Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމު ބާރަތު

'ބާރަތު' ގެ ޝޫޓިން އަށް މަޝްހޫރު ވާގާ ބޯޑަރު އަލުން ހަދައިފި

މި ފިލްމްގައި ސަލްމާންގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ނޮވެމްބަރު 2018 | އަންގާރަ 05:56
ފިލްމު \'ބާރަތު\'ގެ ޝޫޓިންގެ ތެރެއިން ސަލްމާނާއި ވަރުން ދަވަން

ފިލްމު \'ބާރަތު\'ގެ ޝޫޓިންގެ ތެރެއިން ސަލްމާނާއި ވަރުން ދަވަން

ފިލްމް "ބާރަތު"ގެ ޝޫޓިންއަށް ޕާކިސްތާނުގެ މަޝްހޫރު ވާގާ ބޯޑަރު، ޕަންޖާބުގެ ލޫދިއާނާގައި އަލުން ހަދައިފިއެވެ.

ސަލްމާން ޚާނާއި ކެޓްރީނާ ކައިފް މިވަގުތު ތިބީ "ބާރަތު"ގެ ޝޫޓިންއަށް ޕަންޖާބުގައެވެ.

މިފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވީ ފިލްމުގެ ޝޫޓިން ވާގާ ބޯޑަރު ކައިރީގައި ނަގަން ކަމަށް ވީނަމަވެސް ޕާކިސްތާނުގެ ބޯޑަރު ކައިރީގައި ޝޫޓިން ކުރިއަށްގެންދިއުމަކީ ރަނގަޅު ކަމެއް ކަމަށް ނުބެލެވޭތީ ވާގާ ބޯޑަރު އަސްލަކަށް ބަލައިގެން ލޫދިއާނާގައި ވަނީ މިބޯޑަރު އަލުން ހަދާފައެވެ.

އަލީ އައްބާސް ޒަފަރުގެ މިފިލްމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މިފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ ޕަންޖާބާއި، މުމްބާއީ، ދިއްލީ، އަދި މޯލްޓާގައެވެ.

ސަލްމާން ޚާންގެ ފިލްމް "ބާރަތު"ގައި އޭނާގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގައި ސަލްމާންގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ ފަސް ސިފައެއް ފެނިގެން ދާނެއެވެ. އެގޮތުން ސަލްމާން އޭނާގެ ޒުވާން ދުވަސްވަރު ކެރިއަރ ފެށުނުއިރު ކުޅެފައިވާ ފިލްމް މައިނޭ ޕްޔާރްކިޔާ އިން ފެނިގެންދާ ގޮތުން ފެށިގެން މިހާރާއި ހަމައަށް ދައްކުވައިދޭނެއެވެ.

މީގެ ކުރިން ވެސް ވަނީ "ބާރަތު"ގެ ސެޓްގައި އޭނާގެ ފޭންއަކާ އެކު ނަގާފައިވާ ފޮޓޯއެއް ލީކް ވެފައެވެ.

އަލީ ވެސް ވަނީ "ބާރަތު"ގެ އޮފިޝަލް ޕޭޖްގައި އެ ފިލްމްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ނަމަވެސް އެ ފޮޓޯގައި ސަލްމާންގެ ސިފަ އެހާ ބޮޑަށް ސާފެއް ނުވެއެވެ.

"ބަރާތު"ގައި ސަލްމާނާ އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ. އެ ރޯލަށް ފަހުން ހަމަޖައްސާފައި ވަނީ ކެޓްރީނާ ކައިފެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒްކުރާ މި ފިލްމް "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލްތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު