭގައި ބޭއްވޭ އެންމެ މަތީ ފަންތީގެ ފެންވަރުގައި މި ފަދަ ޖަލްސާ އަކަށް އާންމު އެންމެ ގިނަ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ޖަލްސާއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީގެ ކުރިން ވަޑައިގެންނެވި ބޭފުޅުން ހުވާ ކުރެއްވުމުގެ ހަފްލާގައި ބައިވެރިވަޑައިގަތުމަށް ފުރުސަތު ލިބިގެން ދަނީ ގައުމުތަކުގެ ވެރިންނަށާއި ދިވެހި ދައުލަތުގެ އިއްޒަތްތެރިންނަށާއި އެހެނިހެން އިސް ބޭފުޅުންނަށެވެ. ނަމަވެސް މި ތާރީޚް މި ފަހަރު މި ވަނީ ބަދަލުކޮށްލާފައި އެވެ. އެ ހާއްސަ ރަސްމިއްޔާތުގައި ރަށްރަށުގައި ތިބި އެންމެ އާދައިގެ ރައްޔިތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތު ވަނީ ލިބިފަ އެވެ. ރަށްރަށުގައި ދިރިއުޅޭ މަސްވެރިންނާއި ދަނޑުވެރިންނާއި އަދި އަމިއްލަ އެހެނިހެން މަސައްކަތްތައް ކުރާ މީހުނަށް ގޭގައި ތިއްބާ ދައުވަތު ކާޑު ވަނީ ފޮނުވާފައި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހިމެނިވަޑައިގަންނަވާ ގޮތަށް ގައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާ ޝަރަފުވެރި އަދި ހައިބަތު ބޮޑު މި ބައްދަލުވުމަށް ދައުވަތު ކާޑު ލިބިގެން ދިއުމުން އާންމުންނަށް ކުރެވުނު އިހްސާސްތައް ވެސް ތަފާތެވެ. މި ދައުވަތު ލިބުން އެންމެ ހައްގުކަން ބޮޑު އެއްބަޔަކީ ރެޔާއިދުވާލު ކެމްޕެއިންތަކުގައި ބުރަކޮށް އުޅުނު އާންމު ރައްޔިތުން ކަމަށް ވިއަސް އެ ފުރުސަތު ލިބިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. މި ހަފްލާގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދިޔައީ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި އަމިއްލަ އަތުން އެތައް ހޭދަ އެއް އާންމުން ކުރި ރައްޔިތު މީހާއަށެވެ. ކާން ބޯންކުރި މަސައްކަތުގެ ވަގުތުތައް އެ ކެމްޕެއިނަށް ގުރުބާންކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް މުޅި ރަށް ޒީނަތްތެރިކޮށް އެންމެ މަތީ ޝަރަފުގައި މަރުހަބާކީ މީހުނަށް އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދު ފުރުސަތު ލިބިގެން ގޮސްފި އެވެ.

2013 ވަނަ އަހަރު ރައީސް ޔާމިން ހުވާ ކުރެއްވުމަށް ބޭއްވި ހަފްލާ:-މި ޖަލްސާ ބޭއްވީ ދަރުބާރުގޭގައި

"ވަރަށް އުފާވެއްޖެ މި ގޮތަށް ދައުވަތު ކާޑެއް ލިބުނީމަ. އަމިއްލަ އަށް އިހްސާސްކުރެވިއްޖެ ކުރި މަސައްކަތް އެ ބޭފުޅުން ބަލައިގެންފިކަން. ރައީސް ސޯލިހަށް ހަމަ ޝުކުރު އަދާކުރަން،" އަތޮޅު ތެރެއިން މި ހަފްލާގައި ބައިވެރިވުމަށް އައި މީހަކު ބުންޏެވެ.

އާންމުންގެ ހިތުގެ ޝުކުރުގެ ޖިޒީ އިބްރާހިމް މުހައްމަދު ސޯލިހަށް ދަނީ ބަންޑުންކުރަމުންނެވެ. ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަހާފައި ދައުވަތު ކާޑުގެ ފޮޓޯގައި ވާ އެމީހެއްގެ ނަމާއެކު ސޯޝަލް މީޑިޔާއަށް ވަނީ ދޫކޮށްލާފައި އެވެ. ހަގީގީ ޝަރަފުވެރިންނަށް ހައްގު މަގާމު މިއަދު ލިބުނު ކަމުގެ އިހްސާސް އެމީހުނަށް ކުރެވޭތީ އެވެ.

އިންތިހާބީ ރައީސް ސޯލިހްގެ ކެމްޕެއިންގެ ތެރެއިން:-އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ގިނަ އާންމުންނަށް ފުރުސަތު ލިބިގެންދޭ

މާލޭ ބޭފުޅުންނާ އެކު އަތޮޅު ތެރޭގެ އެންމެ އާދައިގެ މީހާ ވެސް ރަށުން އައިސް އެ ހުރީ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ދެއްވި ދައުވަތަކަށެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނާ އެކު މަޖިލީހެއްގައި އާދައިގެ މީހާ އިންނަން އެ ފުުރުސަތު ދެއްވި ބޭފުޅަކަށް ވެގެން ދަނީ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ވީހާވެސް ގިނަ ރައްޔިތުނަށް އެ ފުރުސަތު ދިނުމަށް މާލޭ ގަލޮޅު ބޯޅަ ދަނޑުގައި އެ ރަސްމިއްޔާތު ބާއްވަން ނިންމެވީ ރައީސް ސޯލިހެވެ. ދެން އަންނަ ރައީސަކު ވެސް މި ނޫން ގޮތަކަށް ދެން މިކަން ކުރުން ވެސް ވާނީ ހުތުރުކަމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު