މަރުވިޔަސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ ތަހުގީގުތަކާ ކުރިމަތިނުލައްވައި ބޭސްފަރުވާއަށް ފުރާވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި، ބައެއް މައްސަލަތަކުގައި ހުކުމްކޮށްފައިވާ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، ތިން އަހަރު ވަންދެން ރާއްޖެއިން ވެސް އެކަށީގެންވާ ބޭސްފަރުވާ ނުދީ ނާއިންސާފާއި އަނިޔާގައި އަދީބު ހޭދަކޮށްފައިވާ ކަމަށެވެ. މިކަމާ ޒިންމާވާނެ އެއްވެސް އިދާރާއެއްވެސް ނެތް ކަމަށާއި އިންސާފު ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އަދީބު ސިއްހީ ހާލުކޮޅު ގޯސްވި ނަމަވެސް އެހާލުގައި އަދީބު ވިދާޅުވަނީ، އިންތިހާބީ ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުލުންދެއްވާނެ ކަމަށެވެ. އެކަންކަމާ ކުރިމަތިނުލައްވައި ބޭސްފަރުވާއަށް ވެސް ރާއްޖެއިން ބޭރަށް ފުރާވަޑައިނުގަންނަވާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ނަޝްވާ ވަނީ ޓްވީޓްގައި ހާމަކުރައްވާފައެވެ.
Adeeb ah mihaaruves alhaa veyn fenaanee alhugandah “3 aharu v raajeyn ves ekasheegenva beysfaruvaa nudhee insaafu nulibi torture kuraatha. Ekamu ekamaa zinmaavaane muassasaa eh idhaaraa miadhaku nei. Huriha thanakunves Adeeb v ma dhanee beyinsaafun kankan kuramun. 1/1 https://t.co/tBOJ0jqotC
— Nash (@maryam_nashwa) November 12, 2018
Ekamaku miadhu ves Ehaaluga hospitalugai ove Adeeb vidhaalhuvee “maruviyas Raees solih ge sarukaarun hinga thahugeeq thakah kurimathi nulaa beysfaruva ah nufuraanekamah, Adeeb eh kiyaigen dhakaa saabithu nuhifey dhogu vaahakathah insaafuveri thahugeeqakun saafuvaane kamah” 1/2
— Nash (@maryam_nashwa) November 12, 2018
އަދީބޭ ކިޔައިގެން ދައްކާ ސާބިތު ނުހިފޭ ދޮގު ވާހަކަތައް އިންސާފުވެރި ތަހުގީގަކުން ސާބިތުވާނެ ކަމަށް ނަޝްވާ ވިދާޅުވިއެވެ.
ޖަލުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ގޯސްވުމުން އަދީބް އެމަޖެންސީކޮށް އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އަދީބްގެ ދެ ކިޑްނީގައި ވެސް ހިލަ އުފެދިފައިވާއިރު، ވައަތު ކިޑްނީގައި އުފެދިފައިވާ ހިލަ، ކިޑްނީ އާއި ބްލެޑަރ ގުޅުވައިދޭ ހޮޅިއަށް ވަނީ ފައިބާފައެވެ. އޭގެ ސަބަބުން އުފެދިފައިވާ ތަދު ކޮންޓްރޯލް ކުރުމަށް އިންޖެކްޝަން ބޭނުންކުރަމުންދާއިރު، ފުރަތަމަ މަސައްކަތް ކުރަމުންދަނީ ލޭޒަރ ޓްރީޓްމަންޓަކަށް ނުގޮސް، ބޭސް ދީގެން ހިލަ ނައްތާލުމަށެވެ. މިގޮތަށް ހިލަ ނައްތާ ނުލެވިއްޖެ ނަމަ ލޭޒަރ ޓްރީޓްމަންޓެއް ހެދުމަށް ޑޮކްޓަރުން ދަނީ ތައްޔާރުވަމުންނެވެ.
ސިއްހީ ހާލުކޮޅު ގޯސްވެ އެޑްމިޓް ކުރެވިފަ އޮތް ވަގުތެއްގައި ކުއްލި ގޮތަކަށް ފުލުހުން އަދީބުގެ ސެކިއުރިޓީ ދޫކޮށްލައި، ހޮނިހިރު ދުވަހުގެރޭ ކަރެކްޝަންއާ ސެކިއުރިޓީ ވަނީ ހަވާލުކޮށްފައެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު އަދީބްގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓްތަކާ ގުޅިގެން މީގެ ތިން އަހަރު ކުރިން އަދީބް ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރުން އަންގަވާފައި ވީނަމަވެސް އެ ފުރުސަތު ސަރުކާރުގެ އިދާރާތަކުން އަދިވެސް އަދީބަށް ދީފައެއް ނުވެއެވެ.އަދީބްގެ ލޮލަށް ގްލުކޯމާ ކިޔާ ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު، އެ ބައްޔަށް ވެސް އެންމެ އެކަށޭނަ ފަރުވާއެއް ލިބެމުން ނުދާ ކަމަށް އަދީބުގެ އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.
އަދިބުގެ މައްޗަށް ވަނީ ދިގު މުއްދަތުތަކެއްގެ ހުކުމްތަކެއް ކޮށްފައެވެ. އެގޮތުން ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި ވެސް ހުކުމެއް އައިސްފައިވެއެވެ. އަދި ފިސްތޯލަ ގެންގުނު މައްސަލައާ ގުޅިގެން ވެސް ވަނީ ހުކުމްކޮށްފައެވެ. މި ހުކުމްތަކާ އެކު އަދީބުގެ މައްޗަށް އިއްވާފައިވާ ޖުމްލަ 33 އަހަރަށް ވުރެ ގިނައެވެ.