Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބީ ރައީސް ސޯލިހު

ޖުމްހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުސޫލުން ހިންގޭ ރައްޔިތުންގެ ވެރިކަމެއް: އިންތިޚާބީ ރައީސް

11 ނޮވެމްބަރު 2018 | އާދީއްތަ 12:58

އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުންކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ނޮވެމްބަރު 2018 | އާދީއްތަ 12:58
އިންތިޚަބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު

އިންތިޚަބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު

ޖުމުހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުސޫލުން ހިންގޭ ރައްޔިތުންގެ ވެރިކަމެއްކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު އާދީއްތަ ދުވަހު ފުރިފައިވާއިރު، މި ރަންޔޫބިލްގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޮނުއްވަމުން އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ޖުމުހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެެއްކަމަށެވެ. އަދި މަޝްވަރާގެ ރީތި އުޞޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމްކުރެވޭ ވެރިކަމެއްކަމަށެވެ.

Advertisement - newsAdvertisement

މި ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުންކަމަށާއި، އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާން ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުންކަމަށް ބަޔަނުގައިވެއެވެ. އަދި އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބު ރާލުމަކީ ވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެއް ކަމަށް އިންތިޚާބީ ރައީސްގެ މި ބަޔަނުގައި ވިދާޅުވެފައިވެއެވެ.

"ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުންނަށް ހުރީ ރައްޔިތުންގެ ނިންމުމާއި ރުހި ކިޔަމަންވުންކަމީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާއެވެ" މި ބަޔާނުގައިވެއެވެ.

ވެރިއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ވާނީ އެތަނެއްގައި ޢަދުލު އިންޞާފު ޤާއިމު ކޮށްދިނުން ކަމަށް ދެކިވަޑާއިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔާއަކަށް ބަދަލުވުމަށްފަހު ވޭތުވެ ދިޔަ 10 ދައުރުގައި މިކަން ކުރެވިފައި ވަނީ ކިހައި މިންވަރަކަށް ކަމާއި، އެ ދައުރުތަކުގައި ވެރިން ކުރެއްވި މަސައްކަތަކުގެ ފޮނިކަން ނުވަތަ ހިތިކަން ލިބިވަޑައިގެންފައި ވަނީ ކިހައި މިންވަރަކަށްކަން ނިންމަވާނީ ދިވެހި ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ.

ދައުލަތެއްގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންކަމާއި، މަޤާމުތަކަށް އިންތިޚާބުވުމަކީ ރައްޔިތުން ޙަވާލުކުރާ ޒިންމާއެއް ކަމާއި، އެއީ އެރުވޭ ޝަރަފެއް ނޫންކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމާއި ހަނދާން ކޮށްދިނުމަކީ ވެސް އެމަނިކުފާނުގެ ވާޖިބެއްކަމުގައި ދެކޭކަމަށް އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ނެރުއްވި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމުހޫރީ ޙަޔާތުގެ ތާރީޚަކީ ދިވެހިރައްޔިތުންގެ ޤުރުބާނީތަކާއި، ޤައުމަށް ހުރި ލޯބި ރަމްޒުކޮށްދޭ ހަނދާންތަކެކެވެ. 1 ޖެނުއަރީ 1953 ގައި، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާގެ ހުވާ ކުރެއްވުމާއެކު، ދިވެހި ދައުލަތުގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމްވެގެންދިޔައެވެ. 7 މަހާ ދުވަސް ކޮޅަކަށް ދެމި އޮތް މި ވެރިކަން، 7 މަރޗް 1964 ގައި ނިމުމަކަށް އައިސް އަނެއްކާވެސް ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. މިފަހަރު ރަސްކަމަށް އިސް ކުރެވުނު އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން ނިމުނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު، ދެ ވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްވެ، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމުންނެވެ. އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި އެ ޢިބުރަތްތެރި، ޙިކުމަތްތެރި މަސައްކަތްތަކުގެ ހަނދާންތަކެވެ.

އިންތިޚާބީ ރައީސްގެ ބަޔާން ނިންމަވާލައްވަަމުން ދިވެހި ޤައުމަށް ބާއްޖަވެރި ކުރިމަގެއް ދެއްވައި، އަދި މިފެށޭ ރިޔާސީ ވެރިކަމުގައި ދިވެހި ރައްޖެއަށް އަމާންކަމާއި ޞުލްޙަވެރިކަމާއި ކުރިއެރުން މިންވަރު ކުރެއްވުމަށް އެދި ދުއާދަންންވާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް