Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ކޯލިޝަން އެއްބަސްވުން އާންމު ކުރޭ!

އެއްބަސްވުމުގައި ސޮއިނުކުރައްވަނީ ރައީސް މައުމޫން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2018 | ބުދަ 14:11
ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ޕާޓީތަކުގެ ލީޑަރުން

ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާ އެކު ޕާޓީތަކުގެ ލީޑަރުން

ހޯދި އިތުބާރު ދަމަހައްޓާށެވެ. ރައްޔިތުންގެ އުންމީދުތަކާ ފެޔަށް ނުޖެހޭށެވެ. ނަޒާހަތްތެރިވާށެވެ. ތެދުވެރިވާށެވެ. ރައްޔިތުން އާ ސަރުކާރަށް ކުރާ އުންމީދު ވަރަށް ބޮޑެވެ. ލިބެމުންދިޔަ ތުރާތަކަށް ތަސައްލީއެއް ހޯދައިދޭނެ ސަރުކާރަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުކަން ރައްޔިތުން ތިބީ ކަށަވަރުކޮށްގެންނެވެ.

ނަމަވެސް ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ސަރުކާރު ދަމަހައްޓަން ވެވަޑައިގެންނެވި އެއްބަސްވުން އަދިވެސް އޮތީ "ސިއްރެއްގެ" ގޮތުގައެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިފައިވާ މުހިއްމު ނިންމުންތަކެއް އެއްބަސްވުމުގައި ވާނެއެވެ. ޕާޓީތަކަށް ގޮނޑި ބަހާނެ ގޮތާއި ސަކާރުން ލިބޭނެ މިންވަރާ ގުޅޭ އެއްބަސްވުންތަކެއް ހިމެނޭނެއެވެ.

އަޑު ފެތުރިފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވާދަ ކުރާނީ މަޖިލީހުގެ 40 ޕަސެންޓް ގޮނޑިއަށެވެ. ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓެވެ. އަދާލަތަށް 15 ޕަސެންޓެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ސިޔާސީ މަގާމުތަކާއި މިނިވަން ކޮމިޝަންތަކާއި ބޯޑުތައް ވެސް ބެހިގެންދާނެ ނިސްބަތްތަކެއް ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ވަނީ ކަނޑައެޅިފައެވެ. ނަމަވެސް މިއީ ދޫދޫ މަތިން ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެއެވެ. އެއަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި އެކަން އެނގެންޖެއެވެ.

އަލަށް އިންތިހާބު ކުރާ މަޖިލީހުގައި 87 މެމްބަރުން ހިމެނޭތީ، ގޮނޑިތައް ބަހާފައިވާ ނިސްބަތުން ކޯލިޝަންގެ ޓިކެޓުގައި އެމްޑީޕީން ނުކުންނާނީ މަޖިލީހުގެ 35 ގޮނޑިއަށެވެ. ޖުމްހޫރީ ޕާޓީން ވާދަ ކުރާނީ 22 ގޮނޑިއަށެވެ. ރައީސް މައުމޫންގެ އެމްއާރްއެމުން ނުކުންނާނީ 17 ގޮނޑިއަށެވެ. ބާކީ ހުރި 13 ގޮނޑި އަދާލަތަށެވެ.

ނަމަވެސް މިއީ އިދިކޮޅު ބޮޑެތި ޕާޓީތަކަށް މުޅިން އެއްބަސްވެވޭ އަދަދުތަކެއް ނޫނެވެ. ޕާޓީއަކަށް ބޮޑު އަގުލަބިއްޔަތެއް އޮތް ދާއިރާއެއް ކުޑަ ޕާޓީއަކަށް ދޫކޮށްލާނެތޯއެވެ؟ ދާއިރާގެ ތާއިދު ބޮޑު ޕާޓީގެ އާންމު މެމްބަރުން ކޯލިޝަންގެ ޓިކެޓް ދީގެން ނެރޭ ކުޑަ ޕާޓީއެއް ކެންޑިޑޭޓަށް ވޯޓު ދީފާނެތޯއެވެ؟ ކެނޑިނޭޅި ވަކި ފިކުރެއް ކުރިއަރުވަން ކުރި މަސައްކަތް، އެއް ކައިރި ކުރުމަށް ފަހު ކޯލިޝަނަށް ފުރުސަތު ދީފާނެތޯއެވެ؟ މިއީ ދާއިރާތަކުގެ ޕާޓީތަކުގެ ގްރާސްރޫޓް ލެވެލްގައި ދައްކާ ވާހަކަތަކެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯލިޝަނުން ވާދަކުރާނެ ގޮތުގެ މަޝްވަރާ ކުރިއަށް ގެންދިޔައީ އިންތިހާބީ ރައީސް ހިމެނިވަޑައިގަންނަވާ "އަށާރަ ނަވާރަ" ކޮމެޓީގައެވެ. އެ ކޮމެޓީން އެކުލަވާލި އެއްބަސްވުމަށް ރައީސް ނަޝީދާއި ގާސިމާއި އިމްރާންގެ ރުހުން ލިބިފައިވާ ކަމަށް ވެއެވެ. ނަމަވެސް ރައީސް މައުމޫންގެ ފަރާތްޕުޅުން އެ އެއްބަސްވުމަށް އާނ ބަސް ބުނެފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ނުވާ ކަމަށް ވެސް ވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާންމު ކުރިއިރު ވެސް، ލީޑަރުންގެ މެދުގައި މިތާނަށް އެއްބަސް ވެވުނު ގޮތްތަކުގެ ތަފްސީލެއް ތިލައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވަމުން ގެންދަވަނީ މަޖިލިސް އިންތިހާބަށް ނުކުންނާނީ އެކުގައި ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިހާބަށް ބާކީ ހަތަރު މަހަށް ވެފައިވާއިރު، ލީޑަރުންގެ އެއްބަސްވުމެއް އާންމެއް ނުވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ އާ ސަރުކާރަކީ އެއް ޕާޓީއަކަށް ވުރެ ގިނަ ޕާޓީ ހިމެނޭ ވެރިކަމެއް ކަމަށެވެ. ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން ހިމެނޭ ކަންކަމަށް ލީޑަރުން އެއްބަސްވާނެ ކަމަށް މެނިފެސްޓޯގައި ވެއެވެ. އެފަދަ މުހިއްމު ކަންކަން މެނިފެސްޓޯގައި ހިމެނޭއިރު ވެސް، އެ ތަފްސީލުތައް ރައްޔިތުންނަށް ތިލައެއް ނުވެއެވެ. ފަހުމެއް ވެސް ނުވެއެވެ.

ލީޑަރުންގެ ނިންމުން އާންމުނުކޮށް ލަސްވަމުންދާތީ، ބައެއް ދާއިރާތަކުން އެކަމުގެ ކަންބޮޑުވުންފާޅު ކުރެއެވެ. ނުތަނަވަސްކަން ދަނީ އިތުވަމުންނެވެ. ބައެއް ޕާޓީތަކުގެ އާންމު މެމްބަރުން ކެތްތެރިކަން ކޮޅުންލައި، އުދާސްތައް ސޯޝަލް މީޑިއާގައި ދަނީ ބަންޑުން ކުރަމުންނެވެ.

ކޯލިޝަނެއްގެ ގޮތުގައި މަޖިލިސް އިންތިހާބަށް މީގެ ކުރިން ތިން ޕާޓީއެއް ގުޅިގެން ނުކުމެ، ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އެކަމުގެ ތަޖުރިބާ ކުރީ ސަރުކާރު ހިންގާ ޕީޕީއެމުންނެވެ. ޕީޕީއެމާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީން 2014 ވަނަ އަހަރު މަޖިލިސް އިންތިހާބަށް ނުކުތީ ކޯލިޝަނެއްގެ ގޮތުގައެވެ. ކޯލިޝަނުން ނުކުންނަ ދާއިރާއަކަށް، ކޯލިޝަންގެ އެހެން ޕާޓީއަކަށް ވާދަ ނުކުރަން އެއްބަސްވެގެންނެވެ.

އެ ތަޖުރިބާއާ އެކު ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ނުހޯދާވަރުގެ ބޮޑު ކާމިޔާބީއެއް ޕީޕީއެމް ސަރުކާރުން އެފަހަރު ހޯދިއެވެ. މަޖިލީހުގެ 62 ޕަސެންޓް ކޮންޓްރޯލް ހޯދީ ސަރުކާރު ކޯލިޝަނުންނެވެ. ޕީޕީއެމުން 33 ގޮނޑި ކާމިޔާބުކުރިއެވެ. ޖުމްހޫރީ ޕާޓީން 15 ގޮނޑި ހޯދިއެވެ. އަދި 10،000 ހަމަނުވާ އެމްޑީއޭއިން ވެސް ފަސް ގޮނޑި ކާމިޔާބު ކުރިއެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބުވި ފަސް މެމްބަރުން ވެސް ޕީޕީއެމަށް ގުޅުނެެވެ. ސަރުކާރު ކޯލިޝަންގެ މަސައްކަތް މަޖިލީހުގައި ފަށައިގަތީ، 58 ގޮނޑިއާ އެކުގައެވެ. އިދިކޮޅު އެމްޑީޕީއަށް އެ ފަހަރު ލިބުނީ 26 ގޮނޑިއެވެ.

އެ ތަޖުރިބާއަށް ބަލައި، ކޯލިޝަންގެ ގޮތުގައި ގޮނޑިތަކަށް ވާދަ ކުރުމުން، ކިތަންމެހާ ވެސް ބޮޑެވެ. ގުޅިފައިވާ ޕާޓީތަކަށް މަޖިލިސް އިންތިހާބު މުހިއްމު ވަނީ އެ ސަބަބާ ހުރެއެވެ.

ސަރުކާރު ދެމެހެއްޓުމުގެ އެންމެ މުހިއްމު ބާރަކީ ރައްޔިތުންގެ މަޖިލިހެވެ. ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ބަހައްޓަން ކުރެވޭނީ މަޖިލީހުންނެވެ. މާލީ ފަސޭހަތަކަށް ލުއެއް ލިބޭނީ މަޖިލިސް ލިބިގެންނެވެ. ސަރުކާރަށް ކުރިމަތިކުރާ ގޮންޖެހުންތަކުން ސަލާމަތްކޮށްދޭނެ ބާރަކަށް ވާނީ މަޖިލީހެވެ. ސިޔާސީ ލީޑަރުން ގަބޫލުކުރާ ހަގީގަތަކީ އެއީއެވެ.

އެ ސަބަބަށްޓަކާ އެންމެންނަށް އެއްބަސްވެވޭ، ގޮތަށް ލީޑަރުން ނިންމި އެއްބަސްވުން އާންމު ކުރަންޖެހެއެވެ. އަދި އެ އެއްބަސްވުމަށް ރައްޔިތުންގެ އާނ ބަސް ހޯދުމުގެ މަސައްކަތް ކުރެވޭނީ އޭރުންނެވެ. މިއަދު ދެބަސްވެގެން ނޫނީ، މާދަމާ އެއްބަހެއް ނުވެވޭނެެއެވެ. މައުލޫމާތު ހިފަހައްޓައި ސިއްރުކުރުމުން އުފެދޭނީ ހިލާފްތަކެވެ. ތޯތޯ ވާހަކަތަކަށް ޖާގަ ދޭ ނަމަ ރެނދުލައި ރޫޅި ހިނގައިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018
ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟

ކޯލިޝަންގެ ކެންޑިޑޭޓަކަށް ހުރީ ކޮން ބޭފުޅެއް؟

20 ޖޫން 2018
ކޯލިޝަންގައި އެޅި ރެނދު: ފައިދާ ބޮޑީ ސަރުކާރަށް!

ކޯލިޝަންގައި އެޅި ރެނދު: ފައިދާ ބޮޑީ ސަރުކާރަށް!

29 މެއި 2018
ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

ސުވާލާއި ޖަމާބު: ދުވާލު މާލޭގެ މަގުތަކަށް ލުޔެއް، އާންމުންގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ

02 އެޕްރީލު 2018
ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު