Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަސްޓަމްސް ތަފާސް ހިސާބު

މިދިޔަ މަހު 3.9 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އިމްޕޯޓްކޮށްފައިވޭ

އޮކްޓޯބަރު މަހު 409.1 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2018 | ބުދަ 12:36
އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު

ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިވެހިރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދު ވަނީ 3.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 އިންސައްތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓް ކޮށްފައިވާއިރު، ސިންގަޕޫރުން 16 އިންސައްތަ އަދި ޗައިނާއިން 13 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ހުސްވި އޮކްޓޯބަރު މަހު %6.5 އިތުރުވެފައެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 280.9 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވަނީ 263.8 މިލިއަން ރުފިޔާ އެވެ.

ފާއިތުވި އޮކްޓޯބަރު މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 އޮކްޓޯބަރު މަހާ އަޅާބަލާއިރު 37 އިންސައްތަ ވަނީ ދަށްވެފައެވެ. 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 409.1 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހު އެކްސްޕޯޓް ކުރި މުދަލުގެ މިންވަރަކީ 257.1 މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޮކްޓޯބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 19.8 އިންސައްތަ އިނގިރޭސި ވިލާތަށް އެކްސްޕޯޓް ކޮށްފައިވާއިރު، އެމެރިކާއަށް 15.5 އިން ސައްތަ، ޖަރުމަން ވިލާތަށް 14.2 އިންސައްތަ އަދި ސްރީލަންކާއަށް 10.2 އިންސައްތަ އެކްސްޕޯޓް ކޮށްފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއަށް ވަނީ 3.78 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު