Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އަބުރުގެ ގާނޫނު ބާތިލް ކުރުމަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

12 ނޮވެމްބަރު 2018 | ހޯމަ 10:21

އަބުރު ގާނޫނު ބާތިލްކުރަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ނޮވެމްބަރު 2018 | ހޯމަ 10:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ބަލައިގަންނަން މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލުމަށް ހުށަހަޅާފައިވާ ބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައި ވަނީ 48 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ބަލައި ނުގަންނަން 17 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ދެ މެމްބަރަކު ތިއްބެވިއެވެ.

Advertisement - newsAdvertisement

އެބިލް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އަބުރު ގާނޫނު އުވާލަން ކުރަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުއެވެ.

އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވުމަށް ފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މި ވައުދަކީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއް ވައުދު ކަމަށެވެ.

އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާއި އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަށް ރައްކާތެރިކޮށް ދިނުމުގެ ހައްގާއި އުސޫލްތަކާއި ތައާރުޒުވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަނެއް ސަބަބަކީ ޔޫޑީއެޗްއާރް އަދި މަދަނީ ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވަމީ އަހްދު, އައިސީސީޕީއާރް ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ހަމަތަށް ދިވެހިރާއްޖޭގައި އިންތިޒާމްވާ ގޮތް ކަމަށް ބުނެދިނުމަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި 11 އޮގަސްޓް 2016 ވަނަ ދުވަހުން ފެށިގެން އަމަލްކުރަމުން އައިސްފައިވާ ގާނޫނުގެ ސަބަބުން, ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީ ނުވަތަ އުނިކަން ލިބިފައިވާތީ ކަމަށެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލްކޮށް ތަންފީޒްކުރުމުގެ ސަބަބުން ޤާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކާއި މައްސަލަތަކާއި ކުރިމަތިލާންޖެހިފައި ވާތީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އުސޫލްތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ބައިނަލްއަގްވާމީ ގާނޫނީ ހަމަތަކާއި އުސޫލްތަކާއި މި ގާނޫނުގެ ސަބަބުން ތައާރަޒްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ 27 ވަނަ މާއްދާ 28 ވަނަ މާއްދާ 37 ވަނަ މާއްދާ 43 ވަނަ މާއްދާ 56 ވަނަ މާއްދާ އަދި 61 ވަނަ މާއްދާ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަމުގެ ބާރުކެޑިދާ ގޮތަށް ހެދިފައިވާ ޤާނޫނެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާ އަދި 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަން އުނިކަން ލިބޭ ގޮތަށް ކަންކަން ބަޔާންކޮށްފައިވާ ގާނޫނެއް ކަމަށެވެ.

މިހާރު ހުށަހަޅުއްވާފައިވާ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވިއްޖެ ނަމަ އާއްމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ނަގައިދިނުމާއި ބެހޭ ގަވާޢިދު އަލުން ހިމަނައި އެ ގަވާޢިދުގެ ބެލެނިވެރިކަން ގާނޫނެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ބިލް ބާތިލްކުރަން ހުށަހެޅުއްވީ ރައްޔިތުންގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެތައް ބޭފުޅުންނަކަށް ލިބިފައިވާ އަނިޔާތަކާއި ދުއްތުރާތަކާއި ނިގުޅައިގެންފައިވާ ހައްގުތަށް ހަދާންކުރަމުން ކަމަށެވެ.

"އަހްމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަތިން ހަދާންކުރަމުން. ބިލް ހުށަހަޅާފައިވަނީ ރާއްޖޭގެ ނޫސްވެރިންނަށް ރާއްޖޭގެ ރިޕޯޓަރުންނަށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް މި ދިޔަ އަހަރުތަކުގައި ލިބެމުން ދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި ހިތްދަތިކަން ތަހައްމަލް ކުރަމުން. ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގައި އެޅުވިފައިވާ ހިލިހިލާތައް ބުރިބުރިކޮށްލުމުގެ ބޭނުމުގައި" ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް