Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާ ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާ: ރައީސް ނަޝީދު

ރާއްޖޭގެ ހަމަޖެހުން އޮތީ އިންޑިޢާ ގުޅިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2018 | އަންގާރަ 16:46
ރައީސް ނަޝީދު އައްޑޫ ސިޓީގައި ވާހަކަ ދައްކަވަނީ

ރައީސް ނަޝީދު އައްޑޫ ސިޓީގައި ވާހަކަ ދައްކަވަނީ

އައްޑޫ ސިޓީއަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ތަނެއް ނޫން ކަމަށާއި މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާއި ހަމަޖެހުން ގުޅިފައި ވަނީ އައްޑޫ ސިޓީއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަނެއްކާ ވެސް މިވަނީ އުފާވެރި ކަމުގެ ސަރުކާރެއް އެކުލަވާލެވުމަށް ފުރުސަތު ލިބިފައި ކަމަށެވެ. މި ސަރުކާރު އެކުލަވާލުމަށް ވޯޓުގެ އިންސައްތައިން އެންމެ ގިނައިން ލިބުނު އެއްތަނަކީ އައްޑޫ ސިޓީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިވެހިރާއްޖެ އަލުން ޑިމޮކްރަސީއަށް އަނބުރާ ގެނައުމަށް އައްޑޫ ސިޓީން ކޮށްފައިވާ މަސައްކަތަކީ މުޅި ރާއްޖޭގައި ބިންވަޅު ނެގިފައިވާ މަސައްކަތެކެވެ. އަދި މިދިޔަ ދިގު ދުވަސްތަކުގައި އައްޑޫ ސިޓީން ކޮށްފައިވާ މަސައްކަތަކީ މުޅި ދުނިޔެ ސިއްސުވާލާފައިވާ މަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ މިލްކުވެރިންނަކީ އިތުރު އެއްވެސް ބައެއް ނޫން ކަމަށާއި، އައްޑޫ ރައްޔިތުން ކަމަށެވެ. އައްޑޫ ސިޓީ ހިންގާނެ ގޮތާއި ހިންގާނެ މިންތައް ބަޔާން ކުރާނީ ވެސް، ކަނޑައަޅާނީ ވެސް އައްޑޫ ރައްޔިތުން ކަމަށެވެ. އެއީ ލާމަރުކަޒީ އުސޫލުގެ ދަށުން ކަމަށާއި އެއީ މާލޭގައި ފިނި ކޮޓަރީގައި އިންނަވާ މިނިސްޓަރަކަށް އެނގިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 50 ގެ އަހަރުތަކުގައި ރާއްޖެ އާއި އިނގިރޭސި ވިލާތާ އެކު ވެސް އެއްބަސްވެވިގެން ދިޔައީ އައްޑޫ ހިންގަން ވާނީ އައްޑޫ ރައްޔިތުންގެ މެދުގައި ޑިމޮކްރަސީގެ ތެރެއިން ކަމަށެވެ. އެއީ ލާމަރުކަޒީ އުސޫލުން ކަމަށާއި އެކަން ހީނަރުވެފައި ވަނިކޮށް ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމުގެ ބާރު ލިޔުނު 5 ވަނަ ބާބަކީ އައްޑޫ ދަރިއެއް ކަމަށްވާ، އޭރު ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިސިޓީއަކީ މުއްސަނދި ސިޓީއެއް ކަމަށާއި މި ސިޓީއަކީ އިންޑިޔާ ކަނޑުގެ މެދުގައި އޮތް އަތޮޅެއް ކަމަށެވެ. މިއަތޮޅު މުހިއްމުވަނީ ހަމައެކަނި ދިވެހި ރާއްޖެއަށް ނޫން ކަމަށާއި މުޅި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް މިއައްޑޫ ސިޓީ މުހިއްމުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިޔަބޭފުޅުން ވިސްނަވާ ތިޔަބޭފުޅުން ބައްލަވާ. މި ދުނިޔެ، އިންޑިޔާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބައާދޭ. އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ. އިންޑިޔާ އާއި ޗައިނާގެ ނުރުހުންތައް އެ ދެ ބައިމީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީ ވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މިއައްޑޫ އަތޮޅު. މި އައްޑޫ ސިޓީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް ނަޒަރު ހިންގާ މިސިޓީއާ މެދު ވިސްނަނީކީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މި ސިޓީގެ ކަންކަން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިތައްމެ ބަޔަކު ބަލަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެތައް ޤައުމަކުން އެކަން ބަލަމުންދާއިރު އައްޑޫ ސިޓީ އިން އިނޑިޔާ ކަނޑުގެ ހަމަޖެހުން ހޯދުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޒަމާނުންސުރެ ފެށިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިޔާ ކަމަށާއި އިންޑިޔާގެ ހަމަޖެހުމާއި އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަކީ ދިވެހިރާއްޖޭގެ ސަލމާތާ ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަކީ ހަމައެކަނި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫންކަން އަބަދުވެސް ވިސްނަވަން ޖެހޭނެ ކަމަށާއި އިންޑިޔާ ކަނޑުގެ މަސްލަހަތާ ވެސް މާބޮޑަށް ގުޅިފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު