Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ ކޮންގްރެސް

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބަލިކުރާނެކަމުގެ ޔަގީންކަން ކޯލިޝަނުން ވަނީ ދީފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖޫން 2018 | ހޮނިހިރު 13:40
އެމްޑީޕީ ކޮންގްރެސްއިން އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ފެނިގެން ގޮސްފައި

އެމްޑީޕީ ކޮންގްރެސްއިން އެކުވެރިކަމާއި އެއްބައިވަންތަކަން ވަނީ ފެނިގެން ގޮސްފައި

އއ. އުކުޅަހުގައި ބާއްވަމުންދާ އެމްޑީޕީގެ ކޮންގްރެސްއިން އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ކަށަވަރުކޮށްދީފި އެވެ.

މިއަދު 11 ޖެހިއިރު ފެށި މިކޮންގްރެސްއިން ފެނިގެންދިޔައީ ރޫޅިފައިވާ ކަމަށްބުނާ ކޯލިޝަން އެކަތިގަނޑަކަށް ވެގެން އެންމެން ވެސް އެއްވާހަކަތަކެއް، އެއްކަންބޮޑުވުމެއް އެއް ޝުއޫރެއްފާޅު ކުރަމުންދިޔަ މަންޒަރެވެ. އެކަކު އަނެކަކާއި ސަލާމްކޮށް، މާފަށް އެދި ގައުމު މިހާރު މިދާ މިސްރާބުން އެހެން މިސްރާބަކަށް ބަދަލުކޮށްލުމަށް އެންމެން އަތުކުރި އޮޅާލިތަނެވެ. ރައްޔިތުންނަށްޓަކައި ގައުމުގެ މަސްލަހަތު އިސްކޮށް ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރިތަނެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށެން ކުޑަތަން ވީއިރުވެސް ކޯލިޝަންގެ ތެރޭގައި ކުދި ކުދި ދެބަސްވުންތައް އޮތީ އުފެދޭން ފަށާފައެވެ. ތަފާތު ހިޔާލާއި ފިކުރުތަކުގެ ސަބަބުން އެކަކު އަނެކަކުށް ބަހުގެ ހަމަލާތައް ދެމުންދިޔައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ހިޔާލީ ކެބިނެޓެއް އިއުލާން ކުރެއްވިގެންދިޔައިރު އެމްޑީޕީގެ އެއްވެސް މެންބަރެއް ހިމަނާފައެއް ނުވެއެވެ. އެމްޑީޕީގެ އިތުރުން ޖޭޕީގެ ލީޑަރޝިޕްގެ ތެރެއިން ބައެއް ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ކެބިނެޓް އިއުލާންކުރެއްވީ މަޝްވަރާ ނުކޮށް ކަމަށާއި، މަގާމު ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެ އެބޭފުޅުން "ފޫކަހާލި" މަންޒަރު ދިޔައީ ފެނިގެންނެވެ.

އެމްޑީޕީ އާއި ޖުމްހޫރީޕާޓީގެ ސިޔާސީ ހަރަކާތްތައް ވަކިވަކިން ފެށުމުން ރައީސް ޔާމިންގެ ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުންގެ ފާޑުކިޔުންތައް އެޕާޓީތަކަށް އަމާޒުވެގެންދިޔަ އެވެ. ކޯލިޝަން އޮތީ ރޫޅިފައި ކަމަށާއި، އެކު ނުވެވޭނެ ކަމަށް މިއަދާ ހަމައަށް އެބޭފުޅުން ދިޔައީ ވިދާޅުވަމުންނެވެ. ކޯލިޝަންއަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަދުނެއް ކަމަށާއި، އެއީ ފައިސާއާ އަމިއްލަ ފައިދާ އަށް އުޅޭ ބައެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

ކޯލިޝަންގެ ބޭފުޅުން އެއްބޭފުޅަކާއި އެނެއްބޭފުޅަކަށް ބަހުގެ ހަމަލާތައް ދިނުމުން ގިނަ ރައްޔިތުންގެ ހިތުގައި ވަނީ އުދާސްތަކާއި ކަންބޮޑުވުންތައް އުފެދިގެން ގޮސްފައެވެ. ކޯލިޝަނުން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ކުރި އުންމީދު ކުޑަވެގެން ދިޔައެވެ.

ނަމަވެސް މިއަދު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއިން މިވަނީ ރައްޔިތުންނަށް އުފާވެރިކަމާއި، އާއުންމީދުތަކެއް ގެނެސްދީފައެވެ. މިކޮންގްރެސްއިން ކޯލިޝަންގެ ވަރުގަދަކަމާއި އެއްބައިވަންތަކަން މިވަނީ ފެނިގެން ގޮސްފައެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމަށް ބުނެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑު ތަނުން ބަލި ކުރާނެ ކަމުގެ ޔަގީންކަން ކޯލިޝަނުން މިވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

ކޯލިޝަން ޕާޓްނަރު މި ދައްކަވާ ވާހަކައިން ލަދުން ބޯހަލާކު!

04 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

އެމްޑަބްލިއުއެސްސީއަށް ލިބުނު އެހީގެ ފައިސާއަށް ވީގޮތް އެނގޭނީ އެމްޑީޕީ ސަރުކާރަށް!

09 އޮކްޓޯބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު