Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމްގެ މައްސަލަ

ޕީޕީއެމްއާއި ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ ރޭ ކުރަން އުޅުނު ހުކުމް ފަސްކޮށްފި

އަޑުއެހުން ކެންސަލް ކުރީ އިދާރީ މައްސަލައަކާ ހުރެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2018 | ހުކުރު 05:30
ޕީޕީއެމްގެ ކޮންގްރެސް: ކޮންގްރެސް ނިންމުންތައް ވަނީ ބަލައިނުގަންނަން ވަނީ ނިންމާފައި

ޕީޕީއެމްގެ ކޮންގްރެސް: ކޮންގްރެސް ނިންމުންތައް ވަނީ ބަލައިނުގަންނަން ވަނީ ނިންމާފައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލު ކުރުމަށް އެޕާޓީން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ކުރަން އޮތް ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް "ރާއްޖެއެމްވީ" އަށް ވިދާޅުވީ އެ މައްސަލާގައި ހުކުމް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ 8:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކުރީ އިދާރީ މައްސަލަ އެއް ކުރިމަތިވެގެން ކަމަށެވެ. ދެން އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ބާއްވާނެ ތާރީޚެއް ފަހުން ޝެޑިއުލް ކުރާނެ ކަމަށް އަމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި އެންމެ ފަހު އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ބުނީ ދެން އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

ޕީޕީއެމްގެ ހިންގުމުގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމަށްފަހު، އެ ޕާޓީ ހިންގުމުގެ ބާރު ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށެވެ. ސިވިލް ކޯޓުގެ ހުކުމަކުން 2016 ވަނަ އަހަރު ރައީސް ޔާމީނަށް ޕީޕީއެމް ހިންގުމަށް ހަވާލު ކުރި ހުކުމްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ބެލުމުގެ ދަށުން އެ ޕާޓީގެ ގައުމީ ޖަލްސާ އެއް ނުވަތަ ކޮންގްރެސް އެއް ބޭއްވުމަށެވެ. ނަމަވެސް އެ ޕާޓީން ކޮންގްރެސް ބާއްވާފައި ވަނީ ރައީސް ޔާމީނާއި ކޯޓުން, ޕީޕީއެމް ހަވާލުކުރިތާ ދެ އަހަރު ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ބައެއް މެމްބަރުން ބައިވެރިވި ކަމަށެވެ.

މީޑިއާތަކަށް އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދިޔަ އެ ކޮންގްރެސްގައި ޕާޓީގެ ރައީސަކަށް ރައީސް ޔާމިނާއި ތިން ނާއިބު ލީޑަރުން ވަނީ ހޮއްވަވާފައެވެ. އީސީން ބުނީ ޕީޕީއެމްގެ ނިންމުންތައް ވެސް ބަލައި ނުގަތީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކާ ހިލާފަށް ކޮންގްރެސް ބާއްވައި، ކަންކަން ފުރިހަމަކޮށްފައި ނުވާތީ ކަމަށް އީސީން ބުންޏެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބުނަނީ އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ އެޕާޓީގެ މެންބަރުންނަށް ވާތާ ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ކަމަށެވެ. ޕާޓީގެ އެފަދަ އަސާސްތަކާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެވޭނެ ޖާގައެއް ނެތް ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް ނިންމާފައި ވަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު