Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހުން ފާސްކޮށްފި

1 ނޮވެމްބަރު 2018 | ބުރާސްފަތި 16:54

އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ނޮވެމްބަރު 2018 | ބުރާސްފަތި 16:54
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މަޖިލިސް މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލްކުރަން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކޮށްފައި ވަނީ 37 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބާތިލް ކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ 5 މެމްބަރުން ތިއްބެވިއެވެ.

Advertisement - newsAdvertisement

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދުއެވެ.

ސަރުކާރުގެ ފަރާތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރީ 39 މެމްބަރު ހާޒިރުވި ޖަލްސާއެއްގައި 36 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ކަނޑައެޅުމަށް ސުރީމް ކޯޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި ސުޕްރީމް ކޯޓުން ނިންމީ އެއީ ސައްހަ ގާނޫނެއް ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ރައްޔިތުން ސީދާ އަމަލުކުރަން ލާޒިމު ގާނޫނެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުލްމަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބޭ، ޖަލްސާއެއްގައި ކަމަށެވެ. ނަމަވެސް މަޖިލީހުން އެ ބިލު ފާސްކުރީ 39 މެމްބަރުން ހާޒިރުވެވަޑައިގެންނެވި ޖަލްސާއެއްގައި ކަމަށާއި އެ އަދަދަކީ އެ ގާނޫނު ފާސްކުރެވޭނެ ގާނޫނީ އަދަދެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގައި ކަމަށެވެ.

ނަމަވެސް އެ ބިލު މަޖިލީހުން ފާސްކުރީ "ޑޮކްޓަރިން އޮފް ނެސަސިޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން، ކަމަށް ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ، ފަނޑިޔާރުން ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ. ފަނޑިޔާރުން ފާހަގަ ކުރެއްވި ގޮތުގައި ހާލަތުލް ޟަރޫރާއަކީ އިޔާދަ ނުކުރެވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، އަމަލު ކުރެވިދާނެ ގޮތެއް ކަމަށެވެ. އެ ހާލަތުގެ ދަށުން އަމަލު ކުރުމަކީ ގުރުއާނާއި އިސްލާމީ ޝަރިއްޔާ އާއި ކީރިތި ރަސޫލާގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖުމާއަތުން ސާބިތުވާ ކަމެއް ކަމަށް ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.

ފްލޯ ކްރޮސިންގއާ ބެހޭ ވާހަކަ ނުވަތަ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ ދެކެވެން ފެށީ، މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ގެއްލެމުންދާތީ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހަށް ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެ ބިލު މަޖިލީހުން ފާސްކުރީ ޕީޕީއެމްގެ 36 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް