Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިހާބީ ރައީސް ސޯލިހު

އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން

16 ނޮވެމްބަރު 2018 | ހުކުރު 04:47

އިތުރު ކާޑު މިއަދު ފޮނުވާދޭން ވަނީ އެދިފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 ނޮވެމްބަރު 2018 | ހުކުރު 04:47
އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރުމަށް ބާއްވާ ހަފްލާގެ ދައުވަތު ކާޑު

އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރުމަށް ބާއްވާ ހަފްލާގެ ދައުވަތު ކާޑު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިޔާތަށް ވަޑައިގަތުމަށް ދައުވަތު ކާޑު މަޖިލީހުން އިންތިހާބީ ރައީސްގެ އޮފީހަށް ފޮނުވާފައި ވަނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުންކަން އެނގިއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އިތުރު ދައުވަތު ކާޑު ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ސިޓީ އެއް ރާއްޖެއެމްވީ އަށް ވަނީ ލިބިފަ އެވެ. މި ސިޓީން އެނގޭ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ މަޖިލިސް ޖަލްސާ އަށް އިންތިހާބީ ރައީސްގެ އޮފީހުން ދައުވަތު އަރުވާނެ އަދަދަށް ވަނީ ކުރިން އެއްބަސްވެވިފައި އެވެ.

އެގޮތުން 11000 ކާޑަކީ އިންތިހާބީ ރައީސްގެ އޮފީހަށް ފޮނުވައިގެން އެ އޮފީހުން އެކި މީސްމީހުނަށް ފޮނުވާނެ ކާޑު ކަމަށް ކުރިން މަޖިލީހާ އެކު އެއްބަސްވެފައިވާ ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން އިންތިހާބީ ރައީސްގެ އޮފީހާ ހަވާލުކޮށްފައި ވަނީ 9238 ކާޑު ކަމަށާއި އެހެން ކަމުން އެ އޮފީހުން ދައުވަތު އަރުވާނެ ކަމަށް އަންގާފައިވާ ފަރާތްތަކަށް ދައުވަތުކާޑު ވަނީ ފޮނުވޭގޮތް ނުވެފައި ކަމަށް އެ އޮފީހުން ވަނީ މަޖިލީހަށް އަންގާފައި އެވެ.

"ވީމާ އެއްބަސްވެފައިވާ ގޮތުގެ މަތިން މި އޮފީހަށް ދެއްވަން ހަމަޖެހިފައިވާ ޖުމްލަ އަދަދުގެ ތެރެއިން މިހާތަނަށް މި އޮފީހަށް ނުލިބިހުރި 1762 ކާޑު މި އޮފީހަށް ލިބޭނެ ގޮތް ހައްދަވާ ދެއްވުން އެދެމެވެ،." މަޖިލީހަށް އިންތިހާބީ ރައީސްގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

އެއްބަސްވެފައިވާ މިންވަރުން މަދުވާ އަދަދަށްވާ ކާޑުތައް މިއަދުގެ ވަގުތެއްގައި އަވަހަށް ފޮނުވައިދެއްވުމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރެއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި ރަސްމިޔާތުގައި ބޭރު ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިން ބައިވެރިވަޑައިގަންނަވާނެ އެވެ. މި ހަފްލާއަށް 11000 އަށްވުރެ ގިނަ މީހުނަށް ދައުވަތު އަރުވާނެ އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

29 މާރިޗު 2017
އެމްޑީޕީގެ ސެކްޓްރީ ޖެނެރަލް އަނަސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
29 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި

29 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
24 މާރިޗު 2017

ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

24 މާރިޗު 2017
ފާރިސް އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
16 މާރިޗު 2017

ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް

16 މާރިޗު 2017
ފ. އަތޮޅު ވިއްކުމާ ދެކޮޅު ބެނާތަކެއް ޕްރިންޓް ކޮށްގެން ކަމަށް ބުނެ ޝާވިން ފުލުސް އޮފީހަށް
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް