ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 08:22
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީސް
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ގާސިމް ފުރަތަމަ ފަހަރަށް ރިޔާސަތު ބަލަހައްޓަވާނެ
މަޖިލީހުގައި ތިން ބަހުސެއް ކުރިއަށްދާނެ
މަޖިލީސް ފަށާނީ ހެނދުނު 09:00 ގައި

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ހޮވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ފުރަތަމަ ފަހަރަށް މާމިގިލީ ދާއިރާގެ މެންބަރު ލީޑަރު ގާސިމް އިބްރާހިމް މިއަދު ބަލަހައްޓަވާނެއެވެ.

މިމަހުގެ 1 ވަނަ ދުވަހު، މަޖިލީހުގެ ރައީސްކަމަށް ގާސިމް ހޮވިވަޑައިގަތީ 62 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމްއާ ވާދަކުރެއްވި ފޮނުދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

މަޖިލީހުގައި ރައީސަކު ހޮވުމަށް މެންބަރުންގެ މެދުގައި ސިއްރުވޯޓެއް ނަގާފައި ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.  މަސީހު އިސްތިއުފާދެއްވީ އިތުބާރު ނެތް ކަމަށް ހުށަހަޅާނާފައި ވަނިކޮށެވެ. ގާސިމް މީގެ ކުރިން ވަނީ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ގާނޫނު އަސާސީ ފާސްކުރުމަށްޓަކައި އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން 2004 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ގާސިމް ފުރުއްވިއެވެ.

މަޖިލީހުގައި ގާސިމް މަސައްކަތް ކުރައްވާތާ 18 އަހަރު ވަނީ ވެފައެވެ. މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ފެނުނު ނާއުންމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށާއި މަޖިލީހުގ މަސައްކަތްތައް ކުރައްވާނީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ ބިލަށް ބަހުސް ކުރުން ވެސް އޮންނާނެއެވެ. އޭގެ އިތުރަށް ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ހުށަހަޅުއްވާފައިވާ ރާއްޖޭގެ ބޭންކިންގއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުން ކުރިއަށްދާނެއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅާފައިވާ މެންބަރު ގުރައިދޫ ދައިރާގެ މެންބަރު އިބްރާހީމް ރިޒާ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީސް ތަޅުމަށް ހުށަހަޅާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 ނޮވެންބަރ 2018 | ހޯމަ 09:45
ފގބ
ކޮބާއެއްކަލަ ޖިންސީ ފުރައްސާރަ މިނިސްޓަރުގެ ވާހަކަ އޮބުނީތަ؟ އޮއްބާލީތަ؟