Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް އިންޑަސްޓްރީ

ޔާމީން ރަޝީދުގެ އެނިމޭޓެޑް ފިލްމު ބަގީޗާ ޕްރިމިއަރ ކޮށްފި

10 ނޮވެމްބަރު 2018 | ހޮނިހިރު 17:24

ފިލްމް ޕްރިމިއާކޮށްފައި ވަނީ ހޮނިހިރު ދުވަހު ހަވީރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ނޮވެމްބަރު 2018 | ހޮނިހިރު 17:24
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޝުވެކް ސިނަމާގައި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޝުވެކް ސިނަމާގައި

ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ މާކަނާ ޝޯވ އުފެއްދި ޔާމިން ރަޝީދުގެ އާ އެނިމޭޝަން ފިލްމް "ބަގީޗާ" ޕްރިމިއަރ ކޮށްފިއެވެ. ފުރަތަމަ ދިވެހި އެނިމޭޓެޑް ފީޗާ ފިލްމު، ބަގީޗާ ޕްރިމިއާ ކުރީ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ ޝުވެކް ސިނަމާގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި ބައެއް މަޖިލީސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު މި ފިލްމާއި ގުޅޭ ގޮތުން އިންތިޚާބީ ރައީސް ސާލިޙް ވިދާޅުވީ އެ ފިލްމް ވަރަށް ކަމުދިޔަ ކަމަށާއި އެ ފިލްމްގެ ކްރިއޭޓިވިޓީ ވަރަށް ފުރިހަމަ ކަމަށެވެ. ކްލެސިކަލް ޑައިލޮގް މި ފިލްމްގައި ބޭނުންކޮށްފައި ހުރި އިރު އެނިމޭޝަން ފިލްމެއްގައި ފެންނަންވާ ފުރިހަމަކަން ފެނިގެން ދިޔަ ކަމަށެވެ.

"ޔުނިވާސަލް ނުވަތަ ޑިޒްނީ ވޯލްޣް ކަހަލަ ތަނެއްގައި ހަދާނަމަ އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްގެން ހެދޭ ކަހަލަ ފިލްމެއް މިއީ މި ފިލްމުގެ ކްރިއޭޓިވިޓީ ގެނެސްފައި އޮތް ގޮތުން ފެނިގެން ދިޔައީ ރާއްޖެގެ ފަންނާނުންގެ ހުނަރުވެރިކަން ހުރިވަރު،" ސާލިހު ވިދާޅުވިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޔާމީން ރަޝީދު ބުނީ މި ފިލްމްގެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި އުއްމީދު ކުރަނީ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލެއްގައި މި ފިލްމް އެޅުވުމަށް ކަމަށެވެ. އަދި ފެސްޓިވަލްތަކުގައި މި ފިލްމު ބޭނުން ކުރާއިރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި އެގޮތުން ފިލްމުގައި ބޭނުންކޮށްފައި ހުރި މިއުޒިކު 100 ޕަސެންޓް ދިވެހިވަންތަ މިއުޒިކަށް ހަދާނެ ކަމަށެވެ. އަދި އެކަމަށް ހަ ވަރަކަށް މަސް ނަގާނެ ކަމަށް ޔާމީން ބުންޏެވެ.

މާކަނާޝޯވ އާއި އެއްފަދައިން މި ފިލްމަކީ ވެސް ހަމަ އެފަދަ ތަރުހީބެއް ލިބިގެންދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޔާމީން ވަނީ ބުނެފައެވެ.

މި ފިލްމާއި ގުޅޭ ގޮތުން ފިލްމްގެ ކޯ ޕްރޮޑިއުސަރ މުހައްމަދު ވަހީދު ވިދާޅުވީ މިއީ ފަސްއަހަރަށް ބުރެ ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި މި ފިލްމްގެ މަސައްކަތް ކޮށްފައި ވަނީ ބޮޑު ޓިމެއް ދެތިން ހަރަތު ބަޔަށް ބަހާލައިގެން ކަމަށެވެ.

އަދި ފިލްމުގެ ވާހަކަ ލިޔެ ޑަބިންގެ މަސައްކަތް ކޮށްފައިވާތާ ފަސްވަރަކަށް އަހަރު ވެދަނެ ކަމަށާއި ނަމަވެސް ފިލްމުގެ އެނިމޭޝަންގެ މަސައްކަތްތައް ނިންމާފައި ވަނީ ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

މި ފިލްމަކީ ހަތަރު އަނބިން ގެންގުޅޭ މީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ޖެހޭ މައްސަލަތައް އަދި އޭގެ ހައްލުތައް ދައުކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ. ހުޅުމާލެ އާއި މާލޭގެ ޝްވެކް ސިނަމާގައި މި ފިލްމުގެ ޖުމްލަ 20 ޝޯއެއް އެޅުވުމަށް ހަމަޖައްސާފައިވާއިރު މި ފިލްމު ހާއްސަކޮށްފައި ވަނީ 15 އަހަރުން މަތީގެ މީހުންނަށް ކަމަށް ފިލްމު އުފެއްދި ފަރާތުން ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް