Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެއިހް އިމްރާން

ކޯލިޝަން ރޫޅިއްޖެނަމަ ވޯޓުލީ ރައްޔިތުން މާފެއް ނުކުރާނެ: ޝެއިހް އިމްރާން

1 ނޮވެމްބަރު 2018 | ބުރާސްފަތި 23:51

މިނިވަންވިކަމަށް ގަބޫލުކުރާނީ މެއި 1 އެއްވުުމާއި ގުޅިިގެން ހައްޔަރުކުރި އެންމެން މިނިވަންކުރުމުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 ނޮވެމްބަރު 2018 | ބުރާސްފަތި 23:51
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކޯލިޝަން ސަރުކާރު ބަދަހިގޮތުގައި ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ ރައްޔިތުން ލީޑަރުންނަށް މައާފު ނުކުރާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމުން މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވީ އެންމެ މުހިންމު އިސްކަމެއްދީގެން ކުރާނެ މަސައްކަތަކީ ވެރިކަން ދެމެހެއްޓުމުގެ މަސައްކަތްކަމަށެވެ. އެކަމަށް ޕާޓީތަކުގެ ލީޑަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ކޯލިޝަން ސަރުކާރު ބަދަހިގޮތުގައި ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ އަޅުގަނޑުމެނަށް ވޯޓުލީ ބޭފުޅުން އަޅުގަނޑުމެނަށް މާފެއް ނުކުރާނެ،" ޝެއިޙް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބުގައި އެފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ގިނަ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތްކުރުމުން ކަމަށެވެ. އަދި އެފަދަ ކާމިޔާބީއެއް ލިބުނީ ހުރިހާ ސިޔާސީ ލީޑަރުންގެ ގުރުބާނީ އާއި ކެތްތެރިކަމުގެ ސަބަބުން ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އޭނާ ވަނީ ލީޑަރުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އަމިއްލަ މަސްލަހަތާއި، ޕާޓީގެ މަސްލަހަތު ދޫކުރައްވައި، ޤައުމުގެ މަސްލަހަތު އިސްކުރައްވައިގެން އެ ބޭފުޅުން (ހަތަރު ލީޑަރުން) އެކުގައި މަސައްކަތް ފެއްޓެވި ފެއްޓެވުމަކީ ރައްޔިތުންނަށް ލިބިފައިވާ މާޔޫސްކަމާއި ނާއުއްމީދުކަން ފިލުވާލައި، ރައްޔިތުންނަށް ހިތްވަރާއި އެކުވެރިކަން ލިބި، ރައްޔިތުން މި ޤައުމު ސަލާމަތްކުރުމަށް އެކުގައި އަތް ގުޅާލައިގެން ނިކުތް ނިކުތުމުގެ ނާތީޖާ" ޝެިއހް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އޭނާ ގަބޫލުކުރާގޮތުގައި އަދި މިނިވަންވެވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އޭނާ މިނިވަންވިކަމަށްވާނީ މެއި މަހުގެ 1 ވަނަ ދުވަހުގެ މުޒާހަރާ އާއި ގުޅިގެން ޖަލަށްލި ހުރިހާ ރައްޔިތުން މިނިވަންވުމުން ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކުޑަ މިނިވަންކަމެއް ލިބި، ޖަލު ބަންދުން ނިކުމެވުމާއެކު، މެއި 1 ގެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ޝެއިހް ވިދާޅުވި އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އެކެއް މެއިގައި ޖަލަށްލެވުނު ހުރިހާ ބޭފުޅުން މިނިވަންކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ﷲގެ އިރާދަފުޅާއެކު ކުރަމުންގެންދާނަން" ޝެއިހް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް