Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިބަޅިދޫ

ހިބަޅިދޫގައި އަދިވެސް ފުލުހުން. ބިޒްނާސް މޯލްޑިވްސްއަށް އެތައް މިލިއަނެއްގެ ގެއްލުމެއް!

8 ނޮވެމްބަރު 2018 | ބުރާސްފަތި 14:52

ހިނބަޅިދޫ އަނބުރާ ސަރުކާރަށް ނެގީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ހުކުމްކޮށްފައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 ނޮވެމްބަރު 2018 | ބުރާސްފަތި 14:52
ބ. ހިނބަޅިދޫ: ހަތިޔާރު ފެނިގެން ކަމަށް ބުނެ އެރަށަށް ފުލުހުން އެރީ 2016 ވަނަ އަހަރު

ބ. ހިނބަޅިދޫ: ހަތިޔާރު ފެނިގެން ކަމަށް ބުނެ އެރަށަށް ފުލުހުން އެރީ 2016 ވަނަ އަހަރު

ބ. ހިނބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު އިރު އެ ރަށް ހިންގުމާ ހަވާލުވެ ތިބި ބިޒްނާސް މޯލްޑިވްސް ކުންފުނި އަތުން އެރަށް ނަގައި، ގޮތެއް ނުނިމި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވަތީ ކުންފުނިން ކަންބޮޑުވެއްޖެއެވެ.

ހިނބަޅިދޫގައި އަދި ވެސް ދެ ފުލުހަކު ފޯރިމަރަމުންދާ އިރު އެ މީހުން އެތަން ބަލަހައްޓަމުން ދަނީ ކޮން އަމުރެއްގެ ދަށުން ކަމެއް ސާފެއް ނުވެއެވެ.

Advertisement - newsAdvertisement

ބިޒްނާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި އެރަށުގެ މަސައްކަތް ބަޔަކާ ޙަވާލުކުރެވިފައި ނުވާތީ އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން މިހާތަނަށް ވެސް އެތަނަށް ލިބުނު ގެއްލުމުގެ އަދަދު 11 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ރިޒޯޓްގެ ކޮންސެޕްޓާއި އީއައިއޭ ހަދާފައި ވަނީ ކުންފުނިން ބޮޑެތި ހަރަދުތަކެއް ކޮށްގެން. އަދި ރިޒޯޓްގެ ޑީޓެއިލް ޑްރޯވިން ހެދުމަށް ވެސް މި ކުންފުނިން ވަނީ ބޮޑެތި ހަރަދުތައް ކޮށްފައި. އޭގެ އިތުރުން ރިޒޯޓް ޑިވްލޮޕް ކުރުމަށްޓަކައި އެކި ޓްއަރ އޮޕަރޭޓަރުންގެ އަތުން އެޑްވާންސްކޮން ފައިސާ ނަގާފައިވާ އިރު ރިޒޯޓް ޑިވްލޮޕް ނު ކުރެވި ގިނަ ދުވަސްތަކެއް ދާތީ އެ ފަރާތްތަކުން އެބަ ދޭ ސުވާލު އުފައްދަމުން،" ރިޔާޒް ވިދާޅުވި އެވެ.

ރިސޯޓް ހަދަން ހިނބަޅިދޫ ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނީ ސެޕްޓެމްބަރު، 2015 ގައި ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިން 2016 ވަނަ އަހަރުއެވެ. އޭރުއް ސުރެ އެތަން އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ހަތިޔާރު ފެނުނު ކަމަށް ބުނެ ސަރުކާރުން އެރަށް ދޫކުރުމަށް ބިޒްނާސް މޯލްޑިވްސްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމާ އެކު އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅިއެވެ. އަދި 2017 ޖެނުއަރީ ގައި އެ ކޯޓުން ނިންމީ އެރަށުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލުކުރަން ޖެހޭ ކަމަށެވެ.

ހަތިޔާރު ފެނުން ކަމަށް ބުނެ ފުލުހުން އެރި ހިބަޅިދޫ:- އެރަށް ދީފައި އޮތް ކުންފުންޏަށް އެރަށް ނޭރޭތާ ދެ އަހަރުވަނީ ވެފައި

ނަމަވެސް އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެރަށް ބިޒްނާސް މޯލްޑިވްސްއާ ހަވާލު ކޮށްފައެއް ނުވެއެވެ. އަދި ސިވިލް ކޯޓުގެ ހުކުމް ސަރުކާރުން ތަންފީޒު ނު ކުރާތީ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމުން އެ ކޯޓުން ނިންމީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި އޮންނަތީ އަމުރު ތަންފީޒު ކުރުމުގެ އަމުރެއް އެ ކޯޓަށް ނުނެރެދެވޭނެ ކަމަށެވެ. ބިޒްނާސް މޯލްޑިވްސްއަށް އެ ރަށް އަނބުރާ ހަވާލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓަށް ހުށައެޅި ފަހުން ވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.

ފުލުހުން އަދިވެސް އެރަށުގައި ތިބޭތީ އާއި އެރަށަށް އަރާ ކަމުގައިވާ ނަމަ ހުއްދަ ހޯދަން ޖެހޭތީ ބިޒްނާސް މޯލްޑިވްސް އިން ވަނީ އެރަށުގައި ފުލުހުން ތިބެނީ ކޯޓު އަމުރެއް ހޯދައިގެންތޯ ސާފުކޮށްފައެވެ. ހިނބަޅިދޫގައި ފުލުހުން ތިބެނީ ކޯޓު އަމުރެއްގެ ދަށުންތޯ ސާފު ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް އެ ކުންފުނިން ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައި ވަނީ ހިނބަޅިދޫ އަށް އެރުމަށް 10 އޮކްޓޯބަރ 2016 ގައި ދިން އަމުރުގެ މުއްދަތު 10 އޭޕްރިލް 2017ގައި ހަމަވެފައިވާ ކަމަށެވެ. އެކަން އެ ކުންފުންޏަށް އެންގީ މިދިޔަ ހޯމަ ދުވަހުއެވެ.

ހިބަޅިދޫއަށް އަރަން ދިން ކޯޓު އަމުރު 2017ގައި ހަމެވެފައިވާކަން އަންގައި ކްރިމިނަލް ކޯޓުން ފޮނުވާފައިވާ ސިޓީ.

ހަނގުރާމަވެރި ހަތިޔާރު ހިނބަޅިދޫ އިން ފެނުނު މައްސަލައިގެ ތަހުގީގަށް ހޯދަމުންދާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ މީގެ ކުރިން އެކުންފުނީގައި އޮތެވެ. ނަމަވެސް ފަހުން އޭނާގެ އެއްވެސް ހިއްސާއެއް ނޯވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް