އެކި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ހައްޔަރުކުރާ މީހުން ގިނަ ދުވަސްތަކެއް ވާ އިރުވެސް ޝަރީއަތެއް ބޭއްވުމެއް ނެތި ބަންދުގައި ބަހައްޓާ މައްސަލައާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑރ.މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ޝަރީއަތެއްނެތި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެކި ކުށްތަކުގައި ސިޔާސީ ފަރާތްތަކާއި އާންމު ފަރާތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައި ތިބުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
Shareeaiy nimendhenney kiyaafai hayyaru kohfai 2 aharu vaa iru ves shareeathuge majlis eh nubeyvvumaky v bodu aniyaa eh. @judiciarymv
— Dr Mohamed Iyaz (@dr_iyaz) November 10, 2018
އިޔާޒު މިހެން ވިދާޅުވެފައިވާއިރު، ކުށުގެ ތުހުމަތެއް ކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަކީ އެފަރާތްތަކުގެ ޙައްޤެއް ކަމަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.