Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދިޕިކާ އާއި ކުރީގެ ލޯބިވެރިޔާ ރަންބީރު އެކުގައި

މި ދެތަރިން އެކުގައި ވަނީ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ނޮވެމްބަރު 2018 | ބުރާސްފަތި 06:36
ދީޕިކާ ޕަދުކޯން އާއި ރަންބީރު ސިންގް

ދީޕިކާ ޕަދުކޯން އާއި ރަންބީރު ސިންގް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންބީރު ކަޕޫރު އެކުގައި ކުޅެފައިވާ ފިލްމްތަކަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި އެ ދެ ރަތިންގެ ކެމިސްޓްރީ ދިމާވާކަމަށް ގިނަ ފޭނުން ގަބޫލު ކުރެއެވެ.

މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެ ތަރިން ބްރޭކަޕްވުމަށް ފަހު ވެސް މި ދެ މީހުންގެ ދެމެދުގައި ރަހުމަތްތެރިކަން އޮވެއެވެ.

މި ދެ ތަރިން އެކުގައި އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް ނިންމާފައިވާކަން އަނެއްކާ ވެސް މިވަނީ ހާމަކޮށްފައެވެ. ކޮންމެ އަކަސް މި ފަހަރު މި ދެތަރިން އެކުގައި ފެނިގެން މި ދަނީ ފީޗަރ ފިލްމަކުން ނޫނެވެ. މި ދެ ތަރިން އެކީގައި މަސައްކަތްކުރަން ނިންމާފައި ވަނީ ބްރޭންޑެއް އިޝްތިހާރު ކުރުމަށެވެ.

މި ދެ ތަރިން މީގެ ކުރިން އެކުގައި ވަނީ ތިން ފިލްމެއް ކުޅެފައެވެ. އެގޮތުން އެންމެ ފަހުން އެކުގައި ކުޅުނު ފިލްމަކީ 2015 ގެ "ތަމާޝާ" އެވެ. ނަމަވެސް ރަންބީރާއި ދީޕިކާ އެކުގައި ކުޅުނު އެންމެ ކާމިޔާބު ފިލްމަކީ 2013 ގައި ރިލީޒް ކުރި "ޔެ ޖަވާނީ ހެ ދީވާނީ" އެވެ. މީގެ އިތުރުން މި ދެތަރިން އެކުގައި ފެނިގެން ގޮސްފައި ވަނީ "ބަޗްނާ އެ ހަސީނޯ" އިންނެވެ.

ޚަބަރުތައް ބުނާ ގޮތުން ދެ ތަރިން އެކުގައި އަލުން ފިލްމަކުން ފެނުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެއީ ރަންބީރު ކުޅެން ސޮއިކޮށްފައިވާ ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ހަމަޖެއްސުމަށް ވާހަކަ ދެކެވިފައިވާތީ އެވެ.

ދީޕީކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޕަދްމާވަތު" އިންނެވެ. އަދި ދީޕިކާ މިހާރު ވަނީ މޭގްނާ ގުލްޒާރު ލިޔެ ޑައިރެކްޓް ކުރާ ފިލްމެއް ކުޅެން ސޮއިކޮށްފައެވެ. އެ ފިލްމު ކޯ ޕްރޮޑިއުސަރަކީ ވެސް ދީޕިކާއެވެ. އެ ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ތައްޔަރުކުރާ ބައޯޕިކް އެކެވެ.

ރަންބީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު "ބްރަމާސްތްރާ" އިންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު