Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ދުވަސް

ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފްގެ ހިނގާލުން މާދަމާ

10 ނޮވެމްބަރު 2018 | ހޮނިހިރު 09:53

އިއްޔެ އެއީ ގައުމީ ދުވަސް، ކުލަގަދަކޮށް ފާހަގަ ކުރުމަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވޭ

| 10 ނޮވެމްބަރު 2018 | ހޮނިހިރު 09:53
ޝަރަފުގެ ހިނގާލުމުގެ ތެރެއިން

ޝަރަފުގެ ހިނގާލުމުގެ ތެރެއިން

ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާލޭ ސިޓީގައި ބާއްވާ ޝަރަފްގެ ހިނގާލުން އާދިއްތަ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފްގެ ހިންގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށިން ނުކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ބޮޑުތަކުރުފާނުމަގުން ކަޅުތުއްކަލާ ކޮށްޓަށް ކަމަށެވެ.

Advertisement - newsAdvertisement

މި ޝަރަފްގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓާ ގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހިނގާލުން ހުއްޓުމަށް ހަމަޖެހިފައި ވަނީ ކާނިވާ ކުރިމަތިން ހުންނަ ޕެޓްރޯލްޝެޑް ކައިރީގައާއި ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް މި މަހުގެ 11 ވަނަ ދުވަހު 50 އަހަރު ފުރޭއިރު، ޖުމްހޫރީ ދުވަސް ފަހަގަކުރުމަށް ސަރުކާރުންނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. މާލޭގެ މަގުތައް ޒީނަތްތެރިކޮށް، ދިވެހި ދިދައެއް ޖަހާލާތަން ވެސް ނުފެއެވެ. މީގެ ކުރިން ދައުލަތުގެ އިމަރާތްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކޮށް، ދިވެހި ދިދައިން މަގުތައް ޒީނަތްތެރިކުރަމުން ދިޔަ ނަމަވެސް މިފަހަރު ސަރުކާރުގެ އިތުރުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކުން ވެސް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. އަދި ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ދުވަހެވެ. އެދުވަސް މިއަހަރު ދިމާވީ މިމަހުގެ 09 ވީ ހުކުރު ދުވަހަށެވެ. ނަމަވެސް ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވެސް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ނަމަވެސް، މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާފައިވަނީ 17 ނޮވެމްބަރު 2013 ވަނަ ދުވަހު އެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހަށެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. އެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް